Raajje.mv

ފަލަސުރުހީ

11 ނޮވެމްބަރު 2017
7474
ފަލަސުރުހީ

ފަލަސުރުހީ

11 ނޮވެމްބަރު 2017 | 16:57

އިދިކޮޅު ފަރާތްތަކަށް މަލާމަތްކުރުން

އަޅުގަނޑުމެންނަށް ހަޖޫޖަހައި މަލާމަތްވެސް މިއަދު ކުރެވިދާނެ އަދި ގަދަ ބާރުން ކަންތައްތައްވެސް ކުރެވިދާނެ އެހެންނަމަވެސް ފެންނަމުންދާ މަންޒަރަކީ އެބޭފުޅުންނަށް އެ މަލާމާތް ރައްދުވާ ތަން. ހަމަ އާއި އިންސާފާއި އުސޫލުގެ ތެރެއިން އުޅެން އެންމެން ދަސްކުރަންވީ.

11 ނޮވެމްބަރު 2017 | 16:52

މަޖިލިސް ކޮމެޓީ

އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން މަޖިލީސް ކޮމެޓީ ތެރެއިން ވަޒީރަކާއި ސުވާލުކުރަން ބޭނުން ވިޔަސް އެ ފުރަސަތެއްވެސް ނުލިބޭ އަދި ޖަވާބުވެސް ނުދެއްވާ. ރައްޔިތުންގެ ހައްގުތައް ހަމަ އެނގި ތިބެ މި ސަރުކާރުން އެ ނިގުޅައިގަންނަނީ.

11 ނޮވެމްބަރު 2017 | 16:49

ރައީސް ޔާމީން ވެރިކަމުގައި އަމަލުތައް ބަހައްޓަވާ ގޮތް

އެއްވެސް މިންވަރަކަށް މީހުންނާއި މަޝްވަރާކޮށްގެން ކަންތައްތައް ނިންމަވާ އުސޫލެއް ރައީސް ޔާމީން އެއް ނުގެންގުޅުއްވާ. ރައީސް ޔާމީން އަކީ ޖުމްހޫރީ ވެރިކަމަކަށް ޑިމޮކްރޮސީއަށް ލޯބި ކުރާ ބޭފުޅެއް ނޫން.

11 ނޮވެމްބަރު 2017 | 16:44

ރައްޔިތުންގެ އަޑު

ދިވެހި ރާއްޖޭގެ 60 ހާސް ރައްޔިތުންގެ އަޑު އެ ކަނޑުވާލީ އެ ދާއިރާއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ނުހައްގުން އިޖުރާތްތަކާއި ޙިލާފަށް ޝަރީއަތްތައް ހިންގާ ހުކުމް ކުރުމުން.

11 ނޮވެމްބަރު 2017 | 16:41

2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބް

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ދެ ހަފްތާވެފައިވަނިކޮށް އެ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް ވަކިކުރި. އޭގެ ސަބަބުން 2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވުމަށް ފުރުސަތު ކުޑަވެގެން ދިޔަ.