Raajje.mv

ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށް

19 ފެބުރުއަރީ 2018
23260
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެމްބަރުން ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެމްބަރުން ވަންނަނީ

19 ފެބުރުއަރީ 2018 | 09:01

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވައްޑެ

ފެނިގެން މިދިޔައީ ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު ކުއްލި ކުއްލި އަށް އިއުލާން ކޮށްފައިވާތަން.

މިހާރު މިއޮތީ ޔާމީނު އަސާސީއެއް، ރައްޔިތުންގެ މަޖިލީހުގެ މަސީހަށް އެތާ ތެރެއަށް ވަދެވޭކަމުގައި ވާނަމަ އަޅުގަނޑުމެނގެ 12 މެމްބަރުންނަށްވެސް ވަދެވޭނެ. އަޅުގަނޑުމެންނަށް މިފެންނަނީ މަސީހުވެސް ވެރިއަކަށް ހުންނެވި ބޭފުޅާގެ މަގާމު ދިފާއުކުރައްވަން އުޅުއްވާތަން. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ނުވައްދަން އުޅުނު އެންމެންވެސް މިވަނީ ގާނޫނާއި ގަވާއިދާއި ޚިލާފުވެފައި. މި 12 މެމްބަރުންގެ ތެރޭގައި ނުހިމެނޭ މެމްބަރެއް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ. އެބޭފުޅާވެސް މިއަުދގެ ޖަލްސާއަށް ހާޒިރެއް ނުކުރެއްވި.

އެންމެ އަމުރަކުން ހިތްހަމަ ޖެހިވަޑައިނުގެން ދެން ނެރޭ އަމުރަކީ ރަނގަޅު އަމުރުކަމަށް ބައްލަވައިގަތް މަންޒަރު ފެނިގެން ދިޔައީ.

19 ފެބުރުއަރީ 2018 | 08:50

މެމްބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައެޅެމުން: ރިޔާޒު

މެމްބަރުންނަށް ބޮޑެތި ހުށައެޅުންތައް ދަނީ ހުށައެޅެމުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައި. މިނިވަން މުއައްސަސާގެ ފަރާތްތައްވެސް އަދި ރައްޔިތުންގެ ތާއީދެއްވެސް ރައީސް ޔާމީނަކަށް ނެތް

19 ފެބުރުއަރީ 2018 | 08:42

ސްޓޭޓް އޮފް އިމަޖެންސީއަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ އިމަޖެންސީއެއް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ

ސްޓޭޓް އޮފް އިމަޖެންސީއަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ އިމަޖެންސީއެއް. މިއަދު ސްޓޭޓް އޮފް އިމަޖެންސީ މަޖިލީހުން ފާސްނުކޮށްފިނަމަ އުވިގެންދާނެ. މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް އަދިވެސް ނުބުނޭ. މިއަދު ހަވީރުވެސް މާދަމާވެސް މަޖިލީހުން 43 މެމްބަރުން ހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބޭ. ސުޕްރީމްކޯޓަށް ގޮވާލާނީ ސަރުކާރުން ބަންޑާރަނައިބު ހުށައަޅުއްވާފައިވާ ކުއްލި މައްސަލަ އަށް ހުކުމެއް ނުވަތަ އަމުރެއް ނެރެދެއްވާށޭ. މަޖިލީހަށް މެމްބަރުންނަށް ވަދެވޭނެގޮތަށް ހައްދަވާ ދެއްވާށޭ

19 ފެބުރުއަރީ 2018 | 08:39

އިދިކޮޅު ފަރާތްތަކުން ބާއްވާ ޕްރެސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ):

ކުއްލި ހާލަތަކީ ގާނޫނުއަސާސީއާއި ޚިލާފަށް ނެރެފައިވާ ހާލަތެއް. މަޖިލީހުގެ ދައުރުން ބޭރުން މިގޮތަށް ޖަލްސާއެއް ނުބޭއްވޭނެ. މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން.

19 ފެބުރުއަރީ 2018 | 07:47

އިދިކޮޅު ކޯލިޝަންގެ ބައްދަލުވުމެއް ކުރިއަށް އެބަދޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓަރީ ގުރޫޕްގެ ބައްދަލުވުމެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އޮފީހުގައި ކުރިއަށް އެބަދޭ

19 ފެބުރުއަރީ 2018 | 07:25

ސަރުކާރު ކޯލިޝަންގެ ބައްދަލުވުމެއް މަޖިލީސް އިދާރާގައި ކުރިއަށް އެބަދޭ

ޕީޕީއެމް އެމްޑީއޭގެ ބައްދަލުވުމެއް މަޖިލީހުގެ ކޮމެޓީ ރޫމްގައި ކުރިއަށްދާކަމަށް މެމްބަރު ނިހާނު ވިދާޅުވެއްޖެ

19 ފެބުރުއަރީ 2018 | 06:54

މަޖިލީސް ނިންމާލައިފި

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމައިފި

19 ފެބުރުއަރީ 2018 | 06:50

ނިހާން ހުށައެޅުއްވި މައްސަލަ ފާސްކޮށްފި

ގައުމީ ސަލާމަތުގެ ކޮމެޓީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މައްސަލަ ފޮނުވަން 38 މެމްބަރުންނާއިއެކު ފާސްކޮށްފި.

މިަދު މަޖިލީޙަށް ހާޒިރުވެ ތިއްބެވީ 39 މެމްބަރުން.

