Raajje.mv

ވަގުތުން: ފަލަސުރުޚީ

10 އޮކްޓޯބަރު 2017
7167
އަބުރުފުޅު ފަންޑް

އަބުރުފުޅު ފަންޑް

10 އޮކްޓޯބަރު 2017 | 17:09

ރާއްޖެޓީވީއަށް އަދަބުދިނިމައި ނުރުހުންވާނީ ރައްޔިތުން

އަބުރުގެ ގާނޫނުގެ މަގުސަދަކީ ރާއްޖެޓިވީ ކިޔާއެއްޗެއް ނެތުން، ވުޖޫދުން ފުހެލުން، މި ޓީވީއަށް ރައްޔިތުން އިހްތިރާމް ކުރަތީ މި އަންނަނި މި ތަނަށް، އެހެންވިމައި ރައްޔިތުން އެހީވަނީ، މި ޖޫރިމަނާ ދައްކަންވެސް ރައްޔިތުން އެ ތިބީ ދައްކަން، ބައްޔެއް ނުކުރެވޭނޭ، ރާއްޖެޓީވީއަށް އަދަބުދިނިމައި ނުރުހުންވާނީ ރައްޔިތުން. އިންސާނެއް ވެއްޖެއްޔާ ވިސްނަންވީ 48 އިރުތެރޭ ފަސްމިލިއަން ހޯދި ބަޔަކު ނޫޅޭ، 30 ދުވަހެއް ނުވާނެ ތިބޭފުޅުން އެ ހަމަކުރަން، ރައްޔިތުން ބަލައިގެންފައިވަ ބަޔަކާއަޅައިގަނެގެން ނޫޅެވޭނެ- މުސްތަފާ

10 އޮކްޓޯބަރު 2017 | 17:01

އިންސާފުވެރި ވޯޓެއް ލައިގެން އެމަނިކުފާނަކަށް 2018 ކަމިޔާބެއް ނުކުރެވޭނެ

އިންސާފުވެރި ވޯޓެއް ލައިގެން އެމަނިކުފާނަކަށް 2018 ކަމިޔާބެއް ނުކުރެވޭނެ، އެމަނިކުފާނު ދާދިފަހުން ރަށަކަށް ވަޑައިގެންފައި ވިދާޅުވި ތިމަންނާއަކަށް ތައީދެއްނެތޭ، މީ އެމަނިކުފާނަށް ތާއީދު ނެތްކަން އަމިއްލަފުޅަށް އެނގޭތި ވިދާޅުވި ވާހަކައެއް، ރައީސް ނަޝީދު މިނިވަން ކުރުމަށް ވެސް އެދެމުންދާއިރު ގަދަފައި ވިއްދާފައި އެ ހުންނަވަނީ އަބަދަކު ވެރިކަމުގައި އެހެްނ ނުހުއްނެވޭނެކަން ދަންނަން ޖެހޭނެ- މުސްތަފާ

10 އޮކްޓޯބަރު 2017 | 16:51

އަބުރުގެ ގާނުނު ފާސްކުރުމުން ރައީސަށް ދެންނެވިން ތީ މަނިކުފަނުގެ ވެރިކަމުގެ ނިމުމޭ

އަޅުގަނޑު ޕިޕީއެމުން ވަކިވާން ޖެހުނު އެއްސަބަބަކީވެސް ތި އަބުރުގެ ގާނޫނު، ރައީސް އަޅުގަނޑަށް ފޯނުކޮށްފައި ވިދާޅުވި، ކިހިނެއްވީތޯއޭ، އަޅުގަނޑުދެންނެވިން، ރައީސަށް ރިޕޯޓަރަކަށް ލިބޭ މުސަރައަކީ 8000 ރުފިޔާއޭ، އެވަރު އެއްޗެއް ލިބޭއިރު ކިހިނެއްހޭ އެކުންދިން ބޮޑެތި ޖޫރިމަނާތައް ދައްކަނީ، ދެން އާއެކޭ ދެންނެވި ވިދާޅުވި ޖޫރިމަނާ ކުޑަކުރާނަމޭ، ނޫސްވެރިން ކުޑަޔަސް އަދި އެކަމަކު ސްޓޭޝަންތަކަށް ބޮޑުވާނޭކަމަށް ވިދާޅުވި، އަޅުގަނޑު މި ހުރީ އެދުވަހުވެސް އެކަމައި ދެކޮޅަށް، މިއަދުވެސް އެކަމާއި ދެކޮޅަށް، އެދުވަހު މަޖިލީހުގައި ވެސް އަޅުގަނޑު ވޯޓެއް ނުދެން. ނުދީފައި އަޅުގަނޑުބުނިން ރައީސް ޔާމީން ކައިރީގައި، އަދި ސަލީމްވެސް ވިދާޅުވި، އެމަނިކުފާނަށް މީ ރައީސް ޔަމިން އޭ މަނިކުފާނުގެ ވެރިކަން ވެއްޓުމުގެ ފެށުމޭ- މުސްތަފާ

