Raajje.mv

ފަލަސުރުހީ

12 ޑިސެމްބަރު 2017
13350
ފަލަސުރުހީ

ފަލަސުރުހީ

12 ޑިސެމްބަރު 2017 | 17:07

އެލްޖީއޭގެ ސާކިއުލާގެ ނަތީޖާ

މި ސާކިއުލާއިން ސަރުކާރަށް ލިބުނީ ބޮޅެއް. ދުނިޔޭގެ އެކި ނޫސްތަކަށް މިކަން އަރައިފ. ޗައިނާއެއް ނޫން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމެއް ނޫން. ރާއްޖެ ޗައިނާއަށް ބަރޯސާވެފައިވާ ކަމަށް ސިއްކަ ޖެހިގެންދާނެ. ރިޔާސީ އިންތިހާބު ނިމުމަށްފަހު ލާމަރުކަޒީ ނިޒާމު އަލުން އަނބުރާ އަންނާނެ.

12 ޑިސެމްބަރު 2017 | 17:05

ޑިޕްލޮމެޓުންނާ ބައްދަލުކުރަން ހުރަސް އެޅުން

މި ސާކިއުލާއާ ގުޅިގެން އެއްވެސް ބަޔަކު ބިރެއް ނުގަންނާނެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީން ބޭނުންވި ނަތީޖާ ނުނެރެވުމުން އެކަމަށް ބަދަލު ހިފުން. އެލްޖިއޭއަކީ އަދަބު ދޭ އިދާރާއެއް. މިފަހަކަށް އައިސް އެލްޖީއޭއިން ކުރަމުން އަންނަނީ ހުސް ފިޔަވަޅު އެޅުން. މެހެމާނުން ރަށަށް އައިމަ މެހެމާނުން ފަހައެއް ނުލާނެ. ދިވެހިންނަކީ ރަހުމަތްތެރި ބައެއް.

12 ޑިސެމްބަރު 2017 | 17:00

ޑިޕްލޮމެޓުންގެ މަސައްކަތް

ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ބޭރުގެ ޑިޕްލޮމެޓުން ވަރަށް ބޮޑު ޝައުގެއް ހުރޭ. ލޯކަލް ގަވާނެންސް ވަނީ ވަރަަށް ބޮޑަށް ފުޅާވެގެން ގޮސްފައި.

12 ޑިސެމްބަރު 2017 | 16:57

ޗައިނާ ރާއްޖެ ގުޅުން

ޗައިނާއަށް ބަރޯސާވާ ގޮތަށް އެތަކެއް ކަމެއް ނިންމައިފި. ރާއްޖޭގެ ފޮރިން ޕޮލިސީއިން މި ފެންނަނީ ޗައިނާ އަތުގައި ހިފައިން ކުރިޔަށްދާ މަންޒަރު.

12 ޑިސެމްބަރު 2017 | 16:54

ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކުރުން

ޑިޕްލޮމެޓުންނާއި ބައްދަލުުކުރުން މަނާކުރަން އުޅެނީ އެމީހުން ކަމެއް ކޮށްދީފާނެތީ. ބޭނުންވަނީ ސަރުކާރުން ކޮށްދޭ ކަމެއް ނޫން އެހެން ކަމެއް ރަށްތަކަށް ނުކޮށްދޭން. މިފަދަ ކަންކަަމަކީ މުށުތެރެއަށް ހުރިހާ ކަމެއް ލުމަށް ކުރާ ކަންކަން

12 ޑިސެމްބަރު 2017 | 16:52

ލާމަރުކަޒީ ނިޒާމު ފެއިލް ކޮށްލުން

މިއީ ހުދުމުހުތާރު ވެރިކަމެއް. މިހާރު އިންތިހާބެއް އަންނައިރަށް އިދިކޮޅު ފަރާތްތައް ބިޑި އަޅުވާ. ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް މަސައްކަތްތަކެއް ނުކުރޭ. މާރުކޭޓު ގޮޅި ވެސް ހިންގަނީ ސަރުކާރުން. ގާޑިޔާވެސް ހިންގަނީ ސަރުކާރުން.

12 ޑިސެމްބަރު 2017 | 16:48

ޑިޕްލޮމެޓުންނާއި ކައުންސިލަރުން ބައްދަލުކުރުން

ރާއްޖޭގެ ފޮރިން ޕޮލިސީގެ މައުލޫމާތު އެއްވެސް މީހަކަށް ނޭނގޭ. ޑިޕްލޮމެޓުންނަކީ ހުރިހާ މީހުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ބައެއް. ޑިޕްލޮމެޓުން ކައުންސިލްތަކާއި ބައްދަލުކުރަނީ ކައުންސިލްތަކަކީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މީހުންނަށް ވާތީ.

12 ޑިސެމްބަރު 2017 | 16:44

ލާމަރުކަޒީ ނިޒާމު ފެއިލްކޮށްލުން

ގާނޫނު އަސާސީއާ އެއްގޮތަށް އެއްވެސް ކަމެއް ނުހިނގާ. ލާމަރުކަޒީ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ވަރަކަށް ތާއިދު ކުރަށްވާ ނިޒާމެއް ނޫން.

12 ޑިސެމްބަރު 2017 | 16:41

ލާމަރުކަޒީ އުސޫލް

މާލެ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ވަނީ ނަގާފައި. ހުރިހާ ކަމެއް ނިންމަނީ މިނިސްޓްރީތަކުން. މިކަމުގެ ސަބަބުން އުފެދެނީ ހުސް ޝަކުވާ

12 ޑިސެމްބަރު 2017 | 16:39

ކައުންސިލްތަކާއި ސަރުކާރާއި އޮންނަ ގުޅުން

ސަރުކާރުން މަސައްކަތްކުރަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް. ރައްޔިތުންގެ އުއްމީދުތައް ފުނޑާލަނީ ކައުންސިލަރުންނެއް ނޫން، އެކަން ކުރަނީ ސަރުކާރުން. ހުރިހާ ބާރެއް އޮތީ ހޯމް މިނިސްޓަރީގެ ދަށުގައި. ކައުންސިލްތައް ހިނގަނީ ރައީސް ޔާމީން ބޭނުންވާ ގޮތަށް. ރާއްޖެ މި ދަތުރުކުރަނީ މަރުކަޒީ ނިޒާމަކަށް.

12 ޑިސެމްބަރު 2017 | 16:33

ކަައުންސިލްތަކާ ދެކޮޅަށް ނިންމާ ނިންމުންތައް

ކައުންސިލްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނީ. މިއީ ޔުނިޓަރީ ދައުލަތެއްކަން ހުރިހާ ކައުންސިލްތަކަށް އެނގޭ. ކައުންސިލްތައް ހިނގަނީ ސަރުކާރު ހިނގާ ގޮތަކަށް ނޫން.

12 ޑިސެމްބަރު 2017 | 16:30

އެލްޖީއޭއިން ނެރުއްވި ސާކިއުލާ

މި ސާކިއުލާއަކީ އެލްޖީއޭއިން ނެރުއްވި ސާކިއުލާއެއް ނޫން. މިއީ ހޯމް މިނިސްޓްރީގެ ނިންމެވުމެއް.