Raajje.mv

ފަލަ ސުރުހީ

28 ޑިސެމްބަރު 2017
14226
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ފަލަސުރުހީ ޕްރޮގްރާމްގައި

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ފަލަސުރުހީ ޕްރޮގްރާމްގައި

28 ޑިސެމްބަރު 2017 | 17:13

މުޅި ދުނިޔެއަށް އިނގޭ ގާނޫނުތަކަށް އަތްގަދަ ކުރައްވައިގެން ރައީސް ޔާމިން އުޅުއްވާކަން: ހަސަން ލަތީފް

މުޅި ދުނިޔެއަށް އިނގޭ ގާނޫނުތަކަށް އަތްގަދަ ކުރައްވައިގެން ރައީސް ޔާމިން އުޅުއްވާކަން. އެލްޖީއޭއިން ކުރަމުންދާ ކަންތަކާ ދެކޮޅަށް ކުރެވެން ހުރިހާ ކަމެއް ކުރާނެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކާއި އެމްޑީޕީގެ މަސައްކަތްތައް ފެށޭނެ 2018ގައި ފެށޭނެ. އިރާދަ ކުރެއްވިޔާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ބަލިކުރާނަން.

28 ޑިސެމްބަރު 2017 | 17:08

އަދުލު އިންސާފު ރާއްޖޭގައި އޮތް ގޮތުން ރާއްޖެއަށް އިންވެސްޓްކުރާކަށް ނާންނާނެ: ހަސަން ލަތީފް

އަދުލު އިންސާފު ރާއްޖޭގައި އޮތް ގޮތުން ރާއްޖެއަށް އިންވެސްޓްކުރާކަށް ނާންނާނެ. އިންވެސްޓް ފޯރަމް ބޭއްވިއަސް އިންވެސްޓަރަކު ރާއްޖެ ބަލާލާތަނެއް ނުފެނޭ.

ޗައިނާއާ އެކު އެއްބަސްވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ލިބޭ ކަންމަތީ ފިހާރަތައް ހިންގުމުގެ ފުރުސަތު. އޭގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރީތަކަށް ގެއްލުންވާނެ. އެއް ގައުމަކަށް ބަރޯސާވާން ވީމަ އޭގެ ލޮޅުން ރާއްޖެއަށް އަންނާނެ.

28 ޑިސެމްބަރު 2017 | 17:03

ރައީސް ޔާމިނަށް ތާއީދު ގެއްލިއްޖެ: ހަސަން ލަތީފް

ސަރުކާރުން ބޭނުންވާ މަޝްވަރާތަކުގައި ރައީސް ނަޝީދަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ބައިވެރިވަޑައިގެންނެވޭ ގޮތައް ބާއްވާނަމަ އެކަންވާނެ. އަޅުގަނޑުމެން މި ތިބީ މަޝްވަރާ ކުރަން ތައްޔާރަށް.

އަޅުގަނޑުމެން ބޭނުމެއް ނޫން ރައީސް ޔާމިންގެ ނަމުގައި ނަޒަރުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ބޭފުޅުން ބަލާކަށް. އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއްގެ ނަން އޮންނާނެ.

ރައީސް ޔާމިންގެ ފޯމިއުލާއިންވެސް ރައީސް ޔާމިން ވަނީ ބަލިވެފައި. އައިޖީއެމްއެޗްގެ އާ އިމާރާތުން އެކަނިވެސް މި ސަރުކާރުގައި ކޮރަޕްޝަނުގައި ވައްކަން އޮތްވަރު އެނގޭ. 2018 އަށްދާއިރު ނިހާންވެސް ރައީސް ޔާމިން އަރިހުގައި ހުންނަވާނެ ކަމެއް ނޭނގެ. ސަރުކާރުއައިރު ރައީސް ޔާމިނަށް ތާއިދު ކުރި ގިނަ ބޭފުޅުން ވަނީ މިހާރު ތާއިދު ގެންދަވާފައި. ރައީސް ޔާމިންގެ ސަރުކާރުގެ ކޮރަޕްޝަނާއި އެހެން ހުރިހާ ސަރުކާރާ ނުބައްދަލު. 218 މިސްކިތް އެޅޭނެ ހާ ފައިސާ ވަނީ މި ސަރުކާރުގައި ވަގައް ނަގާފައި.

28 ޑިސެމްބަރު 2017 | 16:54

ނިހާން ދައްކަވަަނީ ހަމަ ޖެހޭ ވާހަކައތަކެއް ނޫން: ހަސަން ލަތީފް

ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ދައްކަވާ ވާހަކައަކީ އެއްވެސް ވާހަކައެއްނޫން. ރައީސް ޔާމިނަށް އެނގިވަޑައިގަންނަވާ ހުރިހާ އެއްޗެއް ނިހާނަށް އެނގިވަޑައިނުގަންނަވާނެ. މިހާރު ނިހާން ދައްކަވާ ވާހަކައިން ފަހުން ލަދުން ގަންނަ ޖެހިވަޑައިގެންފާނެ.

ރައީސް ޔާމިން ލަދުވެތިވެވަޑައިގަންނަވަން ޖެހޭނެ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން އޮތޭ ވިދާޅުވާން. މި ސަރުކާރު ރަމްޒް ކޮށްދޭ ތިން ކަންތަކީ ވައްކަމާ ކޮރަޕްޝަނާއި އަނިޔާވެރިކަން. ރައީސް ޔާމިން މާނަ ކުރައްވަނީ ފުލުސް ޔުނީފޯމްގައި ކުރާ ކޮންމެ ކަމަކީ ރަނގަޅު ކޮންމެ ކަމެއް ރަނގަޅު ކަމަށް. ގާޒީއަކު ކުރައްވާ ކޮންމެ ކަމެއްވެސް ރަނގަޅު ކަމަށް.

މުޅި ދުނިޔެއަށްވެސް އިނގޭ ރާއްޖޭގެ ޝަރުއީ ދާއިރާ ރައީސް ޔާމިން އާ ގުޅުން އޮންނަ ކަމަށް. ބޭރު ދުނިޔެއިން އިން ބަލާނެ ޖުޑިޝަލް ސާވީސް ކޮމިޝަނުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިންނަވާ މެމްބަރު ފަނޑިޔާރުންގެ ކަންކަން ރަނގަޅު ކުރައްވަން ވާހަކަ ދައްކަވާފައިވޭތޯ.

ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަކީ ވަރަށް ނުރައްކާތެރި އެއްޗެއް. އޭގެ ސަބަބުން ރާއްޖެ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ދާނެ. ޗައިނާ އައިސް "މި ސަކަރާތް ޖަހަން ފެށީމަ" އިންޑިޔާއަށް އުނދަގޫވާނެ. އިންޑިޔާއިން ނޫޅެ ރާއްޖެ އަޅުވެތިކުރާކަށް. އެ އެއްބަސްވުމުގައި ހުރި ކަންތައްތަކާމެދު ދެން އަންނަ ސަރުކާރަކުން ވިސްނާނެ.

28 ޑިސެމްބަރު 2017 | 16:41

ފަލަ ސުރުހީ:- ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެތަ؟

ހަސަން ލަތީފު:- ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީ ތަފާތު ފިކުރުގެ ޕާޓީތައް ކަމަށް ވިއަސް ހުރިހާ ޕާޓީތައް އެއްބަސްވޭ ރައީސް އަބްދުﷲ ޔާމިންގެވެރިކަން ބަދަލު ކުރުމަށް.