Raajje.mv

މަޖިލީސް ކަަވަރޭޖް

މަޖިލީސް ކަަވަރޭޖް

20 ފެބުރުއަރީ 2018
22692
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

20 ފެބުރުއަރީ 2018 | 13:26

މަޖިލީސް ޖަލްސާ ނިންމާލައިފި

މަޖިލީސް ޖަލްސާ ނިންމާލައިފި

20 ފެބުރުއަރީ 2018 | 13:25

ސުޕްރީމް ކޯޓުގެ ލަފަށަކަށް އެދުން

ސުޕްރީމް ކޯޓުގެ ލަފަށަކަށް އެދެން ނިންމީ ރައްޔިތުންގެ މައްޗަށް އަމަލުކުރަން ޖެހޭ ނިންމުމުގެ ތެރޭގައި ކުއްލި ހާލަތުގެ ގަރާރު ނުހިމެނޭ ކަމަށް މަޖިލީހަށް ފެންނާތީ އެކަމާ މެދު ލަފަޔަކަށް

20 ފެބުރުއަރީ 2018 | 13:23

މަޖިލީހުން ނިންމި ނިންމުމުން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވަން 38 މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފި 

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭ ކަމަށް މަޖިލީހުން ނިންމި ނިންމުމުން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވަން 38 މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފި

20 ފެބުރުއަރީ 2018 | 13:19

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިތުރު 30 ދުވަހަށް ފާސްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިތުރު 30 ދުވަހަށް ފާސްކޮށްފި

20 ފެބުރުއަރީ 2018 | 13:16

ދެވަނަ އިސްލާހު ފާސްކޮށްފި

ދެވަނަ އިސްލާހުވެސް ފާސްކުރީ 38 މެމްބަރުންގެ ވޯޓާއެކު

20 ފެބުރުއަރީ 2018 | 13:15

މެމްބަރުންގެ އަދަދު

މަސީހުއާ އެކު މަޖިލީހުގައި ވޯޓް ދެއްވަނީ 38 މެމްބަރުން. އެހެންކަމުން 40 މެމްބަރުން ކަމަށް މަސީހު ވިދާޅުވި ވާހަކަ ދިމަލެއް ނުވޭ.

20 ފެބުރުއަރީ 2018 | 13:13

ފުރަތަމަ އިސްލާހު 38 މެމްބަރުންގެ ވޯޓްއާ އެކު ފާސްކޮށްފި

ފުރަތަމަ އިސްލާހު 38 މެމްބަރުންގެ ވޯޓްއާ އެކު ފާސްކޮށްފި ކަމަށް ނިންމައިފި. މަސީހު ވިދާޅުވީ 40 މެމްބަރުން ތިއްބެވި ކަމަށް ނަމަވެސް ވޯޓް ނުދެއްވާ އަދި ބައިވެރިނުވާ މެމްބަރެއްވެސް ނެތް.

20 ފެބުރުއަރީ 2018 | 13:11

ކުއްލި ނުރައްކަލުގެ ގަރާރަކީ ރައްޔިތުންނާއި ގުޅުން ހުރި އެއްޗެއް ނޫން

ކުއްލި ނުރައްކަލުގެ ގަރާރަކީ ރައްޔިތުންނާއި ގުޅުން ހުރި އެއްޗެއް ނޫން: މަޖިލީސް ރައީސް

20 ފެބުރުއަރީ 2018 | 13:08

ކުއްލި ނުރައްކަލުގެ ހާލަތު ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީސް ރައީސް މަސީހު ވިދާޅުވި

މަޖިލީހުގެ ގަވާއިދު 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިމެނިފައެއް ނުވޭ، އެހެންކަމުން 43 މެމްބަރުން ހަމަނުވިޔަސް ވޯޓްއަށް އެހުމުގެ ފުުރުސަތު އޮންނާނެ: މަޖިލީސް ރައީސް މަސީހު

20 ފެބުރުއަރީ 2018 | 13:01

އަދިވެސް ވޯޓަށް އެހުމުގެ މަސައްކަތް ދަނީ ކުރިއަށް

އަދިވެސް ވޯޓަށް އެހުމުގެ މަސައްކަތް ދަނީ ކުރިއަށް

20 ފެބުރުއަރީ 2018 | 12:56

ވޯޓަށް އެހުމުގެ މަސައްކަތް ދަނީ ކުރިއަށް

ވޯޓަށް އެހުމުގެ މަސައްކަތް ދަނީ ކުރިއަށް

20 ފެބުރުއަރީ 2018 | 12:54

ބަހުސް މަރުހަލާގައި ވާހަކަދެއްކެވީ ދެ މެމްބަރުން އެކަނި

ބަހުސް މަރުހަލާ ނިންމާލައިފި. ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ފޮނަދޫ ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް

20 ފެބުރުއަރީ 2018 | 12:51

ކޮމެޓީ ރިޕޯޓް އަށް ބަހުސް ކުރުމަށް ކަނޑެޅިފައިވަނީ ޖުމްލަ އެއްގަނޑިއިރު

ކޮމެޓީ ރިޕޯޓް އަށް ބަހުސް ކުރުމަށް ކަނޑެޅިފައިވަނީ ޖުމްލަ އެއްގަނޑިއިރު

20 ފެބުރުއަރީ 2018 | 12:49

ޖަލްސާ އަށް ވަޑައިގެން ތިއްބެވީ 37 މެމްބަރުން

ޖަލްސާ އަށް ވަޑައިގެން ތިއްބެވީ 37 މެމްބަރުން

20 ފެބުރުއަރީ 2018 | 12:49

ޖަލްސާ ފަށައިފި

ޖަލްސާ ފަށައިފި

20 ފެބުރުއަރީ 2018 | 12:49

ޖަލްސާ ފެއްޓުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން

ޖަލްސާ ފެއްޓުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން

20 ފެބުރުއަރީ 2018 | 12:33

މަޖިލީސް ފަށަނީ

ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާ 17.45 ގައި ފަށާނެ