ބުދަ 08 ޖުލައި 2020
08 ފުނޯސް
1441 ޒުލްގައިދާ 17
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ވަގުތުން

ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް

1,624

ޚުލާސާ

  • ނާދިރާ
  • ޢަބްދުﷲ ރިޔާޒް
  • ނާދިރާ

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:29

16:44

އަހުމަދު މުހުސިނު

ނާދިރާ

ޒުވާނުންނާ މާ ގާތް ބޭފުޅެއްގެ ގޮތުގައި ދައްކަވަން އުޅުއްވާއިރު ސިޔާދު ޤާސިމް އަކީ ސިޔާސީ ކަންކަމުގައި ނޫޅުއްވާ ވިޔަފާރީގައި އުޅުއްވާ ބޭފުޅެއް. އެބޭފުޅާ ހައްޔަރުކޮށްގެން އުޅުނީމާ އެކަން ބަލައެއް ނުގަނެވޭ

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:44

16:42

އަހުމަދު މުހުސިނު

ޢަބްދުﷲ ރިޔާޒް

ޤާނޫނީ އިމުގެ ތެރެއަށް ވަޑައިގެން ނޫން ގޮތަކަށް ދައްކާނެ ވާހަކައެއް ނެތް. އެކަން ކުރެވޭނީ ޔޫއެން މެދުވެރިއެއްގެ ރޯލް އަދާކޮށްގެން. ރައީސް ޔާމީން ހުރިހާވެސް މައްސަލައަކީ. ޤާނޫން އަސާސީއަށް ގޮންޖަހައި ޤާނޫނާ ޚިލާފަށް ކަންކަން ކޮށްފައި އެތައް އޮއްބަން ދައްކާ ވާހަކައެއްގެ ގޮތުގައި މަޝްވަރާ ކުރާކަށް ނެތިން.

ޔޫއެންގެ މީޑިއޭޝަންއާއެކު ރައީސް ޔާމީން ވާހަކަ ދައްކަވަން އެއްބަސްވާނަމަ ވާހަކަ ދައްކަން މިތިބީ ތައްޔާރަށް

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:42

16:40

އަހުމަދު މުހުސިނު

ނާދިރާ

ރައީސް މައުމޫން ހުންނެވީ ވަރަށް ގަދަކޮށް. އެމަނިކުފާނު ވިދާޅުވީ އިސްލާހީ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:40

16:30

އަހުމަދު މުހުސިނު

ސަރުކާރުން މަޝްވަރާއަށް ހުށަހެޅުން

އިބްރާހީމް މުހައްމަދު ސޯލިހް

މިމަހުގެ 8 ވަނަ ދުވަހާއި 11 ވަނަ ދުވަހު ވަނީ ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި. މައްސަލަތައް ހައްލު ކުރުމަށް ގޮވާލާ މަޝްވަރާ ކުރުމަށް އެދިފައިވަނީ. އަޅުގަނޑުމެން އަބަދުވެސް މިދަނީ އެކަމަށް އެއްބާރުލުން ދެމުން. ކުރިންވެސް ކޮމަންވެލްތުގެ އެހީތެރިކަމާއެކު އެއްވެސް ޝަރުތަކާ ނުލައި ވާހަކަތަކަށް ތައްޔާރަށް ތިބިކަމަށް ދެންނެވިން. އެކަމަކު އެކަން ނުކޮށް ކޮމަން ވެލްތުން ވަކިވީ.

މިފަހަރު ވާހަކަތަކަށް މި ގޮވާލީ ކީއްކުރަން ކަމާމެދު ސުވާލު އުފެދޭ. ދެ ފަނޑިޔާރުންނާއި ކުރީގެ ރައީސް އެވަނީ ބަންދުކޮށްފައ. މި ދަނޑިވަޅުގައި ސަރުކާރާ އެކަނި ދައްކާނެ ވާހަކައެއް ނެތް. ވައްކަން ކުރުމަކީ ތަބީއީ ކަމެއްގެ ގޮތުގައި ދެކޭ މީހަކާއެކު ދައްކާނެ ވާހަކައެއް ނެތް. އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ މީހަކާ ދައްކާނެ ވާހަކައެއް ނެތް. ޤާނޫން އަސާސީ މުގުރާލި މީހަކާ ދައްކާނެ ވާހަކައެއް ނޯންނާނެ. މަޖިލިސް ހިސޯރުކޮށް މަޖިލިސް ހުއްޓުވާފައި ބާއްވާފައި ދައްކާނެ ވާހަކައެއް ނޯންނާނެ.

މިހާލަތުން އަރައިގަންނަން ވާހަކަ ދައްކަން ބޭނުން އެކަމަކު ރައީސް ޔާމިން އަކީ އިތުބާރު ކުރެވޭ މީހެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ވާނީ ޔޫއެންއަށް މެދުވެރިއެއްގެ ރޯލް އަދާ ކުރުމަށް ސިޓީއެއް ފޮނުވާފައި. އެކަމަކު އޭގެ ކުރިން ސަރުކާރު ޤާނޫން އަސާސީގެ ތެރެއަށް ވަންނަން ޖެހޭނެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ފަހުގައި އދ މެދުވެރިއެއްގެ ރޯލް އަދާކުރާނަމަ ސަރުކާރާއެކު ވާހަކަ ދައްކަން މިތިބީ ތައްޔާރަށް.

 

ޢަބްދުﷲ ރިޔާޒް

ސަރުކާރުން ފުރަތަމަ އެބަޖެހޭ ޤާނޫނީ އަސާސީގެ ތަރަހައިގެ ތެރެއަށް ވަންނަން. ބިރުދެއްކުމާއި ހައްޔަރު ކުރުން ހުއްޓާލަން ޖެހޭ. ތިންބާރު މިނިވަން ކުރަން އެބަ ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށަން އެބަޖެހޭ. އެކަންކަން ނުވެ ވާހަކަތަކެއް ނުދެކެވޭނެ

 

15 ފެބްރުއަރީ 2018 | ބުރާސްފަތި 16:34

އަހުމަދު މުހުސިނު

dhonbandaara

16:44
ނާދިރާ
16:42
ޢަބްދުﷲ ރިޔާޒް
16:40
ނާދިރާ
16:30
ސަރުކާރުން މަޝްވަރާއަށް ހުށަހެޅުން