Raajje.mv

ފަލަ ސުރުހީ

21 ސެޕްޓެމްބަރު 2017
7275
ފަލަ ސުރުހީ ޕްރޮގުރާމްގައި އަމީތު އާއި ސައުދު ބައިވެރިވެވަޑައިގެން ވާހަަކަ ދައްކަވަނީ:--

ފަލަ ސުރުހީ ޕްރޮގުރާމްގައި އަމީތު އާއި ސައުދު ބައިވެރިވެވަޑައިގެން ވާހަަކަ ދައްކަވަނީ:--

21 ސެޕްޓެމްބަރު 2017 | 17:17

ފަލަ ސުރުހީ

މެމްބަރު ސައުދު:- އަޅުގަނޑު އިސްލާހީ މަސައްކަތައް ނިކުތުމުން ވިލިނގިލީ ދާއިރާއަށް ބޮޑެތި ގެއްލުންތައް ދެމުން. ވިލިނގިލީ ދާއިރާގެ މެމްބަރުން ވޯޓުން އަންގާނެ ސަރުކާރަށް ތާއިދު ނެތްކަން. އެކަން ކައުންސިލް އިންތިހާބުގައި ވަނީ ދައްކާފައި.

21 ސެޕްޓެމްބަރު 2017 | 17:14

ފަލަ ސުރުހީ

މެމްބަރު އަމީތު:- ސަރުކާރުގެ އިސް ބޭފުޅުން ދާއިރާތަކަށް ވަޑައިގެންނަވަނީ އިންތިހާބެއްގެ ވާހަކަ ދެއްކިން. އަޅުގަނޑު އެދުނިން ރައީސް އަބްދުﷲ ޔާމިން އަރިހުން އެދުނިން އަޅުގަނޑުގެ ދާއިރާއަށް ވަޑައިގަންނަވާން އެކަމު އޭރު ވަޑައިއެއް ނުގްނަނަވާ. މިހާރު ރައީސްގެ އަނބިކަނބަލުން ދާއިރާތަކަށް ވަޑައިގެންނެވީ އިންތިހާބެއްގެ އަޑު އިވިގެން

21 ސެޕްޓެމްބަރު 2017 | 17:11

ފަލަ ސުރުހީ

މެމްބަރު އަމީތު:- މިއަދު އިލެކްޝަނެއް އޮންނަ ކަންވެސް އިއުލާން ކުރަނީ މެޑަމް ފާތުމަތު އިބްރާހިމް. ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުން ތިބީ މަޖުބޫރުން. އޭގެ ތެރެއިން އެއް މެމްބަރަކު ވިދާޅުވި އެ ބޭފުޅުނަކީ ގައިދީން ކަމަށް.

21 ސެޕްޓެމްބަރު 2017 | 17:06

ފަލަ ސުރުހީ

މެމްބަރު ސައުދު:- މި ގައުމު މި ދަނީ އިގްތިދާސީ ގޮތުން ފުނޑެމުން. ވެރިކަމުގެ ނާޖައިޒް ފައިދާ ދަނީ ނަގަމުން. މިހާރު ކުރަނީ ރައްޔިތުންގެ ވެރިކަމެއް ނޫން. އިހްލާސްތެރިކަން ހުރި ނަމަ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރައްދުގައި އަޅަން ނިންމި ފްލެޓްތައް އެޅީސް. ދިވެހިންނަށް ބޭ އިންސާފު އާންމުވެއްޖެ.

21 ސެޕްޓެމްބަރު 2017 | 17:02

ފަލަ ސުރުހީ

މެމްބަރު އަމީތު:- އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ދައުވާ ކުރާނަން. އިރާދަ ކުރެއްވިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ދައުރު ނިމޭނީ ޖަލުގައި

މެމްބަރު ސައުދު:- ބައި އިލެކްޝަން ބޭއްވި ނަމަވެސް ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވާނެ. ސުޕްރީމް ކޯޓުން ސުޕްރީމް ކޯޓުގެ ބާރު ދޫކޮށްލިއަސް ރައްޔިތުން ރައްޔިތުންގެ ބާރެއް ދޫކޮށްނުލާނެ. މިއަދު އުފާވޭ، ޝަރުއީ ދާއިރާ އިސްލާހް ކުރުމަށް ފުރުސަތު ހުޅުވިގެން ދިއުމުން. އިރާދަ ކުރެއްވިއްޔާ 2019 ވަނަ އަހަރުގެ އިންތިހާބުގައި މީހުން ނިކުންނާނީ މިހާރު ބޭ އިންސާފުން ހުކުމް ކުރާ ފަނޑިޔާރުން ވަކި ކުރުމަށް.

