Raajje.mv

ފަލަ ސުރުހީ

07 ޑިސެމްބަރު 2017
8037
އަހްމަދު އަބްދުﷲ މިރޭ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ

އަހްމަދު އަބްދުﷲ މިރޭ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ

07 ޑިސެމްބަރު 2017 | 17:20

މަގޫދޫ ޖަލްސާއިން ސަރުކާރަށް ސިހުން ލިބިގެންދާނެ

އެމްޑީޕީގެ ހިންގުން ވަރަށް ހަރުދަނާކަމާއެކު އެބަދޭ. ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގެ ކުރިއަށްދާ ގޮތުން ސަރުކާރުން ޖެހިލުންވޭ. ފ.މަގޫދޫގައި މާދަމާ ރޭ ބާއްވާ ޖަލްސާއިން ސަރުކާރަށް ސިހުން ލިބިގެންދާނެ. މާދަމާ ވޯޓެއް ލިޔަސް މި ސަރުކާރު ބަލިކުރާނަން. ފްރީ ޓްރޭޑް އެއްބަސްވުމުގެ ނަމުގައި ކުރިއަށްދާ ހަރަކާތައް ދިވެހިން ނޫނެކޭ ބުނަން ޖެހޭ.

07 ޑިސެމްބަރު 2017 | 17:16

އައިހެވަން ޕްރޮޖެކްޓް މި ސަރުކާރުގައި ހިނގާފާނެ ކަމަށް ގަބޫލު ނުކުރެވޭ

އައިހެވަން ޕްރޮޖެކްޓް މި ސަރުކާރުގައި ކުރިއަށް ގެންދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އެމްޑީޕީ ސަރުކާރަށް ފްލެޓް އެޅުނީ އެކަން ކުރާނެ ގޮތްރޭވި ހިންގަމުން ދިޔައީމަ. ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ސިފަ މި ސަރުކާރުގައި ނެތް.

07 ޑިސެމްބަރު 2017 | 17:13

 އިތުރު ފަސް އަހަރު ދީފި ނަމަ އިތުރަށް ލިބޭނީ ނިކެމެތިކަން

އިތުރު ފަސް އަހަރު އިތުރަށް 500 މިލިއަން ރުފިޔާ ދަރުވާލާފާނެ ކަމާމެދު ޝައްކެތް ނުކުރަން. ފާއިތުވި ހަތަރު އަހަރަކީ ރައްޔިތުން އެންމެ ނިކަމެތިވި ހަތަރު އަހަރު. ރައްޔިތުން އިތުރު ފަސް އަހަރު މި ސަރުކާރަށް ދޭން ބުނުމަކީ މޮޔަ ވާހަކަ އެއް.

07 ޑިސެމްބަރު 2017 | 17:09

މި ސަރުކާރުގައި އިގުތިސާދީ ވިސްނުމެއް ނެތް

2008 ފެށިގެން ރާއްޖޭގައި ވެރިކަމުން އައީ ވަރަށް ވަރުގަދަ ސިޔާސަތުތަކަކާއެކު. އެކަމު މިހާރު ދަނީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ކުންފުނިތައް ބަނގުރޫޓު ކުރަމުން. ގައުމު ވިއްކާލަނީ ކުންފުނިތަކަށް ޓަވަރުއަޅަން ވެގެން. ކުންފުނިތަކުގައި އެވަރުގެ ފެންވަރެއް ނެތް. މި ސަރުކާރުން ބިންގާ އަޅައިގެން އެޅި ފްލެޓްތަކެއްގައި މީހުން ދިރިއުޅެން ފެށިތޯ ސުވާލު އުފައްދަން ޖެހޭ.

07 ޑިސެމްބަރު 2017 | 17:00

ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފި

ބައެއް މީހުން ފިހާރަތައް ބަންދުކުރާ ހިސާބަށް ގޮސްފި. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމަށް ބުނާ މީހުން ގިނަވެއްޖެ. މި ސަރުކާރުން ވަޒީފާތަކެއް އިތުރު ވެގެނެއް ނުދޭ. އެސްއީޒެޑްގެ ގާނޫނާއެކުވެސް ރާއްޖެއަށް އިންވެސްޓަރަކު ނާދެ. އެސްއީޒެޑްގެ ސަބަބުން ރާއްޖެއަށް ކުރިއެރުވުމެއް ނުލިބޭ. ހުސް ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކައި ދިވެހި ހަޒާނާއަށް ހިތިހުރި ގޮތަކަށް ހަދަނީ. ޗައިނާއެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ވާނެ ގޮތާއިމެދު ވިސްނަން ޖެހޭ.

07 ޑިސެމްބަރު 2017 | 16:52

ފަލަ ސުރުހީ

ގައުމު އިގުތިސާދީ އަނދަވަޅަކަށް ވައްޓާލައިފި. މިއީ މިނިވަން ގައުމެކޭ ނުބުނެވޭ ހިސާބަށް ގޮސްފި. ކުރީ ސަރުކާރުގެ ލޯނުތައް ދެއްކުމަށް ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން. އެއީ ހަގީގަތެއް ނަމަ މިހާރު މި ސަރުކާރުގެ ލޯނުގެ ގޮތުގައި އޮންނަން ޖެހޭނީ އެއް ބިލިއަން ރުފިޔާ.