Raajje.mv

ފަލަ ސުރުހީ

13 ޖެނުއަރީ 2018
13341
 ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގުރާމްގައި ފައްޔާޒު ބައިވެރިވެވަޑައިގަންނަވަ

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގުރާމްގައި ފައްޔާޒު ބައިވެރިވެވަޑައިގަންނަވަ

13 ޖެނުއަރީ 2018 | 17:11

ފަލަ ސުރުހީ: މި ސަރުކާރު ބަދަލު ކުރެވޭނެ

ފައްޔާޒު: އައިޖީއެމްއެޗްގެ އާ އިމާރާތް އަޅަނީ އޭގެ ހަތަރު އިމާރާތް އެޅޭ ވަރަށް. އެ ހޮސްޕިޓަލް އަޅަން ހޭދަކުރާ 140 މިލިއަން ރުފިޔާއިން ރާއްޖޭގެ ހަތަރު ދައިރާއެއްގައި ހޮސްޕިޓަލް އެޅިދާނެ. ސިންގަޕޫރުގައި އުޅުމޭ އެއްފަދަ ގަމުގެ ރައްޔިތުން މާލޭގައި އައިސް ތިބެ ކުރަން ޖެހޭ ހަރަދު.

ފައްޔާޒު: މި އަހަރު އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތައް ގުޅިގެން ކާމިޔާބު ކުރާނަން. ރައީސް އަބްދުﷲ ޔާމިން އިންތިހާބުން ބަލި ކުރެވޭނެ

13 ޖެނުއަރީ 2018 | 17:02

ފަލަ ސުރުހީ: ރާއްޖޭގެ އިގުތިސާދު ވަނީ ދަށަށް ގޮސްފައި

ފައްޔާޒު: ރާއްޖޭގެ އިގުތިސާދު ކުރިއަރާތަނެއް ނުފެނޭ، ފަހަތައް ދާތަން ފެންނަނީ. ކާބޯތަކެތީގެ އަގު ވަނީ މައްޗަށް އަރާފައި. ފެންނަނީ ރާއްޖޭގެ އިގުތިސާދީ ފުނޑުފުނޑު ކޮށްލާފައި އޮތްތަން. ދެން އަންނަ ސަރުކާރަކަށްވެސް ސަރުކާރު ހިންގަން އުނދަގޫ ވާ ވަރަށް އިގުތިސާދު ވަނީ ދަށަށް ގެންގޮސްފައި.

ފައްޔާޒް: ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިއަށް އޮތްތާނގަ ކުރިމަތިވާނެ. ހުޅުމާލޭގައި އަލަށް އަޅަން ބުނި ޓަވަރުތަކެއް ނޭޅޭނެ. އެކަމު ނަންބަރު ޖަހާފައި ފްލެޓް ލިބޭ ކަމުގެ ލިޔުންތައް މީހުންނާ ހަވާލު ކުރާނެ

13 ޖެނުއަރީ 2018 | 16:57

ފަލަ ސުރުހީ: ހާރިޖީ ސިޔާސަތު ކުރީ ސަރުކާރުތަކުން ގެންގުޅުނީ ރަނގަޅަށް

ފައްޔާޒު: ޗައިނާގައި މުސްލިމުންނަށް އަނިޔާތައް ދެމުންދޭ. އިންޑިޔާގައިވެސް މުސްލިމުންނަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް ޗައިނާގައި މުސްލިމުންނަށް ދޭވަރުގެ އަނިޔާތައް ނުދޭ. ދީނީ ސަރުކާރުން ޗައިނާއާ މި ބާއްވާ ގުޅުމުން އެކަން ވިސްނަން ޖެހޭ.

