Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާ

މުޒާހަރާ ފަށައިފި

24 ފެބުރުއަރީ 2018
15653
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން

24 ފެބުރުއަރީ 2018 | 19:47

އަޑުގަދަ ކުރާ ކުނޫޒް ސަރަހައްދުގައި ބޭނުން ކުރަން ފަށައިފި

އަޑުގަދަ ކުރާ ކުނޫޒް ސަރަހައްދުގައި ބޭނުން ކުރަން ފަށައިފި. އެއްވުމުގެ ބައިވެރިން ދަނީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލަމުން

24 ފެބުރުއަރީ 2018 | 19:46

ކުނޫޒް ސަރަހައްދުން

24 ފެބުރުއަރީ 2018 | 19:39

މުޒާހަރާގެ ބައިވެރިން

މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ ކުނޫޒް ސަރަހައްދުގައި ހަރަކާތްތެރިވަމުން.

24 ފެބުރުއަރީ 2018 | 19:19

މުޒާހަރާގެ ބައިވެރިން ދަނީ މާފަންނު ކުނޫޒް ސަރަހައްދަށް ޖަމާވަމުން

މުޒާހަރާގެ ބައިވެރިން ދަނީ މާފަންނު ކުނޫޒް ސަރަހައްދަށް ޖަމާވަމުން

24 ފެބުރުއަރީ 2018 | 18:37

ފުލުހުން އިންޒާރު ދެމުންދަނީ ކުޅި ބަލަން ނުތިބެ އެ ސަރަހައްދު ދޫކޮށް ދިޔުމަށް 

ފުލުހުން އިންޒާރު ދެމުންދަނީ ކުޅި ބަލަން ނުތިބެ އެ ސަރަހައްދު ދޫކޮށް މުޒާހަރާގެ ބައިވެރިން ދިޔުމަށް

24 ފެބުރުއަރީ 2018 | 18:36

އެމްޑީޕީ ހަރުގޭގެ އަޑުގަދަކުރާ ފުލުހުން ވަދެ ނިއްވާލައިފި

އެމްޑީޕީ ހަރުގޭގެ އަޑުގަދަކުރާ ފުލުހުން ވަދެ ނިއްވާލައިފި

24 ފެބުރުއަރީ 2018 | 18:34

އެމްޑީޕީ ހަރުގެ ތެރެއަށް ފުލުހުން ވަދެއްެޖެ

އެމްޑީޕީ ހަރުގެ ތެރެއަށް ފުލުހުން ވަދެއްެޖެ

24 ފެބުރުއަރީ 2018 | 18:34

މިޑީއާ ސްޓޭޖް މަތީގައި ތިބެ ނޫސްވެރިން ރިޕޯޓް ކުރުމަށް ފުލުހުން އަންގައިފި

މިޑީއާ ސްޓޭޖް މަތީގައި ތިބެ ނޫސްވެރިން ރިޕޯޓް ކުރުމަށް ފުލުހުންގެ މީޑިއާ ބޭފުޅުން ވަނީ އިލްތިމާސްކޮށްފައި

24 ފެބުރުއަރީ 2018 | 18:33

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިއަކަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައި 

މުޒާހަރާގެ ބައިވެރިން ފައްސާލުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުންދަނީ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިއަކަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައި

24 ފެބުރުއަރީ 2018 | 18:26

މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށްޓަކައި ފުލުހުން ދުއްވައިގަނެއްޖެ

މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށްޓަކައި ފުލުހުން ދުއްވައިގަނެއްޖެ

24 ފެބުރުއަރީ 2018 | 18:25

ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައި

24 ފެބުރުއަރީ 2018 | 18:24

ފުލުހުން ވަނީ ބާރުގެ ބޭނުންކުރަން ފަށާފައި

ފުލުހުން ވަނީ ބާރުގެ ބޭނުންކުރަން ފަށާފައި އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް އެ ސަރަަހައްދުން ދުރަށް ޖައްސާފައި

24 ފެބުރުއަރީ 2018 | 18:21

މުޒާހަރާގެ ބައިވެރިން ފުލުހުން ވަނީ އެކަހެރިކޮށްފައި

މުޒާހަރާގެ ބައިވެރިން ފުލުހުން ވަނީ އެކަހެރިކޮށްފައި

24 ފެބުރުއަރީ 2018 | 18:13

މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށްޓަކައި ފުލުހުން މަސައްކަތް ފަށައިފި

މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމަށްޓަކައި ފުލުހުން މަސައްކަތް ފަށައިފި

24 ފެބުރުއަރީ 2018 | 17:55

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުގެ ވާހަކަފުޅު

ދިވެހިން އެދޭ ފަދަ ވެރިއަކަށް ރައީސް ޔާމީން ވެގެންނެއް ނުދޭ. ދިވެހި ސިފައިންނަށް ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީން ހައްޔަރުކުރާނީ ކޮންއިރަކުންތޯ؟ އިރާދުކުރެއްވިއްޔާ ކުރީގެ ރައީސް މައުމޫން އަދި އެހެންވެސް ސިޔާސީ ބޭފުޅުން އޮންނެވި ގޮޅީގައި ރައީސް ޔާމީން ވަރަށް އަވަހަށް ބާއްވާނަން. ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައިގެން ނުހުރެވޭނެ އަބަދު. ރައްޔިތުން މަޖިލީސް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ގައުމީ ސަލާމާތީ ހިދުމަތްތަކުގެ ވާޖިބެއް އެހެންނަމަވެސް އެ މަންޒަރު ފެނިގެނެއް ނުދޭ. އަޅުގަނޑުމެންގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަތް މަތީގައި ރައްޔިތުން މަޖިލީހުގެ ފުލް މެޖޯރިޓީ އެބައޮތް. އަޅުގަނޑުމެން މި ވެރިކަން ގާނޫނު އަސާސީގެ މަތިން ހިމާޔަތްކުރާނަން. ރިޔާސީ އިންތިހާބަށް އަޅުގަނޑުމެންދާނީ ރައީސް ޔާމީން މަގާމުން ދުުރުކޮށްފައި. އަޅުގަނޑުމެން ލާރި އަކަށް ފައިސާ އަކަށް ނުގުޑާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި

24 ފެބުރުއަރީ 2018 | 17:36

މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައި

މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައި

24 ފެބުރުއަރީ 2018 | 17:34

މުޒާހަރާ ދަނީ ފޯރިއާއެކު ކުރިއަށް

24 ފެބުރުއަރީ 2018 | 17:33

މުޒާހަރާގެ ތެރެއިން

24 ފެބުރުއަރީ 2018 | 17:22

މުޒާހަރާގެ ތެރެއިން

24 ފެބުރުއަރީ 2018 | 17:16

ފުލުހުން

ފުލުހުން ދަނީ މުޒާހަރާ ކުރާ ސަރަހައްދަށް ޖަމާވަމުން

24 ފެބުރުއަރީ 2018 | 17:15

ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް ޑރ. ހުސެއިން ވިދާޅުވި

24 ފެބުރުއަރީ 2018 | 17:12

ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާގައި ބައިވެރިވެފައި 

ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާގައި ބައިވެރިވެފައި

24 ފެބުރުއަރީ 2018 | 17:12

މުޒާހަރާ ފަށައިފި

މުޒާހަރާ ފަށައިފި