ފަލަސުރުހީ

ފަލަސުރުހީ
ރާއްޖެޓީވީގެ މައްޗަށް ފިޔަވަޅު އެޅުން
ރާއްޖެޓީވީގެ މައްޗަށް އުސޫލުން ބޭރުން ފިޔަވަޅު އަޅާފައިވަނީ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންސާފުން ބޭރުން ކަންތައްތައް ކުރަމުންދާ ކަމަށް ނިޝާން ވިދާޅުވި.
ނޫސްވެރިންގެ މިނިވަންކަން
ދިވެހިރާއްޖޭގެ ނޫސްވެރިންގެ މިނިވަންކަން މަރައެއް ނުލެވޭނެ ކަމަށް ހުޝާމް ވިދާޅުވި.
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަނުން ޤާނޫނުތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް ނިޝާން ވިދާޅުވި.
ރާއްޖޭ ނޫސްވެރިކަމަށް ޖާގައެއް ނެތް
ޝަހީބުގެ އިޚްލާސްތެރިކަމެއް ނެތް އަދި ޤާބިލިއްޔަތު ކަމެއް ނެތް. ރާއްޖެޓީވީ މަދަނީ ގޮތުން ނައްތާލުމަށްޓަކައި ޝަހީބު އުޅުއްވަނީ. އެއީ ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގައި ނޫސްވެރިކަމަށް ޖާގައެއް ނެތް ކަމަށް ހުޝާމް ވިދާޅުވި.
އިންސާފު ގެއްލުން
ފިޔަވަޅު އަޅާއިރު ފެންނަން އޮންނަ އުސޫލެއް އޮންނަންވާނެ. ފެންނަން އޮންނަ ކަމެއްގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭނީ. ތަނެއްގައި އިންސާފު ގެއްލުމަކީ ފަސާދައަށް މަގުފަހިވާ ކަމެއް ކަމަށް ނިޝާން ވިދާޅުވި.
އަބުރުގެ ޤަނޫނު
އަބުރުގެ ޤާނޫނު ދިވެހި ސަރުކާރުން ގެޒެޓް ކޮށްފައިވާ މަންޒަރެއް ނުފެނޭ. އެހެންވުމުން ރާއްޖެޓީވީ ޖޫރިމަނާ ކުރަން ޖެހޭނެ ސަބަބެއް ނުފެނޭ ކަމަށް ނިޝާން ވިދާޅުވި.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޝަހީބު
އަބުރުގެ ޤާނޫނާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނަކީ ޝަހީބުގެ އަމިއްލަ ބޭނުމަށް ހަދާފައިވާ ޤާނޫނެއް ނޫން. ރާއްޖެޓީވީ އަންދާލިތާ 4 އަހަރު ފުރުނު ދުވަސް 7 އޮކްޓޯބަރ އަކީ. އަނެއްކާ އޮގަސްޓް 8 ވަނަ ދުވަހު މި އޮތީ ޖޫރިމާނަ ކޮށްފައި. ޝަހީބު އުޅުއްވަނީ ރާއްޖެޓީވީ އާއި ދެއްކޮޅަށް މަދަނީ ހަނގުރާމެއް އިއުލާން ކޮށްގެން ކަމަށް ހުޝާމް ވިދާޅުވި.
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަން ރާއްޖެޓީވީ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ މަންޒަރު މި ފެންނަނީ. ލޮލުކޮޅަށް ފެންނަށް ނެތް ބާރެއް އޮތްކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ދެކޭ ކަމަށް ނިޝާން ވިދާޅުވި.
ފަލަސުރުހީ
މިރޭގެ ފަލަސުރުޙީ މެހެމާނަކީ ޤާނޫނީ ވަކީލް ނިޝާން އާއި ރާއްޖެޓިވީގެ ނިއުސް ޑައިރެކްޓަރ މުހައްމަދު ހުޝާމް . މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާނީ ރާއްޖޭގެ ޓީވި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން މި މއުޞޫއަށް