ވަގުތުން: ޤާނޫނީ ވަކީލުން ބާއްވާ ޕްރެސް
ޤާނޫނީ ވަކީލުން ބާއްވާ ޕްރެސް
ގާނޫނީ ވަކީޅް ހިސާން ހުސައިން. ފައިލް
މާރިޔާ ދީދީ
ގާނޫނީ ބޭރުން ކުރަމުންދާ ކަންތައްތަކުގެ ޒިންމާ ބަންޑާރަނައިބު ނަންގަވަން ޖެހޭނެ
ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެކީ. އުއްތަމަ ފަނޑިޔާރު ނުލާ ކުރާ ހުކުމެއް ސައްހައެއް ނުވާނެ
ހިސާން ހުސައިން
އުއްތަމަ ފަނޑިޔާރު ބަހައްޓާފައިވާ ގޮޅިއަކީ އެކަށީގެންވާ ގޮޅިއެއް ނޫން. އެމައްސަލަ އެޗްއާރުސީއެމްއަށް އެމައްސަލަ ވަނީ ހުށައަޅާފައި.އެހެން ނަމަވެސް މިހާތަނަށް އަދި އެއަށް އެއްޗެއް ބުނެފައެއް ނުވޭ. މިމައްސަލަ ކްރިމިނަލް ކޯޓަށްވެސް ވަނީ ހުށައަލާފައި.
ހިސާން ހުސައިން
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ޚިލާފަށް.
ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ބާރެއް ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނުން ލިބިނުދޭ.
ހިސާން ހުސައިން
އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައެއް ނުވޭ.
ހިސާން ހުސައިން
ޤާނޫނާއި ޚލިާފު ކަމެއް އުއްތަމަ ފަނޑިޔާރު ކޮށްފައި ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި. އެމަނިކުފާނުގެ މައްޗަށް ތިން ތުހުމަތު ކޮށްފައިވާއިރު ގާނޫނު އަސާސީގެ 10 މާއްދާއަށް ފުލުހުން ވަނީ ރިއާޔަތް ކޮށްފައި.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތުހުމަތު ތަކެއްކަމަށް ވިދާޅުވި
ހިސާން ހުސައިން
އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އަސާސީ ހައްގަކުން ނިގުޅައިގަނެގެން.
އެއްވެސް މީހެއް ގާނޫނާއި ޚިލާފަށް ހައްޔަރު ކުރެވިފައިވާނަމަ އެމައްސަލަ ކޯޓުތަކުން ބެލެންޖެހޭނެ