ފަލަސުރުހީ

ފަލަސުރުހީ
އާސަންދަ
އާސަންދައިން ލިބެން ޖެހޭ އަސާސީ ޙިދުމަތްތަކެއް ނުލިބޭ. ގިނަ ކްލިނިކް ތަކަށް ސަރުކާރުން ވަނީ ފައިސާ ނުދައްކާ.
ޖަލަށްލުން
އަޅުގަނޑުމެން ކަންބޮޑެއް ނުވޭ ޖަލަށްލާފާނެ ކަމަށް. އަޑެއް ނުހުއްޓުވޭނެ.
ދުއްވާލަން ބޭނުންވާ މީހެއްގެ މައްސަލަ .
ދުއްވާލަން ބޭނުންވާ މީހެއްގެ މައްސަލަ އެކަނި މި ސަރުކާރުން ޝަރީޢަތަށް ފޮނުއްވަނީ.
ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ބިރު ދެއްކުމުގެ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވާ
ރައީސް ޔާމީންގެ ވިސްނުމަކީ އަބަދުވެސް މީހުންނަށް ބިރު ދައްކައިގެން ޙުދުމުހުތާރުކޮށް ވެރިކަން ކުރުން. އެސީސީން ރަނގަޅު ރިޕޯޓުވެސް ރަގަޅަށް ނުރެވިގެން އުޅެނީ މިހެން ވެގެން. ވަރަށް ބޮޑަށް މެމްބަރުން މި އޮތީ ދެމަފިރިން ދޭތެރެއަށް ލާ ފިތިފައި. މެޑަމް ފާތުންނާއި ރައީސް ޔާމީންގެ ދޭތެރޭގައި މެންބަރު ތިބެނީ ފިތިފައި. ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ބިރު ދެއްކުމުގެ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވާ.
ދަޢުލަތުގެ މީޑިއާ
ދަޢުލަތުގެ މީޑިއާއިން 30 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކާއި ޖައްސާލުމުގެ އެއްވެސް ބޭނުމެއް ނެތް. ސަރުކާރުން ހިންގާ ނެދެވޭ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
ރައްޔިތުން މަޖިލީހަށް 24 ވަނަ ދުވަހު މެމްބަރުން ވަތް މައްސަލަ
އިބޫ އަދި އަބްދުﷲ ޝާހިދު ރައްޔިތުން މަޖިލީހަށް 24 ވަނަ ދުވަހު ނުވަންނޭނެ އެއީ މަނާކަމެއް ކަމުގައި ވާނަމަ. ސަރުކާރު ހިންގަން ތިބި ފަރާތްތަކަކީ ތަޖުރިބާ ހުރި ބައެއް ނޫން.
މެމްބަރުންގެ މައްސަލަ
12 މެމްބަރުންގެ މައްސަލަ ނިންމައިފި ނަމަ އެ ކުރެވެނީ ވަރަށް ބޮޑު ކުށެއް. ކުރިއަށް އޮތް ތާނގައި އެމީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ވަރަށް ފަސޭހަވެގެންދާނެ.
ތަރައްޤީ
ތަރައްޤީއެއް ނުދޭ ކުރިއަކަށް މި ސަރުކާރުގައި. އެމްއެމްޕީއާރްސީ، ފެނަކަ، އެމްޕީއެލް، އިމިގްރޭޝަން، އެމްއާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެންނަށް ހަޖަމް ނުކުރެވެނީ. މި ފައިސާ ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
ސަރުކާރުން ކިތަންމެ ވަރަކަށް ކަންތައްތައް ފޮރުވަން އުޅުނަސް ނުފޮރުވޭނެ
ގިނަ އަދަދެއްގެ ބަޔަކު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ތެދު ހަޤީޤަތެއްކަން ޤަބޫލުކުރައްވާ، މި ސަރުކާރުން ކިތަންމެ ވަރަކަށް ކަންތައްތައް ފޮރުވަން އުޅުނަސް ނުފޮރުވޭނެ.
ސަރުކާރުގެ ކޮރަޕްޝަން
.މިއަދުގެ މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ގޮސްފައިވާ ހިސާބު ޙުދު ފުލުހުންނާއި ސިފައިންނަށްވެސް އެނގިވަޑައިގަންނަވޭނެ
ސަރުކާރުގެ މަޤްސަދް
ސަރުކާރުގެ މަޤްސަދަކީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދުއްވާލުން. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ރައްޔިތުންނާއި ދެކޮޅަށް ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނުހިންގާނެ. އެއްވެސް ހައިސިއްޔަތެއް ފުލުހުން އަދި އެމްއެންޑީއެފް އަކަށްވެސް ލިބިގެންނެއް ނުވޭ މަޖިލިސް ތެރެއަށް ވަނުމަކަށް.
ކޮރަޕްޝަނާއި ވައްކަން
ކޮރަޕްޝަނާއި ވައްކަމުގެ ކަންތައްތައް އިންތިހާއަށް ކުރަމުން އެބަދޭ. ޤައުމުގެ ކަންތައް ރަނގަޅުކުރުމަށް މަސައްކަތް ފެށި ހިސާބުން ސަރުކާރަށް މިކަންތައްތައް ކަމަކު ނުދިޔަ
އާ ޤާނޫނު އަސާސީ
ރައްޔިތުންނަށް ވަކި ޙައްޤުތަކެއް އާ ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި.
ފަލަސުރުހީ
މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، "12 މެމްބަރުންގެ މައްސަލަ ކޯޓުގައި ތާވަލު ކުރުން" އެވެ.