Raajje.mv

ރިޔާސީ ބަޔާން އިއްވުން

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެ

21 ފެބުރުއަރީ 2018
23946
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު

21 ފެބުރުއަރީ 2018 | 16:26

ރިޔާސީ ބަޔާން އިއްވާ ޖަލްސާ

ޖަލްސާ ނިންމަވާލައްވައިފި

21 ފެބުރުއަރީ 2018 | 16:24

ރިޔާސީ ބަޔާން

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭގޮތުން ރައީސް ޔާމީން އެއްޗެއް ވިދާޅުނުވެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި

21 ފެބުރުއަރީ 2018 | 16:07

ރިޔާސީ ބަޔާން

ވޭތުވެދިޔަ އަހަރަކީ ތަރައްގީގެ އެތަކެއް މަޝްރޫއުތަކެއް ހިންގުނު އަހަރެއް. ކުށުގެ ހާދިސާތައް ވޭތުވެދިޔަ ހަތަރު އަހަރުތެރޭ ވަނީ 35% ވަނީ ދަށް ކުރެވިފައި. ބައިނަލްއަގްވާމީ މަސްރަހުގައި ވޭތުވެދިޔަ އަހަރަކީ ކާމިޔާބު އަހަރެއް. އދ ގެ ސެކުއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް މި އަންނަނީ ވާދަކުރަމުން. ގިނަ ގައުމުތަކުގެ ބޭންކުތަކާއެކު ވާނީ ހަރަކާތްތެރިވެފައި.

ރާއްޖޭގައި ހުރިހާ އަތޮޅެއްގައި އައިސް ޕްލާންޓް މިއަހަރުގެ ނިޔަލަށް ގާއިމުކުރެވޭނެ. މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ނިންމާފައި. އެއް ބާވަތެއްގެ މަސްވެރިކަމަށް ބިނާވުން ކުޑަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން.

ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި.

ރާއްޖޭގެ ސްކޫލް ނިޒާމްއަކީ ތިމާވެއްޓާ ރައްޓެހި ނިޒާކަމަށް ހެދުމުގެ މަސައްކަތް ވަނީ ފެށިފައި. ހުރިހާ ސްކޫލެއް ވައިފައިކޮށް ގްރޭޑް 1 އިންފެށިގެން 12 އަށް ކިޔަވާ ކުދިންނަށް ޓެބްލެޓް ދެވިގެންދާނެ. މަތީ ތައުލީމް ހާސިލްކުރާ ކުދިންގެ ނިސްބަތް 32% ވަނީ އިތުރުކުރެވިފައި. އަމާޒަކީ އެ އިންސައްތަ 60% އިތުރުކުރުން. ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު 75% ވަނީ އަރާފައި.

ދަރުމަވަންތަ ހޮސްޕިޓަލްގެ ހިދުމަތް މިއަހަރު ފެށިގެންދާނެ. ރާއްޖޭއިން ކުރިން ނުލިބޭ ބައިވަރު ފަރުވާ ވޭތުވެދިޔަ ތިން އަހަރު ވަނީ ހޯދައިދެވޭ ގޮތް ހެދިފައި. ކެންސަރަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފެށިފައި. ރާއްޖޭގައި މެޑިކަލް ކޮލެޖެެއް ފެށިގެންދާނެ. އެޔާއެކު ޑޮކްޓަރުންގެ އިންޓާންޝިޕް ޕްރޮގްރާމް ފެށިގެންދާނެ.

76000 ވަޒީފާ ވަނީ އުފެއްދިފައި. (ކުރިން ވިދާޅުވީ 94000 ވަޒީފާ އުފެއްދި ކަމަށް)

ފީފާ ސްޓޭންޑާޑްގެ ފުޓްބޯޅަ ޓްރެއިނިން ސްކޫލެއް މިއަހަރު ހުޅުމާލޭގައި ފެށިގެންދާނެ. ސްޕޯޓްސް އޭރީނާ މަޝްރޫގެ 85% ނިމިއްޖެ.

އާބާދީގެ އެންމެ ބޮޑު ނުވަ ރަށެއްގައި 49 ކިލޯމީޓަރުގެ މަގު ހެދިއްޖެ. އިތުރު 12 ރަށެއްގައި މިއަހަރު އެފަދަ މަޝްރޫއު ފެށިގެންދާނެ.

ޖުމްލަ 78 ރަށުގައި ލަފާ ފުރުމުގެ މަައްސަލައަށް ހައްލު ގެނެވޭނެ. ނެރު ބައްތި ހަލާކުވެފައިވާ ރަށްތަކުގައި ނެރު ބައްތި ވާނީ ހަރުކުރެވިފައި. 187 ރަށުގެ ތެރެއިން 109 ރަށުގެ ލަފާފުރުމުގެ މައްސަލައަށް މިއަހަރު ހައްލު ލިބޭނެ.

21 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްވެ ނިމިއްޖެ. 22 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރެވިއްޖެ، އިތުރު 24 ރަށެއްގައި މި މަސައްކަތް ފެށިގެންދާނެ. 86 ރަށެއްގައި ބޯފެން ރައްކާކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ.

