Raajje.mv

ފަލަސުރުޚީ

21 ޑިސެމްބަރު 2017
12096
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމް

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމް

21 ޑިސެމްބަރު 2017 | 16:38

ކައުންސިލަރުންނަށް ލިބޭ ވަރަށް ވެސް ރައީސް ޔާމީނަށް ވޯޓު ނުލިބޭނެ

ދިއްދޫ ކައުންސިލް ރައީސް އާއި ގއ. އަތޮޅު ކައުންސިލްގެ މެންބަރުން ނަގާނެ މިންވަރަށްވެސް މިހާރު ރައީށް ޔާމީނަށް ރައްޔިތުންގެ ވޯޓު ނުނެގޭނެ.

21 ޑިސެމްބަރު 2017 | 16:35

ކައުންސިލްތަކަށް ލަފާދޭނެ ކޮމިޓީއެއް ހަދަންވެސް ކައުންސިލްތަކަށް ވަނީ އަންގާފަ

އައު ކައުންސިލަރުން ތަމްރީނު ކުރުމަށް އެލްޖީއޭއިން މަސައްކަތެއް ނުކުރޭ.

ރަށްރަށުގަ ތިބި ކައުންސިލަރުންގެ ޒިންމާއެއް، ބޭރުގެ ސަފީރުންނާއި ވާހަކަދައްކައިގެން ރަށަށް ބޭނުންވާ ކަންކަމަށް އެހީ ހޯދުން.

ފިޔަވަޅު އަޅާއިރުވެސް ފުރަތަމަ މި ކޮށްލަނީ ސަސްޕެންޑް. ސަފީރަކާ ބައްދަލުކުރުމަކީ އެވަރު ބޮޑު އަދަބެއް ދޭން ޖެހޭނެ ކަމެއް ނޫން.

ކައުންސިލްތަކަށް ލަފާދޭ ކޮމިޓީތަކެއް ހަދަން މިހާރު ވަނީ އަންގާފަ. އެ ކޮމިޓީގަ ތިބެނީ ސަރުކާރަށް ތާއީދުކުރާ މީހުން. އެމީހުން ހުއްދަދީގެން ނޫނީ ކައުންސިލަށް ކަމެއް ނުކުރެވޭ.

21 ޑިސެމްބަރު 2017 | 16:31

އެލްޖީއޭ އަކީ ހަމައެކަނި ފިޔަވަޅު އަޅަން އޮންނަ ބައެއް ނޫން

ކައުންސިލްތަކާއި މެދު ފިޔަވަޅު އަޅަނީ ވައްކަން ހާމަކުރަން މަސައްކަތް ކުރުމުން.

އެލްޖީއޭއަކީ ހަމައެކަނި ފިޔަވަޅު އަޅަން އޮންނަ ބައެއް ނޫން. އެއީ ކައުންސިލްތައް ގައިޑް ކުރަން އޮންނަ ބައެއް. އެ މަންޒަރެއް ނުފެނޭ. އަބަދުވެސް މި ފެންނަނީ މުޅިން ފިޔަވަޅު އަޅާ މަންޒަރު.