Raajje.mv

ީވަގުތުން: ފަލަސުރުޚ

11 އޮކްޓޯބަރު 2017
7767
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

11 އޮކްޓޯބަރު 2017 | 16:54

މިގައުމުގައި މިހާރު ދައުލަތެއް ނެތް

މިގައުމުގައި މިހާރު ދައުލަތެއް ނެތް. މިގައުމުގައި ސަރުކާރުގެ ބާރު އޮތުމުން ކޮންމެ ކަމެއް ކުރިއަސް ބޭރު ގައުމުގަތުގައި މިވެރިންގެ ވާހަތަކެއް ޤަބޫލެއް ނުކުރާނެ. މިގައުމުގެ ފޮރިން ޕޮލިސީ ކުރިން އޮތްގޮތަކަށް ނޫން މިހާރު މިއޮތީ. ސައުދީ އަރަބިއްޔާއާއި ޗައިނާއިން މިގައުމާއި ދިމާލަށް ބަލާލަނީ.

11 އޮކްޓޯބަރު 2017 | 16:39

އީވާ އަބްދުﷲ

އެންޓީ ޓޯޗާ ޤާނޫނުގެ ދަށުން މިފަދަ މަރުގެ މައްސަލަތައް ޖެހޭނެ ބަލަން. ހިއުމަން ރައިޓްސް ކޮމިޝަންއިން މިކަން ޖެހޭނެ ބަލަން. ސަބަބު ނޭނގޭ ކަމަށް ބުނެ ނިންމައެއް ނުލެވޭނެ. ހަޤީޤަތް ހޯދާ ބަލަން ޖެހޭނެ. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގުގެ ބޭނުންކޮށްގެން ޖަލަށް ލާފައި ހުރިއިރު އެއީ ކުށެއް ކޮށްގެނެއް ނޫން. ޖަލަށް ލުމުން ހުރިހާ ހައްގުތަކުން މަހުރޫމްވީކީއެއް ނޫން. މި މަރުވެގެންދިޔަ މީހުންގެ ހައްގުތައް ހޯދަދޭންޖެހޭނެ.

11 އޮކްޓޯބަރު 2017 | 16:39

ފައްޔާޒު އިސްމާއިލް

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު ނިޔާވުމަކީ ތަޙްޤީޤް ކުރަންޖެހޭ ކަމެއް. މިއީ އާދައިގެ ކަމެއް ނޫން. ޖަލު ތަކުގައި ވެފައި ހުރި ކަންކަން ބަލަން ޖެހޭ. މިކަމުގައި އިހުމާލުވާ ފަރާތްތައް ހޯދަން ޖެހޭނެ.

11 އޮކްޓޯބަރު 2017 | 16:35

ީވަގުތުން: ފަލަސުރުޚ

ރާއްޖެޓީވީގެ ފަލަސުރުކީގެ މިރޭގެ މެހްމާނުންނަކީ ގަމު ދާއިރާގެ މެންބަރު ަފއްޔަޒު އިސްމާއިލް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް.