ފަަލަސުރުހީ

ޑރ. އިބްރާހިމް ދީދީ
ގާސިމް އަށް ލިބޭ ގެއްލުން
ގާސިމް އަށް ލިބޭ ކޮންމެ ގެއްލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭ ގެއްލުމެއް. އަޅުގަނޑުމެންގެ ޕާޓީތަކުން މިކަމުގެ ދިފާއުގައި ނިކުންނާނަން. އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ. ގާސިމްގެ ފަހަތުގައި އަޅުގަނޑުމެން ތިބޭނަން.
ފަތުރުވެރިކަމުގެ ސިނާއަތް
ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް މިއީ. މިއީ ހަމައެކަނި ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ފެންނަ މަންޒަރުތަކެއް ނޫން. މުޅި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ދެކޭނެ އަދި އެ ގައުމުތަކުގެ ނޫސްތަކުގައިވެސް މިވާހަކަ ލިޔެވޭނެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިއީ އެމަނިކުފާނަށް ހެދޭ ވަރަށް ބޮޑު ގޯހެއް. ވިޔަފާރިވެރިންގެވެސް ނަފްރަތު އަމާޒުވެގެންދާނެ.
ފަތުރުވެރިކަން
ސަރުކާރުން މިހާރު ހިންގާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް.
ރައީސް ޔާމީން އަށް ތާއިދު ނެތްކަން ހާމަވެގެންދޭ
ބޭއްވޭ އިންތިހާބަކުން ރައީސް ޔާމީން އަށް ތާއިދު ނެތްކަން ހާމަވެގެންދޭ. ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވައްކަމުގެ ސިޔާސަތުތައް. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ކަފުން ކުރެވޭ ހިސާބަށް ދިޔުމުން މިހާރު ޔާމީން އާއި އެކީ ތިއްބެވި މެމްބަރުންވެސް ނުތިއްބަވާނެ.
ރައީސް ޔާމީން އަމަލުކުރައްވާ ގޮތް
މި އިންތިހާބީ އަހަރުގައި ރައީސް ޔާމީން އަމަލުކުރައްވަނީ އެހެން ބޭފުޅުން އަމަލުކުރައްވާ ގޮތާއި ހިލާފަށް. ރައީސް ޔާމީން އަށް އެއްވެސް ރައްޔިތެއްގެ ތާއީދެއް ނެތް. ރިސޯޓުތަކުގައި ތިބެ އެތައްހާސް ރައްޔިތުންތަކެއްގެ ނަފުރަތުކަން އަމާޒުވާނެ ސަރުކާރުން އަމަލުކުރި ގޮތުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މުޅި ގައުމުގެ އިގްތިސާދުގެ ދިފާއުގައި ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ.
ފަލަސުރުހީ
މިރޭގެ ޕްރޮގްރާމްގެ މެހުމާނަކީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
މިރޭގެ ޕްރޮގްރާމްގެ މައުޝޫއަކީ ރިސޯޓުތަކަށް އަރާ މުދާ އަތުލުން