އެތެރޭގެ ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް މިއަހަަރު ހަތަރު ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކައް ފެށޭނެ. ހދ ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު ހިމެނޭ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް 24 ރަށެއް ހުޅުވޭނެ، އަލަށް ދެ ހޮޓެލް ހުޅުވޭނެ. އެދުގެ އަދަދު 5300 އަށްވުރެ އިތުރުވާނެ. 40 ފޮރިން އިންވެސްޓްމަންޓް ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ ރެޖިސްޓްރީ ކުރެވިފައި

ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށް އިތުރުވާނެ. ދައުލަތުގެ އާމްދަނީ މިއަހަރު 22،4 ބިލިއަން ރުފިޔާއަށް ލިބޭނެ.

ބޭރުގެ އިންވެސްޓްމަންޓްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން.

"އައި ހެވެން" ޕްރޮޖެކްޓްގެ ފީސިބިލިޓީ ސްޓަޑީ އަދި މާސްޓާ ޕްލޭން ވަނީ ނިމިފައި.

މާލެ އަތޮޅުން 27 ފަޅެއް ތަރައްގީ ކުރުމަށް ވަނީ ހަވާލުކުރެވިފައި. ފަސް އަހަރު ތެރޭ 47000 ވަޒީފާ އުފެދޭނެ.

21 ފެބުރުއަރީ 2018 | 16:05

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 36 މެމްބަރުން. ކުރިޔަށް އޮތީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުން.

21 ފެބުރުއަރީ 2018 | 15:34

މަޖިލީހުގެ ޖަލްސާ

ދަރުބާރުގޭގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް މަޖިލީހުގެ މެމްބަރުންނަށް ވެސް ފޯނު ނުވެއްދޭ ކަމުގެ މައުލޫމާތު ލިބިއްޖެ. ޗެކްޕޯސްޓް ތަކުން ވަނީ ފޯނުތައް ހިފަހައްޓާފައި.

21 ފެބުރުއަރީ 2018 | 15:19

ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް

ޕްރެސް ދެއްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު

މި އަމުރަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ނެރުއްވި އަމުރެއް ނޫން. މީގެ ކުރިން ނެރެފައިވާ އަމުރުތަކަކީ ވެސް ބޮލުގައި ބަޑި ޖައްސަވައިގެން ނެރުއްވާފައިވާ އަމުރުތަކެއް. ޖަލްސާގައި ބައިވެރި ނުވާން ވަނީ ނިންމާފައި. ސިފައިންގެ ވަޒީފާއިން ވަކިވެގެން އައިސް ވެސް މި މަސައްކަތާ ގުޅޭނެ ކަމުގެ ޔަގީންކަން ބައެއް ފަރާތްތަކުން ވަނީ ދީފައި.

ކަމެއް ކާމިޔާބުކުރުމަށް ގުރުބާނީ ތަކެއް ވާންޖެހޭނެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ދިވެހި ރައްޔިތުން. ހުރިހާ ވެސް ބާރަކީ ރައްޔިތުން. ހުރިހާ ބޭފުޅުން މިރޭވެސް 9:30 އެމްޑީޕީ ހަރުގެ ކުރިމައްޗަށް ވަޑައިގަންނަވާ. މާޔޫސްވާކަށް ކަންބޮޑުވާކަަށް އެއްވެސް ސަބަބެއް ނެތް. ފެންނަމުން މިދަނީ ފަހަރަކު އެއްޗެއް ވެއްޓޭތަން. މިކަން ނިމޭ ވަގުތު އަންނާނެ. މިއީ ހަމަ "ރޮދި ފަށެއްގައި އެލިފައި އޮތް ސަރުކާރެއް".

21 ފެބުރުއަރީ 2018 | 15:17

މަޖިލީހުގެ މެމްބަރުންގެ އަދަދު

މަޖިލީހުގެ މެމްބަރުންގެ އަދަދާއި މެދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ސުޕްރީމް ކޯޓުގެ ގާނޫނީ ލަފަޔަކަށް އެދިފައި. 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރަށް އަމަލުކުރަން ލަސް ކުރުމަށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ އަމުރެއް ނެރެފައި. ހަމައެހެންމެ މަޖިލީހުގެ ހަތަރު މެމްބަރަކު ތިއްބެވީ ޣައިރު ގާނޫނީ ހައްޔަރުގައި.

21 ފެބުރުއަރީ 2018 | 15:07

ގުޅިފައިވާ ޕާޓީތަކުން ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފި

ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމަވާފައިވަނީ ގައުމު މިހާރު ހިންގަމުން އަންނަނީ ރައީސް ޔާމީންގެ ގަދަ ބާރުން ކަމަށް ވުމާއެކު އާއި 12 މެމްބަރަކަށް ނުވަދެވޭ ގޮތަށް މަޖިލިސް ޖަލްސާ ބާއްވާތީ.