ފަލަސުރުހީ، އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރާއެކު

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު
ފުލެޓްގެ މައްސަލަ
ފުލެޓަށް ކުރިމަތިލި ރައްޔިތުންނަށް ޕޮއިންޓްސް ލިބުނު އަދަދު ފޮރުވަންވީ ސަބަބަކީ ކޮބައިތޯ؟ ހާމަކުރަންވީ ނޫންތޯ؟ ފްލެޓް ދިނުމުގައި މައްސަލައެއް ނެތްނަމަ އެކަން ހާމަކުރަން ޖެހިލުން ވަނީ ފޮރުވިފައިވާ ކަންތައްތަކެއް ހުރުމުން
މި ކުރާ ހުރިހާ މަސައްކަތެއް ކުރަނީ ހުދުމުތާރު ވެރިކަމެއް ދެމެހެއްޓުމަށް
ސުޕްރީމް ކޯޓުގައި ބަޔަކު ތަޅު އެޅުވި ވާހަކަ ދައްކާއިރު އަޅުގަނޑަށް މާހަޑި ފަނޑިޔާރުންނަށް ނުފޫޒް ފޯރުވުމުން. ހުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށްޓަކައި ބަޔަކު ކުރާ މަސައްކަތްތައް. މިއީ މިއަދު ރާއްޖޭގެ ހާލަތު.
އަޅުގަނޑުމެންނަކީ ތަރައްޤީއަށް ހުރަސްއަޅާނެ ބަޔެއް ނޫން
ސަރުކާރަސް އެއްވެސް ތާއީދެއް ނެތް، ބަލާލި ކޮންމެ ދިމާލަކުންވެސް އެތަން ފެނޭ
ސަރުކާރަށް ރައްޔިތުންގެ އެއްވެސް ތައީދެއް ނެތް، އެކަން ސަރުކާރުން ބާއްވާ ޖަލްސާތަކުންވެސް ވަރަށް ބޮޑަށް ހާމަވެގެންދޭ. ރައްޔިތުންގެ މަޖިލީހަށް ބަލާލިކަމުގައިވީނަމަވެސް އެކަން ފެނިގެންދޭ. މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތީ އަޅުގަނޑުމެންނާއެކުގައި. ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންވެސް އަޅުގަނޑުމެންނަށް ތާއީދުކުރޭ.