މަޖިލިސް މެމްބަރުން މަޖިލިސް އިދާރާ އަށް ވަނުން
މަޖިލިސް މެމްބަރުން މަޖިލިސް އިދާރާ އަށް ވަނުމުން ގަދަކަމުން ނެރެނީ

މަޖިލިސް މެމްބަރުން މަޖިލިސް އިދާރާ އަށް ވަނުމުން ގަދަކަމުން ނެރެނީ
ހާލުކޮޅު ދެރަވި ދެ މަޖިލީސް މެމްބަރުން
ހާލުކޮޅު ދެރަވި ދެ މަޖިލީސް މެމްބަރުން ( ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ)
ފުލުހުން މީޑިއާތައް ފަހަތަށް ޖެއްސުމަށްޓަކައި މަސައްކަތްކުރަނީ
ދެ މެމްބަރުން ހާލުކޮޅު ދެރަވުން
ރައްޔިތުން މަޖިލީހުގެ ދެ މެމްބަރުން ހާލުކޮޅު ދެރަވެ އެމްބިއުލާންސަށް އެރުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދުއެވެ.
މަޖިލީސް މެމްބަރުން މަޖިލީސް އިދާރާއިން ގަދަކަމުން އެސްއޯ ފުލުހުން ނެރެނީ
މިއުވާން ދޫކޮށްލުން
ފުލުހުން ވަނީ މިއުވާން މުހައްމަދު ހައްޔަރުކުރިތާ އިރުކޮޅެއް ފަހުން ދޫކޮށްލާފައި
ރާްއްޖެޓީވީގެ ނޫސްވެރިޔާ މިއުވާން ހައްޔަރުކުރުން
ފުލުހުން ވަނީ މަޖިލީސް މެމްބަރުންގެ ހަރަކާތްތައް ކަވަރު ކުރުމަށް އުޅުނު ރާްއްޖެޓީވީގެ ނޫސްވެރިޔާ މިއުވާން މުހައްމަދު ހައްޔަރުކޮށްފައެވެ.
މަޖިލީސް އިދާރާ އަށް ވަނުމަށްޓަކައި މަސައްކަތްކުރެއްވި މެމްބަރުން
މަޖިލީސް މެމްބަރުން މަޖިލީސް އިދާރާ އަށް ވަދެވަޑައިގެންފައިވަނީ 1.05 ހާއިރު. އެސްއޯ ފުލުހުން ވަނީ މެމްބަރުން އަތްދަޑިމަތީގައި އުފުލާ ގަދަކަމުން މަޖިލީހުގެ އިދާރާ އިން ނެރެ އަލޯރާ ފިހާރަ އާއި ހަމައަށް ފަހަތަށް ޖައްސާފައި. މަޖިލީސް އިދާރާ އަށް ވަނުމަށްޓަކައި މަސައްކަތްކުރެއްވި މެމްބަރުންނަކީ:
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)
- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
- ދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މި މެމްބަރުންގެ އިތުރުން އެހެން މަޖިލީސް މެމްބަރުންވެސް މަޖިލީސް އިދާރާ އަށް ވަދެވަޑައިގަތުމަށްޓަކައި ވަނީ މަސައްކަތްޕުޅުކޮށްފައެވެ.
މަޖިލިސް މެމްބަރުން މަޖިލީސް އިދާރާ އަށް ވަނުން
މަޖިލިސް މެމްބަރުން މަޖިލީސް އިދާރާ އަށް ވަނުން