Raajje.mv

ފަލަ ސުރުހީ

08 ޖެނުއަރީ 2018
12544
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު

08 ޖެނުއަރީ 2018 | 17:03

ނަޝީދު ވާދަ ކުރައްވާނެ ކަމުގެ ޔަގީން ވަރަށް ބޮޑު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ހުރިހާ ޕާޓީއަކުން ވެސް ގަބޫލުކުރާނެ އެމްޑީޕީން ކެނޑިޑޭޓެއް ނެރިގެންކަން ރިޔާސީ އިންތިހާބު ކާމިޔާބުވާނެ. އެމްޑީޕީން ނެރޭ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށްވުން ވަރަށް ޔަގީން.

08 ޖެނުއަރީ 2018 | 16:58

އެމްޑީޕީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ

ޝަރީފު: އެންމެ ޕާޓީއަކަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމަކަށް ނުފެނޭ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސިޔާސީ މަޝްރަހަށް މާ ބޮޑު ބަދަލެއް. އަޅުގަނޑު ގަބޫލުކުރަނީ އެމްޑީޕީގެ ޓިކެޓްގައި ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ. އެއްކޮން ތިބިގެން ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނިކުމެގެން ކާމިޔާބު ވަނީ.

08 ޖެނުއަރީ 2018 | 16:49

ފަލަ ސުރުހީ: އަދީބަށް ބޭސްފަރުވާ ދޭން ޖެހޭ

ޝަރީފު: ސަރުކާރުން ފޮނުވާތީ ޖަލު ހުކުމް ތަންފީޒް ކުރާ ބޭފުޅުން ރާއްޖެއިން ބޭރަށް ދެވެނީ. އަދީބުވެސް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭނެ ޑޮކްޓަރު ލަދާދޭ ކަމަށްވާނަމަ.

ޝަރީފު: ގާނޫނު ތަކަށް ބަދަލުގެނައުމުން އަޅުގަނޑުމެން މަސައްކަތް ނުކުރަނީ އާންމު މީހުން ޖަލަށް ގެންދަން ބޭނުން ނުވާތީ. ރާއްޖެއަށް މިނިވަން ހޯދީ ބަޔަކު ހަނގުރާމަ އެއް ކޮށްގެނެއް ނޫން. އިނގިރޭސީން ބޭނުންވީމަ ރާއްޖެއަށް މިނިވަންކަން ދިނީ އެމީހުންގެ މާލީ ދަތިތަކެއް ހުރުމުން އެހެން ގައުމުތައްވެސް ދޫކޮށްލި ފަދައިން. އިނގިރޭސިން އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ ދިވެހިން މަސައްކަތެއް ކޮށްގެނެއްނޫން. އިނގިރޭސިން އަޅުވެތިކަމުގައި ރާއްޖެ އެއްވެސް އިރެއްގައެއް ނެތް.