ފަލަސުރުޙީ

ފަލަސުރުޙީ
އަމިއްލަ އެދުން
ތިމާގެ އަމިއްލަ އެދުން އޮންނަ ފަދައިން ތިމާގެ އަނެއް އާހައަށް ނެދޭވެތީ އެއީ މައްސަލަ ޖެހޭ ހިސާބު. އަލީ ހުސެއިން ވިދާޅުވި.
އިންތިހާބް
ރައްޔިތުން ނިކުމެ ދައްކަން ޖެހޭނެ ރައީސް ޔާމީންއަށް އިންސާފުވެރި އިންތިހާބެއް 2018 ބާއްވަން ޖެހޭނެކަން ދައްކަން. ރައީސް ޔާމީން ހުރިހާ ކެންޑިޑޭޑުން ނުހައްޤުން ޖަލަށް ލާފައި ކިހިނެއްތޯ އިންސާފުވެރި އިންތިހާބެއް ބާއްވާނީ އަލީ ހުސެއިން ވިދާޅުވި.
ރައްޔިތުން މަޖިލީހުގެ ރައީސް މަސީހު
ޤާނޫނު އަސާސީ ނެގެހެއްޓުމާއި އިންސާފު ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. ރައްޔިތުން މަޖިލީހުގެ ރައީސް މަސީހު ރާއްޖޭއިން ބޭރަށް ފުރައިފިނަމަ އަނބުރާ ރާއްޖެ އައުމުގެ ފުރުސަތެއް ނެތް. މަޖިލީސް ރައީސް ބޭނުންފުޅެއް ނުވޭ އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކައިގެން ކަންތައް ހައްލުކުރަން. އަޅުގަނޑު ގޮވާލަން ރީކޯ މޫސާއަށް އިސްނަންގަވައިގެން މައްސަލަތައް ހައްލުކުރަން. އަލީ ހުސެއިން ވިދާޅުވި.
ވަކީލުންގެ ބަސް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ޖެހިވަޑައިގަންނަވާނެ ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން ވަކީލުންގެ ވާހަކަތައް އަޑު އައްސަވަން އަލީ ހުސެއިން ވިދާޅުވި.
ވަކީލުން ބަސްބުނަން ތެދުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް
މީހަކާއި ދޭތެރޭ ފިޔަވަޅު އެޅުމުގެ ކުރިން އަހަން ޖެހޭނެ، އަހާ އޮޅުން ފިލުވަން ޖެހޭނެ. ވަކީލުން ސޮއިކޮށްފައި ޕެޓިޝަނެއް ހުށަހަޅާއިރަށް ސަސްޕެންޑް ކޮށްގެންނުވާނެ. އަނިޔާވެރިކަން ކުރިމަތީ 56 ވަކީލުން ބަސްބުނަން ތެދުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ވަކީލުން މިތިބީ ފަހަތަށް ޖެހޭނެ ގޮތަކަށް ނޫން. ވަކީލުން ކުރާ މަސައްކަތަކަކީ ވަކި ބަޔަކާއި އެއްކޮޅަށް ނުވަތަ ދެކޮޅަށް ކުރާ މަސައްކެތެއް ނޫން. ބޭނުން ވަނީ އަދުލު އިންސާފު ކަމަށް އަލީ ހުސެއިން ވިދާޅުވި.
ސިޔާސީ ބޭފުޅުންނާއި މެދު މި ސަރުކާރުން އަމަލުކުރި ގޮތް
ކާނަލް ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝެއިޙް އިމްރާންގެ ޝަރީއަތް ނިންމި ގޮތަށް ބަލައިފިނަމަ އިނގޭނެ މި ރާއްޖޭގައި އިންސާފު ނެތްކަން. އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވޭނެ ކުރީގެ ނައިބު ރައީސް އަދީބް އާއި ދެތޭރޭވެސް މި ސަރުކާރުން އަމަލު ކުރާ ގޮތް. ހުރިހާ ބޭފުޅުންނަށްވެސް އިންސާފު ލިބެން ޖޭހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި.
ރާއްޖޭގައި އިންސާފު ނުލިބޭ
2018 ގައި ރައީސް ޔާމީން އިންތިހާބަކަށް ނުހޮވޭނެ. ޗެލެންޖްކޮށްފައި މި ބުނީ. އޭރުން އެ ކިޔާ ލަވަތައްވެސް ބަދަލުވޭނެ. ރާއްޖޭގެ 70 ޕަސަންޓް މީހުން ޤަބޫލެއް ނުކުރޭ ރާއްޖޭގައި އިންސާފު ލިބޭ ކަމަށް. ދިރާސާއަކުން އެކަން ވަނީ ފެނިފައި އަލީ ހުސެއިން ވިދާޅުވި.
މުޅި ޖުޑިޝަރީ ހިސޯރުކޮށްފި
ރައީސް ޔާމީން އުޅުއްވަނީ މުޅި ޖުޑިޝަރީ ހިސޯރުކުރައްވައިގެން. ސުޕްރީމް ކޯޓުން ފެށިގެން ހައިކޯޓް އޮތީ މުޅި ސަރުކާރުގެ އަތް ދަށުގައި. ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުންވެސް އިނގިލައްވޭނެ އެކަން. މިހާރު މިއޮތީ ޑިމޮކްރޮޓިކް އާ ޤާނޫނު އަސާސީއެއް. މުޅި ދައުލަތުގައި ހުރި ހުރިހާ މިނިވަން މުވައްސަސާތައް ރައީސް ޔާމީން އުޅުއްވަނީ ކޮންޓްރޯލް ކުރައްވައިގެން ކަމަށް އަލީ ހުސެއިން ވިދާޅުވި.
ހުދުމުޚްތާރު ވެރިކަމަކީ ކޮބާ؟
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިންސާފު ނެތިފައި ޤާނޫނީ ހުކޫމަތު ނެތުނީމަ ކިޔަނީ ހުދުމުޚްތާރު ވެރިކަމެކޭ. ރާއްޖޭގައި ހިންގަނީ ޑިކްޓޭޓަރަޝިފްގެ ވެރިކަމެއް.
ފަލަސުރުޚީ
މިރޭގެ ފަލަސުރުޙީ މެހެމާނަކީ އަލީ ހުސެއިން. މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާނީ ސަރުކާރުގެ ހުދުމުޚްތާރުކަމުގެ މައްޗަށް