ފަލަސުރުޚީ
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
ލޯކަލް ކައުންސިލް އިންތިޚާބު
ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބައެއް ކަމަށް މިސަރުކާރުން ހީކުރެވުނު ކަމުގައިވީ ނަމަވެސް އެއީ ކުށްހީއެއް. ދިވެހި ރައްޔިތުންނަކީ އަނިޔާވެރިކަމާއި ދެކޮޅު ބައެެއް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮރަޕްޝަނަށް ވަރަށް ސާފްކޮށް ނޫނެކޭ ބުނާނެ. ކައުންސިލް އިންތިޚާބަކީ ރައްޔިތުންނަށް ލިބިފައި އޮތް ވަރަށް ރަނގަޅު ފުރުޞަތެއް.
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
މިސަރުކާރުގެ ސިޔާސަތަކީ ހުރިހާ އެންމެންވެސް ނިކަމެތިކޮށްލުން. ދުނިޔޭގައި ނޯންނާނެ އިޔާދަ ކުރުވަނިވި ހަކަތައިން ޓެކްސް ނަގާ ގައުމެއް. އެހެން ގައުމުތަކުން މިކަމަށް ދަނީ އެއްބާރުލުން ދެމުން. އެހެން ނަމަވެސް މިގައުމުން ދަނީ މިކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން..
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
އެންމެ އާދައިގެ ފަޅުވެރިޔާއަށް ވެސް މަހަށް ނުދެވޭ ވަރަށް ކަންކަން އުނދަގޫކޮށްފި. ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށްވެސް އެއްވެސް ކަމެއްކޮށްދީފައެއް ނެތް. ގެސްޓްހައުސްތަކުން ނަގާ ވިޔަފާރީގެ ޓެކްސް 40 އިންސައްތަ ބޮޑު ވެއްޖެ. ލިބޭ އާމްދަނީގެ 40 އިންސައްތަ އިތުރުވެއްޖެ.
ޔާމިން އަކީ ފުރިހަމަ ޓެކްސްގެ ނިޒާމާއި އިދިކޮޅު ބޭފުޅެއް
ޓެކްސްގެ ނިޒާމެއްގައި އެންމެ މުހިއްމު އެއްޗަކީ އިންކަމް ޓެކްސް ނެގުން. ކޮންމެވެސް އެއް ސިފައެއްގައި ގަދަ ބާރުން ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވާ ބޭފުޅެއް ރައީސް ޔާމިންއަކީ. ރައްޔިތުންނަށް ބިރުދައްކައިގެން އާރާއި ބާރު ބޭނުން ކޮށްގެން ކަންކަން ކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް ރައީސް ޔާމިން އަކީ.
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ
ޔާމިން އަކީ މިގައުމުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން. ވެރިކަމަށް އަންނަން ބޭނުންވަނީ ވެސް ރައްޔިތުންގެ ލޯތްބާއި އިޚްތިރާމާއި އެކު. އެއްވެސް އިރެއްގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންކަން ކޮށްގެން ލޯބި ހޯދާކަށް ބޭނުމެއް ނޫން.
މިސަރުކާރަކީ ކޮރަޕްޝަންގެ އައްޕަ
ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ޤަބޫލުކުރޭ މި ގައުމަކީ ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ގައުމެއްކަން. ޤައުމުގެ ތަރައްޤީއަށް ކުރެވެނީ ކޮން ކަމެއްތޯ ނުބަލާއި ކޮންމެ މީހަކުވެސް ބަލަނީ ބޮޑެތި އަދަދުތަކުން އެމީހެއްގެ ޖީބަށް ބޮޑުކުރުން. އާއްމު ރައްޔިތު މިހާގެ އަތުން ނަގާ މިންވަރު ވަރަށް ބޮޑު. މިއަދު ފައްސަތޭކަ ގުނަ ބޮޑޮކޮށްފި. މިއީ ޓެކްސް ނެގުމެއް ނޫން. ދުނިޔޭގެ ގައުމުތަކުން މިހެނެއް ނޫން ޓެކްސް ނަގަނީ.
މިސަރުކާރުން ދަނީ ޓެކްސްއިން ފޭރެމުން
ވިޔަފާރީގެ ފާއިދާއިން ޓެކްސް ނަގަން ފެށިއިރު ކަސްޓަމްސް ޑިއުޓީ އުވާލުމަކީ އޮތް ކަމެއް. އޭރުގައި ކުއްލިއަކަށް ކަސްޓަމްސް ޑިއުޓީ ކަނޑާލަން އުނދަގޫ ކަމަށްވި. އެހެންނަމަވެސް މިހާރު މިކަންކަން ކުރެވެން އެބަ އޮތް. އެހެން ނަމަވެސް މިއަދު މިސަރުކާރުން މިދަނީ ކުދި އަދި މެދު ފަންތީގެ މީހުންގެ އަތުން ޓެކްސްގެ ނަމުގައި ފޭރެމުން.
އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ބަދަލު ގެނައުން
ތަރައްޤީ ކުރިއަރައި ދިމުގައި ޓެކްސްގެ ނިޒާމަކީ ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެއް. އެމްޑީޕީން ސަރުކާރުން މިމަސައްކަތް ފެށީ އެންމެ ފުރަތަމަވެސް. އޭރު މިކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ވެސް މިހާރުގެ ރައީސް ޔާމިން. ޓެކްސްގެ ނިޒާމުގެ މައިގަނޑު ބޭނުމަކީ މުއްސަންދިން އަތުން ނަގާ ޓެކްސް މެދުވެރިކޮށް ފަގީރުންނަށް ދިނުން. ޓެކްސްގެ ނިޒާމަށް މަލާމާތް ކުރަނީ ރައީސް ޔާމިންގެ ސަރުކާރުން. ޓެކްސްގެ ނަމުގައި ނިކަމެތި ރައްޔިތުންގެ އަތުން ފޭރޭތަން.
ފަލަސުރުޚީ
މިރޭގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެޑައިގަންނަވަނީ ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