ފަލަސުރުހީ

ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ
ވެރިއަކު ބުނިހާ ގޮތަކަށް ކަންތައްތައް ކުރުން
މިއަދުވެސް ރައީސް ވިދާޅުވީމަ ދެލޯ އަނދިރި ކަމަށް ހެދިގެން ނުފެންނަ ކަމަށް ހެދިގެން ބުނިހާ ގޮތަކަށް ކަންތައްތައް ކުރިޔަސް ޤިޔާމަތް ދުވަހުން އެ ކަންތައްތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް އަންނާނެ. ކޮންމެ މީހަކީވެސް އެމީހެއް ކުރި ކުށެއްގެ އަޒާބު ލިބޭނެ މީހެއް.
ޤާނޫނު އަސާސީ
މިއަދު މިއޮތް ގާނޫނު އަސާސީގެ ހައްޤުތައް ވަނީ ނިގުޅައިގެންފައި. ޤާނޫނު އާއި ޤާނޫނު އަސާސީ އަކީ ނަމެއްގައި އޮންނަ އެއްޗެއް. އެއްވެސް މީހަކަށް އެއްވެސް މިނިވަން ކަމެއް ނެތް މިއަދު މި ރާއްޖޭގައި.
ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތް
ދިވެހި ރައްޔިތުންނަށް އެނގޭ ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތް. ނުފޫޒު ފޯރުވާ މިންވަރު އެހެންނަމަވެސް އެމީހުންނަށް މަޖުބޫރުވުމުން އެވާހަކަތައް ނުދައްކަވާ ތިއްބަވަނީ.
އިސްލާމްދީނުގެ ހިމާޔަތް
ރައީސް ޔާމީން ކުރިމަތީގައި ބަރަހަނާ އަންހެނުން ނަށަމުން ދިޔައިރު އަތް ޖަހަމުންގެންދިޔައީ. އެއީ އިސްލާމްދީނުގައި ހިމާޔަތުގައި ކަންތައްތައް ކުރައްވާ ގޮތްތޯ؟ ހަމައެކަނި ދުލުން ބުނެލާ އެއްޗެއް ނޫން އިސްލާމްދީނަކީ.
އިސްލާމްދީން
އިސްލާމްދީނަކީ ފުރިހަމައަށް ދީނަށް ތަބާވުން. މިކަންތައްތައް އަމަލީ ގޮތުން ދައްކަން ޖެހޭ. އިންސާފު ޤާއިމްކުރަން ޖެހޭ.