ފަލަސުރުހީ

ފަލަސުރުހީ
ނޫސްވެރިން ޤައުމަށްޓަކައި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް
ނޫސްވެރިން ޤައުމަށްޓަކައި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް. ދިވެހިރާއްޖޭގެ ނުސްވެރިން ފަހަތަކަށް ނުޖެއްސޭނެ. އެމީހުންނަށް ދަތި ކުރުމުގެ ފިޔަވަޅު އެޅިދާނެ. ނޫސްވެރިން ވަމުންދާ ޤުރުބާނީއަކީ ޤައުމީ ޖިހާދެއް. މި ވެރިކަމުގައި ފަހަރެއްގައި ނޫސްވެރިންނަށް މިނިވަންކަން ނުލިބިދޭނެ އެހެންނަމަވެސް ވަރަށް އަވަހަށް ލިބިގެންދާނެ.
މަޖިލީހުގެ ރައީސް މަސީހު އަކީ ކާކު؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު އަކީ ރައީސް ޔާމީންގެ އަޅެއް. މަސީހު މީޑިއާގައި މަސައްކަތެއް ނުކުރައްވާ އެހެންވީމައި އެނގިވަޑައެއް ނުގަންނަވާނެ މީޑިއާގެ ކަންތައްތަކެއް. އެންމެ ކުޑަމިނުން މީޑިއާއިން އިންޓަވިއު ނެގުމަށް މަސީހަށް ގުޅުއްވުމުންވެސް އިންޑަވިއުވެސް ދެއްވަން ކެރިވަޑައެއްނުގަންނަވާނެ މަސީހު އަށް.
ބްރޯޑްކާސްޓިންގ ކޮމިޝަން
ޕީޕީއެމްގެ ވަރަށް ގިނަ ޕާލިމަންޓްރީ ގްރޫޕުން އިރުޝާދު ދިން ރަގަޅު މެމްބަރުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަން ކުރަން.
އަބުރުގެ ބިލް
ޕީޕީއެމް އަބުރުގެ ބިލް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރިއިރު އަޅުގަނޑު އެ ބިލާއި ދެކޮޅަށް ޕީޕީއެމް ޕީޖީ ގްރޫޕްގައި ވާހަކަ ދެއްކެވިން. އަބުރުގެ ބިލް ވުޖޫދަށް ގެނައި ހަޤީޤީ މަޤްސަދަކީ ރާއްޖެޓީވީ ބަންދުކުރުމަށް.
ރާއްޖޭގައި މިނިވަން މީޑިއާގެ ފުރުސަތު
ރާއްޖޭގައި މިނިވަން މީޑިއާގެ ފުރުސަތު ޤާނޫނު އަސާސީން ލިބީދީފައިވޭ އަދި ނޫސްވެރިކަމުގެ މިނިވަން ކަން ވެސް ލިބިދީފައިވޭ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކާއި ސިޔާސީ ބޭފުޅުންނާއި މީޑިއާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޙިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށް. ކުރިން މީޑިއާއިން ގޮންޖެހުންތަކާއި އެއްކޮށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮތް.
ނޫސްވެރިންގެ ދައުރު
ސަރުކާރުގެ ހިންގާ ކޮރަޕްޝަން އާއި ނޭއްގާނީ އަމަލުތައް ދެނެގަތުމުގެ ބާރު ލިބިފައިވަނީ މީޑިއާތަކަށް. މީޑިއާ ނެތް ތަނެއްގައި ސަރުކާރު ޒިންމާދާރު ކުރުވާނެ ފަރާތެއް ވެސް ނުތިބޭނެ އަދި ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދެވިގެންވެސް ނުވޭނެ.
ރާއްޖެޓީވީއަށް ދިން ހަމަލާ
މިއަދަކީ ނޫސްވެރިކަމުގެ ތާރީޙުގައި ވަރަށް ހިތާމަވެރި ދުވަހެއް. ރާއްޖެޓިވީއަށް ދިން ހަމަލާއަކީ ސީދާ ނޫސްވެރިކަމަށް އަމާޒުކޮށްގެން ސިޔާސީ މަޤްސަދެއްގައި ދެވުނު ހަމަލާއެއް. މިފަދަ ނުރައްކާތެރި ހަމަލާއެއް ދެވި ހަތަރު އަހަރުވެފައިވާއިރު އަދިވެސް އިންސާފެއް ނުލިބޭ. މިކަން ކުށްވެރިކުރަން ހަރުކަށި އިބާރާތުން.
ފަލަސުރުހީ
މިރޭގެ ފަލަސުރުޙީ މެހެމާނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު. މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް