Raajje.mv

ފަލަސުރުހީ

26 ސެޕްޓެމްބަރު 2017
7330
ފަލަސުރުހީ

ފަލަސުރުހީ

26 ސެޕްޓެމްބަރު 2017 | 17:06

އިންސާފުވެރި ޝަރީއަތް

އިންސާފުވެރި ޝަރީއަތެއް ނުލިބޭ މަރުގެ މައްސަލަތަކުގައި އެ މައްސަލަތައް ނުބަލާ ސަރުކާރުން އުޅެނީ ސިޔާސީ މީހުންގެ ފަހަތުން ދުވަން ކަމަށާއި މި ސަރުކާރުން ފެނިގެންދަނީ އިންސާފުވެރިކަން ދުވަހެއް ދުވަހަކަށް ނެތިގެންދާ މަންޒަރުކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 17:00

މީހުން މެރުން

މީހުން މެރުމުންވެސް އެކަމުގައި ޔާމީންގެ ސަރުކާރުން އިންސާފެއް ނުލިބޭ. އެންމެ ފުރަތަމަ މީހުން މެރުމުގެ ކަންތައްތައް މި ޤައުމުގައި ފެށުނީ ޑރ. އަފްރާޝީމް މަރާލެވުނު ހިސާބުން. މީހުން ޙައްޤުތައް ހޯދަން އަޑު އުފުލާއިރު އެކަންތައްތަކަށްވެސް އަޅާނުލާ މި ސަރުކާރުން. ރާއްޖޭގެ މާރާމާރި ގިނަ ވުމަކީ ވިސްނަން ޖެހޭ ނުރައްކާތެރި ކަމެއް ކަމަށް މުހައްމަދު ހަމީދު ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:55

ފަންޑު ރެއިޒިން އިވެންޓު

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ފަންޑު ރެއިޒިން އިވެންޓުތައް ކުރިއަށް ގެންދާއިރު ސަރުކާރުގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ސަބަބަކީ ސަރުކާރުން އދގެ ވޯޓްގައި ބައިވެރިނުވުން ކަމުގައި ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:52

އަނިޔާ ލިބޭ ވަގުތު

ކޮންމެ މީހަކަށްވެސް އަނިޔާ ލިބޭ ވަގުތު ހުއްޓުވަން މަސައްކަތް ނުކުރާ ކަމުގައި ވާނަމަ އެއީ އާދައިގެ ކަންތައްތަކަށް ޤަބޫލު ކުރެވެން ފަށާނެ ކަމަށާއި ސަރުކާރުން އަސްކަރިއްޔާއަށް ހިތްވަރު ދޭ ކަމުގައި ވާނަމަ އަނިޔާވެރިކަން އިންތިހާއަށް ދޭނެ ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:47

މިޔަންމާގެ މިލިޓަރީ ސިފައިން

މިޔަންމާގެ މިލިޓަރީ ސިފައިން މަސައްކަތް ކުރަމުންދަނީ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:45

ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންނަކީ ވަރަށް ނިކަމެތި ފަޤީރު ބައެއް. އެމީހުންގެ އަސާސީ ޙައްޤުތައް ވަނީ ނިގުޅައިގަނެވިފައި ކަމަށް މުހައްމަދު ހަމީދު ވިދާޅުވި

26 ސެޕްޓެމްބަރު 2017 | 16:42

އދގެ ވޯޓް

ދިވެހިން ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސުތައް ހުރި ގޮތަށް އިހްތިރާމް ކުރާނަމަ ސަރުކާރުން އދގެ ވޯޓުގައި ބައިވެރިވާނެ ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:33

އެއްވުމުގެ މަޤްސަދް

އެއްވުމުގެ މަޤްސަދަކީ ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ލިބެމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމާއި ދިވެހިން ތިބީ ރޮހިންޖާ މުސްލިމުންނާއި އެކީ ކަން ހާމަކުރުން ކަމަށް ޔުމްނާ ވިދާޅުވި.

26 ސެޕްޓެމްބަރު 2017 | 16:20

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން އާއި ޖެޕީގެ ކައުންސިލް މެމްބަރު މުހައްމަދު ހަމީދު. މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކާނީ އިދިކޮޅު ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމާއި ގުޅޭގޮތުން