Raajje.mv

ފަލަސުރުހީ

18 ނޮވެމްބަރު 2017
7279
ފަލަސުރުހީ

ފަލަސުރުހީ

18 ނޮވެމްބަރު 2017 | 17:05

ނަރުދަމާގެ ނިޒާމު

އެންމެ ފުރަތަމަ ފެނާއި ނަރުދަމާ ނެތް ރަށްތައް ފާހަގަކޮށް ޖެހޭނެ އެ ރަށްތަކަށް ފޯރުކޮށްދޭން. ރަނގަޅު ނަރުދަމާއެއް މުހިންމު ވާނީ ރައްޔިތުންނަށް.

18 ނޮވެމްބަރު 2017 | 17:03

ޓެކްސް

ވަކި ބޭނުމަކަށް ނެގޭ ޓެކްސް ޖެހެނީ އެ ޓެކްސް ނެގޭ ބޭނުމަށް ބޭނުން ކުރަން.

18 ނޮވެމްބަރު 2017 | 16:49

ރައްޔިތުން އަތުން ނަގާ ޓެކްސް

ހަގީގަތުގައި ރަށްރަށުގައި ދިރިއުޅޭ މީހުން އަތުން ނަގާ ޓެކްސް މާ ބޮޑު. މިސާލަކަށް 100 ރުފިޔާއަށް ދޭ ފޮތެއް މި ގަންނަނީ. ޖީއެސްޓީގެ ހަ ޕަސަންޓު ލުމުން އެ ފޮތް ގަންނަން ޖެހޭނީ 106 ރުފިޔާއަށް. އެކަމަކު 3000 ރުފިޔާގެ މުސާރަ ލިބޭ މީހާ ވެސް އަދި ގިނައިން ފައިސާ ލިބޭ މީހާ ވެސް ހަމަ ގަންނަން ޖެހޭނީ އެ އަގަށް. އެއީ އިންސާފެއް ނޫން.

18 ނޮވެމްބަރު 2017 | 16:45

ޕްރޮޖެކްޓުތައް

ރައީސް ޔާމީން ވިދާޅުވި 9 ޕްރޮޖެކްޓެއް އޮތް ވާހަކަ، އެއީ ކަނޑައެޅިގެން ދޮގެއް. ރައްޔިތުންނަށް އޮޅުވާލުމަކީ އެދެވިގެންވާ ކަމެއް ނޫން.

18 ނޮވެމްބަރު 2017 | 16:45

މާލެ ތޮއްޖެއްސުން

މާލެ ތޮއްޖެއްސުމުގެ ސިޔާސަތު ޖެހޭ ދޫކޮށްލަން. މިއީ ރައްޔިތުންނަށް އަޅުވެތި ކުރުމަށްޓަކައި ކުރާ ކަމެއް.

18 ނޮވެމްބަރު 2017 | 16:44

ސިވިލް ސާވަރންޓުންގެ މުސާރަ

ސިވިލް ސާވަރންޓުންގެ މުސާރަ ބޮޑުކުރަން ޖެހޭ. ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔައީ.

18 ނޮވެމްބަރު 2017 | 16:40

ފަލަސުރުހީ

މިރޭގެ ފަލަސުުރުހީ މައުޟޫއަކީ ބަޖެޓް. މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން