ފަލަ ސުރުހީ

  • ހުންގާނު ނެތް އޮޑިއެއް ދާހެން މި ސަރުކާރު މި ދަނީ
  • މިހާރު މި ވަނީ ސިޔާސީ ބޮޑު މުސީބާތަކާ ކުރިމަތިވެފައި
  • ރައީސް ނަޝީދު ނުހިމެނޭ ގޮތައް މަޝްވަރާތައް ކުރަން އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހުންގާނު ނެތް އޮޑިއެއް ދާހެން މި ސަރުކާރު މި ދަނީ

ނިޒާރު: އަޅުގަނޑުމެންގެ ސަރުކާރުގައި އެޅި ފްލެޓްތައް އަދި ރައްޔިތުންނާ ހާވާލު ނުކުރޭ. ހުންގާނު ނެތް އޮޑިއެއް ދާހެން މި ސަރުކާރު ގޮސް މި ނިމެނީ. ކޮށްދިން މޮޅު ކަމެއްގެ ވާހަކަ ރައީސް ޔާމިނަކަށް ވިދާޅެއް ނުވެވޭނެ.

ނިޒާރު: ރައީސް ޔާމިން ވެރިކަން ބަދަލު ކުރުމަށް އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވަރަށް މަސައްކަތް އެބަ ކުރެވޭ. އިދިކޮޅު މީހުން ޖަލްސާއެއް ބާއްވަން މި މާލެ އިން ތަންކޮޅެއް ނުލިބޭ. ގިނަ ބޭފުޅުން ތިބީ ހުކުމެއް އަންނަ ހިސާބުގައި. އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ބުރަ. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދު އެއް ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުން. އެންމެ ބޮޑަށް  މަސައްކަތް މި ކުރަނީ ސިޔާސީ ލީޑަރުންނަށް ކުރިމަތިލެއްވޭނެ ގޮތެއް ހަމަ ޖެހޭތޯ. މިއަދާ ހަމައަށްވެސް ކާމިޔާބީ ތަކެއް އެބަ ލިބޭ. ރައީސް ޔާމިންގެ ފަރާތްޕުޅުން ފެންނަނީ ބަލިވުމުގެ އަސަރުތައް.

6 ޖެނުއަރީ 2018 | ހޮނިހިރު 22:10
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
މިހާރު މި ވަނީ ސިޔާސީ ބޮޑު މުސީބާތަކާ ކުރިމަތިވެފައި

ނިޒާރު:- ހުސްނުވާ ގޮނޑިތައް ކަނޑައަޅައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބޭއްވުމުގެ ބޭނުމެއް ނެތް. ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ އިންތިހާބު ބާއްވާކަށް އިލެކްޝަންސް ކޮމިޝަނަކަށް ނުކެރޭނެ. އިލެކްޝަންސް ކޮމިޝަން އޮތީ ގާނޫނާ ހިލާފުވެފައި. ނުގެއްލޭ ގޮނޑިތައް ގެއްލުނު ކަމަށްބުނެ އިންތިހާބު ނުބާއްވާ ހިންގާ ކަންކަމަކީ ސިޔާސީ ގޮތުން މީގެ ކުރިން ދިމާވެފައިނުވާވަރުގެ ބޮޑު މުސީބާތެއް.  

6 ޖެނުއަރީ 2018 | ހޮނިހިރު 22:01
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރައީސް ނަޝީދު ނުހިމެނޭ ގޮތައް މަޝްވަރާތައް ކުރަން އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން

ނިޒާރު:- ރައީސް ނަޝީދު ނުހިމެނޭ ގޮތައް މަޝްވަރާތައް ކުރަން އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. މަޝްވަރާއަށް ދާން ސަރުކާރުން ބޭނުންވާ ނަމަ ރައީސް ނަޝީދަށް ދީފައިވަނީ އަނިޔާކަމަށް ސަރުކާރުން ގަބޫލުކުރަން ޖެހޭނެ. އަޅުގަނޑުމެނަކީ ރައީސް ޔާމިނަށް އިތުރު ދައުރަކަށް ހޮވެން މަގު ކޮށާދޭން ތިބި ބައެއްނޫން. އިތުރު ދައުރެއް އެމަނިކުފާނަށް ދޭކަށް ނުޖެހޭ. ރައްޔިތުންގެ ވޯޓަކުން ރައީސް ޔާމިން އިތުރު ދައުރަކަށް ހޮވިވަޑައިއެއްނުގަންނާނެ. ރައީސް ޔާމިންގެ ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ނެތް.