10 އޮކްޓޯބަރު 2017 | 16:44

ވެރިކަމުގައި އަބަދު ރައްޔިތުން ކަސްތޮޅު އަޅުވައިގެން ނުހުއްނެވޭނޭ

ތަހުގީގީ އިދާރާތަކުން ބަލަންވީ ނޫންތޯ، ރާއްޖެޓިވީ ރޯކޮށްލީ ކޮންބައެއްކަން، އަޅުގަނޑު ގެންގޮސް ސުވާލުކުރަންވީ ހަމަ، އަޅުގަނޑަށް އިނގޭ، ވެރިކަމުގައި އަބަދު ރައްޔިތުން ކަސްތޮޅު އަޅުވައިގެން ނުހުއްނެވޭނޭ، މަނިކުފާނު ނޫން މީހުންވެސް ވެރިކަންކޮށްފި، މިއަދު އަޅުގަނޑުމެން މި ތިބެނީ ގޭގޭގައި ބިރުން ތަންޑުއަޅުވައިގެން، މީގެކުރިން އުޅުނިން ގޭގައި ތަންޑުނާޅުވައި ނިދާ، މިއަދު ހަ ތަންޑުއަޅުވައިގެްނ ތިބެންވެސް ބިރުގަނޭ، މިއަދު ރައްޔިތުން މި ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަކީ ރައީސް ޔާމިންގެ ޒިންމާއެއް-މުސްތަފާ

10 އޮކްޓޯބަރު 2017 | 16:32

ރާއްޖެޓީވީއަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ ޓީވީއެއް

ރައްޔިތުން ޝަކުވާކުރަނީ ގަނޫނުގެ ރައްކާތެރިކަން ނުލިބޭތީ، އަޅުގަނަޑުމެންނަށް އަބަދުމެ އިވެނި ކޮންމެވެސް މީހަކު މަރާލިވާހަކަ، ގައުމެއްގެ ހަލަތު ދާންވީ އެންމެ ނުބައި ހާލަތަށް މި ވަނީ ގޮސްފައި، އަޅުގަނޑު ހިތަށްއަރާ ގައުމުގެ ރައްޔިތުން ދެން ކޮންކަމެއް ބާއޭ ކުރަންވީ، ރާއްޖެޓީވީއާމެދު ވިސްނާލައްވާ، ކިތަށް ފަހަރު އަނިޔާ ދީފިތޯ، ރާއްޖެޓީވީއަކީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ ޓީވީއެއް، ރާއްޖެޓީވީއަށް މިއަދާއި ހަމައަށް އެތަށް ގެއްލުންތަކެއް ވެއްޖެ، އަންދާލި ދުވަހު އެތަށް ބަޔަކު ކަރުނައެޅި، އެއްވެސް ބަލާލުމެއް ނެތި އެކަންކުރީ، އެ މަންޒަރު ފެނުނުމިހަކުވެސް ހުއްޓުން އެރީސް، އަދިއަދަށްވެސް ނޭނގިގެން މި އުޅެނީ އެކަން ކުރި ބަޔަކު، ކީއްވެގެްނތޯ ތަހުގީގު ނުހިއްގިގެން މި އުޅެނީ- މުސްތަފާ

10 އޮކްޓޯބަރު 2017 | 16:25

ވަގުތުން: ފަލަސުރުޚީ

ރާއްޖެޓީވީގެ ފަލަސުރުކީގެ މ،ެހްމާނަކީ ރައްޔިތުންގެމަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ. މިރޭގެ މައުލޫއަކީ އަބުރުފުޅު ފަނަޑް