21 ސެޕްޓެމްބަރު 2017 | 16:56

ފަލަ ސުރުހީ

މެމްބަރު އަމީތު:- މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް. ސުޕްރީމް ކޯޓުގެ ހުކުމުގައި ސާފުކޮށް ބުނެފައިވާ އެ ހުކުމަކީ 13 ޖުލައިގެ ކުރިން މެމްބަރުން ކުރާ ކަމަކުން ޕާޓީން ވަކިވެފައިވާ މެމްބަރުންނާމެދު ގޮތެއް ނިންމާ މައްސަލައެއް ނޫން ކަމަށް. އިލެކްޝަންސް ކޮމިޝަނުން އެ ތިބީ ގާނޫނާ ހިލާފަށް. އަދި އެކަންތަކާ އެ މެމްބަރުންނަށް ކޮންމެވެސް ދުވަހަކު ކުރިމަތިލާން ޖެހޭނެ. މިއަދު ބައި އިލެކްޝަންސ ބޭއްވި ނަމަވެސް އެކަން ހަނދާން ނައްތައެއްނުލާނަން. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އެ ތިބީ ގާނޫނާ ގަވައިދާ ހިލާފުވެގެން.

21 ސެޕްޓެމްބަރު 2017 | 16:49

ފަލަ ސުރުހީ

މެމްބަރުން ސައުދު:- މިހާރު މޯލްޑިވްސް ޕޮލިސް ސާވީސްގެ ތެރޭގައި ގެން ގުޅޭނީ ފިރިއަނު ޒަމާނުގައި ގެން ގުޅުނު އުސޫލުތައް. މޯލްޑިވްސް ޕޮލިސް ސާވީސް މިހާރު ގާނޫނާ އެއްގޮތައް ނުހިނގާ. މީހުން ހައްޔަރުކޮށްގެން އަޅުގަނޑުމެނަށް ބިރެއް ނުދެއްކޭނެ. މިހާރުވެސް ސަރުކާރުގައި ތިބި ބައެއް މީހުން އަނބުރާ އަދި އަންނާނެ. ޕީޕީއެމް ތެރެ އަދި ހޫނު ވާނެ. ޕީޕީއެމްގައި ތިބީ ހައިޖެކްކޮށްފައި ތިބި ބައެއް

21 ސެޕްޓެމްބަރު 2017 | 16:46

ފަލަ ސުރުހީ

މެމްބަރު ސައުދު:- ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަކީ ސަލާންޖަހާ ބައެއްގެ ގޮތުގައި އަބަދު ބޭއްތިއްބުން. އެކަން ނައްތާލުމަށް މަސައްކަތް ކުރާ މެމްބަރުންނަށްވެސް ގެންދަނީ އަނިޔާކުރަމުން. ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިގެން ނުވާނެ. މަޖިލިސް މެމްބަރުންނަށް މަޖިލިސް އިދާރާއަށް ނުވަދެވޭ ގޮތައް ބަންދު ކުރުމަކީ ޢައިރު ގާނޫނީ އަމަލެއް. އަޅުގަނޑުމެން ދެރަ އެއް ނުވޭ ކުށެއް ނެތި ޖަލަށް ލުމަކުން. ޖަލަށް ދިއުމަށް ލިބުނު ފުރުސަތަކީ ޖަލުގެ ކަންކަން އިސްލާހް ކުރަން މަސައްކަތް ކުރަން ލިބުނު ފުރުސަތެއް. ސަރުކާރުން އަޅުގަނޑުމެން ޖަލަށް ލަނީ މިހާރު ޕީޕީއެމްގައި ތިބި މެމްބަރުންނަށް ބިރު ދައްކަން

21 ސެޕްޓެމްބަރު 2017 | 16:40

ފަލަ ސުރުހީ

މިރޭގެ ފަލަ ސުރުހީ ޕްރޮގުރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

މެމްބަރު އަމީތު:- ވަކި ވަގުތެއްގައި ގޭގައި ބަންދު ކުރުމަކީ ބޭ އިންސާފު ނިންމުމެއް. ޖަލުގައި ތިބޭ މީހުންނާމެދު އަމަލު ކުރަމުންދަނީ ބޭ އިންސާފުން. ކަންބޮޑުވަނީ އެހެން މީހުންނާމެދު ބޭ އިންސާފުވާތަން ފެންނާތީ.