Raajje.mv

ފަލަ ސުރުހީ

19 ޑިސެމްބަރު 2017
13353
ފަލަސުރުޚީ ޕްރޮގުރާމުގައި އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ

ފަލަސުރުޚީ ޕްރޮގުރާމުގައި އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ

19 ޑިސެމްބަރު 2017 | 16:50

ބޭ އިންސާފުން މީހުންގެ ހައްގުތަކަށް އަރައިގަނޭ

ބޭ އިންސާފުން މީހުންގެ ހައްގުތަކަށް އަރައިގަނޭ. މީހުން ހައްޔަރު ކުރުމުގައި ހަމަ ހަމަކަމެއް ނެތް. ގާނޫނީ ވަކީލު މަހްފޫޒު ސައީދަށް ހަމަލާދިން ކަމުގެ ތުހްމަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލިއިރު ފާރިސް ހައްޔަރުކޮށްފައި ހުރުމުން އިންސާފެއް ނެތްވަރު އެނގޭ. ގާނޫނު ހަދަން ޖެހޭނީ އާންމު ވިސްނުމާ އެއްގޮތައް. އާންމު ވިސްނުންތަކާ ހިލާފަށް ކޯޓުތަކުން އަމަލު ކުރަމުންދަނީ.

19 ޑިސެމްބަރު 2017 | 16:47

ރާއްޖޭގައި އިންސާނީ ހައްގުތަކެއް ނެތް

ދުއާ ކުރަމުންދަނިކޮށް މީހުން ހައްޔަރުކުރަމުންދިއުމުން ރާއްޖޭގައި އިންސާނީ ހައްގުތައް އޮތް މިންވަރު އިނގޭ. އިންސާނީ ހައްގުތަކުގެ ދުވަހު ހިއުމަންރައިޓްސް ކޮމިޝަނުން ނެރުއްވި ބަޔާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުނަށް ޝުކުރު އަދާކޮށްފައި ނުވޭ. ރާއްޖޭގައި ގެއްލިފައިވާ އިންސާނީ ހައްގުތަކުގެ ވާހަކަ އެ ބަޔާނުގައި ނެތް. ހަމަ އެކަނި ރައީސް އަބްދުﷲ ޔާމިންގެ ދެ ކަނބަލުންނަށް ޝުކުރު އަދާކުރައްވާފައި މީޑިޔާތަކަށް ހަމަލާދީފައި ބަޔާން އޮތީ ނިންމާލާފައި. ގާނޫނު ތަންފީޒުކުރަން ތިބި މީހުންނާއި ކޮމިޝަންތަކުގައި ތިބި މެމްބަރުން ތިބީ މަގާމު ގެއްލިދާނެތީ ބިރުން.

19 ޑިސެމްބަރު 2017 | 16:36

ފަލަ ސުރުހީ

ކުރީގެ އިލެކްޝަންސް ސުމޯޓޯ ދަށުން މައްސަލައެއް ނުބެލޭނެ. ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ހުކުމްކުރީ ލިބިދީފައިނުވާ ބާރެއްގެ ބޭނުން ކޮށްގެން. މިހާރު ސުޕްރީމް ކޯޓުން ޒިންމާ ނުއުފުލުމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ވަނީ ގެއްލިފައި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލާގައި ނިންމާފައިވާ ނިންމުމުގެ ސަބަބުން ގާނޫނީ އަސާސީވަނީ ވެއްޔާ މޮޑެވިފައި.