19 ފެބުރުއަރީ 2018 | 06:45

ރައީސްގެ ގަރާރަށް ބަހުސް ކުރުން ނިންމައިފި

ގައުމީ ސަލާމަތުގެ ކޮމެޓީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މައްސަލަ ފޮނުވަން ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު ނިހާން ވަނީ ހުށައަޅުއްވާފައި

19 ފެބުރުއަރީ 2018 | 06:23

ރައީސްގެ ގަރާރަށް ބަހުސްކުރަން ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނު ހާލަތު ބަދަލު ނުވާކަމަށް ރައީސް ޔާމީން މަޖިލީހަށް ހުށައެޅުއްވި ގަރާރުގައި ވަނީ ވިދާޅުވެފައި

19 ފެބުރުއަރީ 2018 | 06:21

ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ހުށައަޅައިފި

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށައަޅުއްވައިފި. އެގަރާރު ފާސްވެއްޖެ ކަމަށްވާނަމަ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މާޗްމަހުގެ 7 އާއި ހަމައަށް ދެމިގެންދާނެ

19 ފެބުރުއަރީ 2018 | 06:16

މިއަދުގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ޓްވީޓް:

ސްޓޭޓްއޮފް އިމަޖެންސީއަކީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަންޖެހޭ ކަމެއް ކަމުން މަޖިލީހުން މިކަމަށް ވީޓަށް އަހާއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން 43 މެމްބަރުން ހާޒިރުވެތިބެންޖެހޭ. ޔާމީން އަށް ހަމަވީ 39މެމްބަރުން. ޖޮއިންޓް އޮޕޮޒިޝަން ޖަލްސާއެއް ވީމަ ބޮއިކޮޓް ކުރަން ނިންމައިފި

19 ފެބުރުއަރީ 2018 | 06:10

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހުގައި އިއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހުގައި އިއްވައިފި.މިހާރު ކުރިއަށްދަނީ އެޖެންޑަކޮށްފައިވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން

19 ފެބުރުއަރީ 2018 | 06:08

ޖަލްސާ ފެށީ 12 މެމްބަރުން ނުވައްދާ

މަޖިލިސް ކުރާ ގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. ޖަލްސާ ފެށީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން މަޖިލީހަށް ނުވައްދާ. މަޖިލީހަށް ހާޒިރުވެ ތިއްބެވީ 39 މެންބަރުން

މަޖިލީސް ކުރާގެ

19 ފެބުރުއަރީ 2018 | 06:03

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފި. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދﷲ މަސީހު

19 ފެބުރުއަރީ 2018 | 06:01

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

މަޖީދިއްޔާ ކައިރިން ސޯސަންމަގާ ހަމައިން ވަނީ ބަންދުކޮށްފައި. ގިނަ އަދަދެއްގެ ފުލުހުން އެބަތިބި. 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އެ ސަރަހައްދުން ވަނީ ހިފަހައްޓާފައި

19 ފެބުރުއަރީ 2018 | 05:56

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ޓްވީޓް

ބަޔަކު ހަލާކުވެ ނިމި ދާއިރު ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ނަގަހައްޓާ ހަމަ އެކަކުވެސް ހުއްޓަކަ ނުދޭނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ދާދިދެންމެއަކު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައި.

19 ފެބުރުއަރީ 2018 | 05:47

މަޖިލީސް ވަށައިގެންވާ މަގުތައް ފުލުހުންނާއި ސިފައިން ވަނީ ބަންދުކޮށްފައި

މިއަދުގެ ޖަލްސާއަށް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާއިރު ގިނައަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން.އިދިކޮޅު މެމްބަރުންވެސް މިހާރު ވަނީ މަޖިލީހަށް ހާޒިރުވާން ފަށާފައި

މަޖިލީސް ވަށައިގެންވާ ސަރަހައްދު ވަނީ ބަންދުކޮށްފައި. ނޫސްވެރިންވަނީ މަޖިލިސް ފެންނަ ހިސާބުންވެސް ދުރަށް ޖައްސާލާފައި. ފުލުހުން އަންގަމުންދަނީ މުލިއާގެ ކަންމައްޗަށް ދިއުމަށް.

ފުލުހުން ފޯރިމަރަނީ

19 ފެބުރުއަރީ 2018 | 05:38

މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 11:00 ގައި

ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މި ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި މިވަނީ، މި އެޖެންޑާގައި ހިމެނޭ ކަންކަމުގައި މަޖިލީހުގައި ނަގާ ވޯޓުގައި ސަރުކާރަށް މެޖޯރިޓީ ލިބޭނެ ގޮތަށް، މަޖިލީހުގެ ބައެއް މެންބަރުން އެ މަޖިލީހަށް ވަނުން ހުއްޓުވުމަށް ބަންޑާރަ ނައިބު ހުށަހެޅި މައްސަލައެއްގައި ބަންޑާރަ ނައިބު އެދިލެއްވި ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި

19 ފެބުރުއަރީ 2018 | 05:37

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ މާދަމާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އާއި، މި ޤަރާރަށް އިޞްލާޙު ގެންނަވައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 4/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) އަދި ޤަރާރު ނަންބަރު 5/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، އެ ޤަރާރާ ގުޅިގެން 18 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

19 ފެބުރުއަރީ 2018 | 05:35

މިއަދުގެ ޖަލްސާގައި އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ނެރުނު ޤަރާރާއި އެ ޤަރާރަށް އިސްލާހު ގެނެސް، އޭގެ ފަހުން ނެރުނު ޤަރާރުތަކާއި މެދު މަޖިލީހުން ގޮތެއް ނިންމުން.

ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނެރުނު ވަގުތީ ކޯޓު އަމުރުގައި ބުނެފައިވަނީ ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށް.