ފަލަސުރުހީ
22 ނޮވެމްބަރު 2017
8076

ފަލަސުރުހީ
22 ނޮވެމްބަރު 2017 | 16:54
ނަހަމަ ގޮތުގައި އެތަށް ބަޔަކަށް މުއްސަދިކަން ލިބެމުންދާ މަންޒަރު ފެނޭ
ނާދިރާ:
ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން އިތުރުވެފައިވާ މަންޒަރު ފެނިގެންދަނީ. މިނިވަން މުއައްސަސާތަކުގެ ޒިންމާ އަދާކުރަންޖެހޭ.
22 ނޮވެމްބަރު 2017 | 16:36
ތިނަދޫ އިން ސަރުކާރަށް ތާއީދެއް ނެތް
ނާދިރާ:
ތިނަދޫ ރައްޔިތުން ކައުންސިލް އިންތިހާބުގައިވެސް އެއޮތީ ސަރުކާރަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފަ. ތިނަދޫ ރައްޔިތުންނަށް އެނގޭ ތިނަދޫ ތަރައްގީވަނީ ރައްޔިތުންގެ ފައިސާއިންކަން. ތިނަދޫ ރައްޔިތުންނަކީ ތަންދޮރު ދަންނަބައެއް. ސަރުކާރަށް ވަރަށް ސާފުކޮށް އެވަނީ އެކަން ދައްކާފަ.
22 ނޮވެމްބަރު 2017 | 16:34
މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތް
ޔުމްނާ:
ހުރިހާ ބާރަކާއި ނުފޫޒާއި އެކުވެސް ލިބުނީ 39 ވޯޓު. އޭގެތެރެއިންވެސް ގިނަ މީހުންނަކީ މަޖުބޫރު ވެގެންވޯޓު ލެއްވި ފަރާތްތައް. މިއަދުވެސް މި ލިބުނީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބީއެއް. މަޖިލީހުގެ މެޖޯރިޓީއެއް ސަރުކާރަކަށް ނެތް
22 ނޮވެމްބަރު 2017 | 16:32
ބަޖެޓުން އުންމީދެއް ނެތް
ނާދިރާ:
މިއަދު ފެނިގެންދަނީ ނިކަމެތި މީހާ ނިކަމެތިވެ، މުއްސަނދިމީހާ މުއްސަތިވާ އުސޫލު.