ފައްޔާޒު: އިންޑިޔާއިން ކަންބޮޑުވެގެން އުޅެނީ ޗައިނާއާ ގާތްގުޅުމެއް ރާއްޖެއިން ބާއްވާތީއެއްނޫން. އިންޑިޔާއިން މަޑަކުން ނޯންނާނެ އިންޑިޔާގެ ސަލާމަތާ ރައްކާތެރިކަމަށް ހުރަސްއެޅޭ ނަމަ. އިންޑިޔާއިން ރާއްޖެއަރަން ޖެހިއްޖެ ނަމަ އަރާނެ. ރާއްޖޭގެ ހާރިޖީ ސިޔާދަތު ކުރީ ސަރުކާރުތަކުން ގެންގުޅިފައިވަނީ ވަރަށް ވިސްނުންތޫނު ކަމާއެކު

13 ޖެނުއަރީ 2018 | 16:50

ފަލަ ސުރުހީ: އެމްޑީޕީގެ ތެރޭގައި އިސްލާމްދީނާ ހިލާފު ވާހަކަ ނުދެއްކޭނެ

ފައްޔާޒު: އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރަށް އޮތީ ހުރިހާ ދީނާ ގުޅުންހުރި ކަންތައް ދޫކޮށްލާފައި. ރައީސް ނަޝީދުގެ ސަރުކާރުގައި ދީން ހަތިޔާރަކަށް ހަދައިގެން ބޭނުން ނުކުރީމަ އެމްޑީޕީ އަކީ ލާދީނީ ބައެއް ކަމަށް ބުނެ ފުރުސަތު ދިނީ

ފައްޔާޒު: އިސްލާމްދީން ނައްތާލަން އަޅުގަނޑުމެން ކުރީ ކޮން ކަމެއް ތޯ. އައްޑޫ ސިޓީގައި ބެހެއްޓީ ބުދު ކަމަށްބުނި ނަމަވެސް އެއީ ބުދެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނާ ދެކޮޅަށް އެއްވެސް މީހަކަށް ވާހަކަ ނުދެއްކޭނެ.

13 ޖެނުއަރީ 2018 | 16:44

ކޯޓުތަކުން ސިޔާސީ މީހުންނާމެދު އަމަލުކުރީ ބޭ އިންސާފުންކަން އެންމެނަށްވެސް އެނގޭ

ފައްޔާޒު: ކޮންމެ ކޯޓަކީ މިނިވަން މުވައްސަސާއެއް. އެހެން ނަމަވެސް މިހާރު ރާއްޖޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހުރިހާ ކޯޓަކަށް ނުފޫޒު ފޯރުވާ.

ފައްޔާޒު: އަޅުގަނޑުމެން ސާބިތުކަމާއެކު މަސައްކަތް ކުރަމުން މިދަނީ. ހައްގަށް ނަސްރު ލިބޭނެ. އިދިކޮޅު ފަރާތްތަކުން ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރަން. ކޯޓުތަކަށް ނުފޫޒު ފޯރުވާކަމާއި ވައްކަމާއި ކޮރަޕްޝަން ހިނގަމުންދާކަން އެންމެނަށް އެބަ އިނގޭ. ރައީސް ނަޝީދުގެ މައްޗަށް ދެ ފަހަރު ދެ ދައުވާއެއް ކުރީ ކީއްވެތޯ ސުވާލު އުފެދޭ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށްގެން ހިންގި ކަންތައް އެންމެނަށްވެސް އިނގޭ. އަދީބު މިހާރު ޖަލަށްލާފައި އެހުރީ އޭނާ ކުރި ކުށްތަކަށް ކަމަށް އަދި ގަބޫލެއް ނުކުރަން. ގާސިމް އިބްރާހިމާއި ޝެއިހް އިމްރާނާއި މެދުވެސް ކޯޓުން އަމަލުކުރީ ގާނޫނާ ހިލާފަށް.

ފައްޔާޒް:- ނާއިންސާފުން ކޯޓުން މީހުންނާމެދު އަމަލު ކުރަމުންދާ ގޮތް ހުއްޓުވޭނީ ގަދަ އަޅާ ރައްޔިތުން މަސައްކަތްކޮށްގެން. ރައީސް އަބްދުﷲ ޔާމިނާއި އުއްތަމަ ފަނޑިޔާރާއި ޖެނަރަލް ޝިޔާމް ފަދަ ބޭފުޅުން ފިޔަވާ ރައީސް ޔާމިނާއެކު އެހެން މީހަކު ނެތް. ދެން ތިބީ ސަރުކާރު ދެކެ ބިރުން ތިބި މީހުން.