އެމްޑީޕީންވެސް ވަރަށް ގިނަ ޖަލްސާތަކެއް ވަނީ ބާއްވާފައި. އެހެންނަމަވެސް ދުވަހަކުވެސް ކޮށި ޖަހައިގެން ޖަލްސާތަކެއް ނުބާއްވަން. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބު ކުރާނެ. ދައުލަތުގެ މީޑިޔާ ބޭނުންކޮށްގެން ކެމްޕެއިން ކުރަމުންދާއިރު މި ޕީޕީއެމްއަށް ރައްޔިތުންގެ ތާއީދެއް ނެތް. ސަރުކާރަށް ތާއީދު ނުކުރަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބް ހުރި. ރާއްޖޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިޔަން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން. ފްލެޓް ދޮންބެ އަޅައިދިން ފްލެޓް ތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނީ. ސަލާން ނުޖަހާ ބޭސްފަރުވާކޮށްދިނީ އެމްޑީޕީން.
ބިރުވެރިކަން އުފައްދާފައިވަނީ އިންތިހާ ދަރަޖައަށް. އާންމުކޮށް ސިޔާސީ ކަންކަމުގައި ބައިވެރިނުވާން ބޭނުންވާ މީހުން ވަރަށް ގިނަ. އެހެންނަމަވެސް މަގުމައްޗަށް ނިކުމެއްޖެ އެމީހަކު ނެތިކޮށްލާ. އެމްޑީޕީން ވެރިކަމުގައި އޮތް އިރު މަގުމައްޗަށް ނިކުމެ އަޑު އުފުލި އެއް ބޭފުޅާ މިއަދު ވެރިކަމުގައި ހުންނެވީ. ރާއްޖޭގެ ރައްޔިތުންގެ ކައިރިއަށްވެސް ވަޑައިގަންނަވަން ބޭފުޅެއް ނޫން ވެރިކަމުގައި ހުންނެވީ. ރައްޔިތުން ކައިރިއަށް ވަޑައިގަންނަވަނީ އަނބިކަނބަލުން މެޑަމް ފާތުން.
މަގުމަތީގައި ރައްޔިތުން އަޑު އުފުލަން މިސަރުކާރުން ވަނީ ހުއްޓުވާފައި. ދެވަނައަށް އޮތީ މީޑިޔާ. މީޑިޔާގެ ވެސް އަނގަ ބަންދުކޮށްފައި މިއޮތީ. އެހެން ނަމަވެސް މުޒާހަރާ ކުރަން ޖެހޭ ތަނެއްގައި އެކަންވެސް އެމްޑީޕީން ކުރާނެ. އެކަމަށް ބަލަ ބަލާ އެމްޑީޕީން އޮތީ. މަޖިލީހުގެ މެޖޯރިޓީ ލިބުމުން ބޭނުންހާ ކަމެއް މިސަރުކާރުން ކުރަމުން މިދަނީ.
ރިޒާވް ހިފަހައްޓަން ނެގި ލޯންވެސް އަނެއްކާ އަލުން ދައްކަން މިޖެހުނީ ދެގުނަ އިތުރުކޮށްފައި. އެންމެ ފަހަރަކު ދެތިން ތަނެއް އޮޑިޓް ކުރުމުންވެސް މިސަރުކާރު ފަޞީހަތްވާނެ. އެހެން ނަމަވެސް އެކަމަކަށް އެއްވެސް ފުރުޞަތެއް ނުދޭ މިސަރުކާރުން.
ރައީސް ޔާމިންގެ ސަރުކާރުން ހީވަނީ ރައްޔިތުން ކޮށި ޖަހައިގެން ގެންގުޅެވިދާނެ ކަމަށް. ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާ ކުދިންގެ ފިންގަރ ޕްރިންޓް ނަގާ. އަދި އެމުވައްޒަފުން ލައްވާ ސޮއިވެސް ކުރުވާ. ޖަލްސާއަށް ނުދާ މީހެއް ކަމަށްވާ ނަމަ ވަޒީފާ ގެއްލިގެންދޭ. ރައްޔިތުންގެ ހިތް ރައީސް ޔާމިންއަށް އަތުލައި ނުގަނެވޭ. ހިތް އޮތީ ކޮންފަޅިއެއްގައި ކަން ވަރަށް ސާފުވާނެ ވޯޓްލާން އޮންނަ ދުވަސް ކައިރި ވީމާ. ދުނިޔޭގެ އެހެން ގައުމުތަކާއި އެއްވެސް ގުޅުމެއް އޮންނަ ބޭފުޅެއް ނޫން ރައީސް ޔާމިން އަކީ.
ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައިވާއިރު މިސަރުކާރު އައިސް ހުރިހާ އެއްޗަކުންވެސް ވަނީ ޑިއުޓީ ނަގަން ފަށާފައި. ސިނގިރޭޓްއިން ޑިއުޓީ ނެގުން ބޮޑު ކުރަން އޮތް އިރު މި ސަރުކާރުން ކުރާ ގިނަ ކަންތައްތައް ދެކޮޅު ނުޖެހޭ. ދިމަލެއް ނުވޭ. ބިލް ބޯޑުގައި މުޅިން ފެންނަނީ ރައީސް ޔާމިން ކުރައްވާފައިވާ ކަމަށް ބުނެ ލިޔެފައިވާ ދޮގު ވާހަކަތަކެއް. މިއީ ކޮންމެވެސް އެހެން ދިމާލަކަށް ލާރި ކޮޅެއް ހޯދަން ކުރާ ކަމެއް.