 

6 ޖެނުއަރީ 2018 | ހޮނިހިރު 21:57
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ސިޔާސީ މީހަކު ކޯޓަށް ގެންދާއިރު ހުކުމް އޮންނަނީ ލިޔެފައި

ނިޒާރު:- ސިޔާސީ މީހަކު ކޯޓަށް ގެންދާއިރު ހުކުމް އޮންނަނީ ލިޔެފައި. ޝަރުއީ ނިޒާމް އެއްކޮން އިސްލާހް ކުރަން ޖެހޭ. ހަމަ އެކަނި ރައީސް ނަޝީދު މިނިވަން ވެގެން ނުވާނެ. އެމަނިކުފާނު ވިދާޅުވާ ކަންކަން އިސްލާހްވާން ވެސް ޖެހޭ. އަދުލު އިންސާފު ނުލިބެނީ ނިޒާމްގެ މައްސަލައަކުން ނޫން.

ނިޒާރު:- ޖުޑިޝަލް ސާވީސް ކޮމިޝަން އުފެދިފައި އޮންނަ އޮތް އެއީ އެންމެ ރަނގަޅު ގޮތަކަށްނޫން. ބައެއް ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން އެބަހުރި. ލާ މަރުކަޒީ ނިޒާމަށްވެސް ބައެއް ބަދަލުތައް ބަދަލު ގެންނާން އެބަ ޖެހޭ. ކުދި ކުދިން ކަންކަން އިސްލާހް ކުރަން ހުރި ނަމަވެސް މުޅި ނިޒާމްގައި ބޮޑެތި މައްސަލަތައް އެބަހުރި.

6 ޖެނުއަރީ 2018 | ހޮނިހިރު 21:56
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ރިޔާސީ އިންތިހާބަށް ވަޑައިގަންނަވަނީ ގިނިކަންޏާ

ނިޒާރު:- ރައީސް ޔާމިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަޑައިގަންނަވަނީ ގިނިކަންޏާ. އެމަނިކުފާނާއެކު ސިޔާސީ ހަރުދަނާ ބޭފުޅަކު ނެތް. އިންތިހާބުގައި އެމަނިކުފާނުބަލިވާނެ. ރައީސް ޔާމިންއާ އެއްވެސް ޒާތީ ރުޅިވެރިކަމެއް އަޅުގަނޑުމެންގެ. ހުރިހާ އެންމެނަށްވެސް އެނގޭ ސިޔާސީ މީހަކު ޖަލަށް ލައިފި ނަމަ އެއީ ރައީސް ޔާމިނާ ދެކޮޅުވީމަކަން ޖަލަށްލީ. އަދުލު އިންސާފު ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެ ކެމްޕެއިން ކުރަން ފެށީމަ މީގެ ކުރިން ޖޯކް ޖެއްސެވި ބޭފުޅުންނަށް މިއަދު ޝަރުއީ ދާއިރާއިން ބޭ އިންސާފުން އަނިޔާ ލިބެމުން އެދަނީ. އިންތިހާބުގެ ތެރޭގައި އަޅުގަނޑުމެން ދެއްކި ވާހަކަތައް ހަގީގަތަށްވެ ނިމިއްޖެ. އިންސާފުވެރިކަމެއް ރާއްޖޭގައި ނެތް، އޭގެ ނަތީޖާއަކީ އަދުލުވެރި ޝަރުއީ ނިޒާމެއް ނެތުން.

6 ޖެނުއަރީ 2018 | ހޮނިހިރު 21:56