Raajje.mv

ފަލަސުރުހީ: ގއ. އަތޮޅު ކައުންސިލަރުން ސަސްޕެންޑްކުރުން

27 ޑިސެމްބަރު 2017
13449
ފަލަސުރުހީ: މިރޭގެ ޕްރޮގްރާމްގެ މެހުމާނުންނަކީ ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން

ފަލަސުރުހީ: މިރޭގެ ޕްރޮގްރާމްގެ މެހުމާނުންނަކީ ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން

27 ޑިސެމްބަރު 2017 | 16:41

ކައުންސިލުތަކުގެ އިހުސާސް

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: ސާކިއުލަރ ނެރުއްވިއިރު އަޅުގަނޑުމެންގެ ބަހެއްވެސް ނުނަންގަވާ. އަޅުގަނޑުމެންނަކީ ސަރުކާރާއި ބައްދަލުކުރަން އެދި ބައިވަރު ސިޓީތައްވެސް ފޮނުއްވިން. އެއްވެސް ރަށަކަށް ވަޑައިގެން ރައީސް ޔާމީން އެ ރަށެއްގެ ކައުންސިލަކާއި ބައްދަލެއް ނުކުރައްވާ. ރައީސް އުޅުއްވަނީ ކައުންސިލުތަކާއި ވަރަށް އެކަހެރިވެވަޑައިގެން. ކޮންމެ ޓައީއެއް އަޅައިގެން ތިއްބެވިޔަސް ކައުންސިލަރުން ރައީސް އާއި ބައްދަލުކުރައްވާނެކަން ޔަގީން. އެލްޖީއޭ އިން އަޅުގަނޑުމެންގެ ހާލުތައް ނުބައްލަވާ، ބައްލަވައިފިނަމަ ކައުންސިލުތަކުގެ ހާލު އިނގިލައްވާނެ.

27 ޑިސެމްބަރު 2017 | 16:36

ޗައިނާ ސަފީރުން

ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު: މިހާރުވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް ޗައިނާ ސަފީރުންނާއިވެސް ބައްދަލުކުރެއްވުމަށް. ހޯމް މިނިސްޓަރު އަރިހުން އެދެން އެކަމުގެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެއްވުމަށް.

27 ޑިސެމްބަރު 2017 | 16:35

ގއ. އަތޮޅު

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: އަޅުގަނޑުމެން މިތިބީ ގއ އަތޮޅަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އުފަލާއިއެކީ މަރުހަބާ ކިޔަން.

27 ޑިސެމްބަރު 2017 | 16:33

ސަފީރު އާއި ބައްދަލުކުރެއްވުން

ގއ. އަތޮޅު ކައުންސިލް މެމްބަރު ހުސެއިން އާދަމް: އަޅުގަނޑުމެންނަށް ފެނޭ ހޯމް މިނިސްޓަރުވެސް އިންޑިއާ ސަފީރު އާއި ބައްދަލުކުރައްވާ މަންޒަރު. އަޅުގަނޑުމެންނަށް ޔަގީން މިނިސްޓަރުވެސް ދައްކަވާނީ ދާހިލީ ކަންކަމުގެ ވާހަކަތައްކަން.

27 ޑިސެމްބަރު 2017 | 16:18

ފަލަސުރުހީ: ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ސަސްޕެންޑްކުރުން