Raajje.mv

ފަލަސުރުހީ

18 ސެޕްޓެމްބަރު 2017
7852
ފަލަސުރުހީ

ފަލަސުރުހީ

18 ސެޕްޓެމްބަރު 2017 | 17:24

ފްލެޓްގެ މައްސަލަ

ފްލެޓްތަކަކީ ރައީސް ޔާމީންއާ މިނިސްޓަރ މުއިއްޒުގެ ފައިސާއިން ހަދާފައިވާ ފްލެޓްތަކެއް ނޫން. ފޯމް ލީ ރައްޔިތުންގެ ހައްގެއް އެއީ ސައްޙަ މައުލޫމާތު ލިބުމާއި ހޯދުން. ކައިރީގައި ގެންގުޅޭ އަޅު ކުދިންނަކަށް ނޫން ފްލެޓްތައް ދޭންވީ ކީ. މަކަރާއި ހީލަތް ހަދާފައި ރައްޔިތުންގެ ބޮލުގައި އެ ޒިންމާ އަޅުވާނެ ކަމެއް ނެތް. މި ކަމުގެ ޒިންމާ މުއިއްޒު ނަންގަވަން ޖެހޭނެ ނާދިރާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:21

ފްލެޓްގެ މައްސަލަ

ފްލެޓްގެ މައްސަލާގައި އިންސާފުވެރިކަން ގޮތަކަށް ކަންތައް ކުރެއްވީ ކީ. ނޫސްވެރިން ހައުސިންގް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ހިތްވަރުގަދަ ކަމާއި އެކީ ސުވާލު ކުރެއްވީ އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ ޔުމްނާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:18

ޕީޕީއެމްގެ ރައީސް އަކީ ކާކު؟

ރައީސް މައޫމުން ހޮވިވަޑައިގަތީ އިންތިޙާބަކުން 5 އަހަރުގެ މުއްދަތަށް. މެމްބަރުން އިންތިޙާބު ކުރެއްވި ރައީސްއަކު ވަކި އެއް ނުކުރެވޭނެ އެންމެ 5 މެމްބަރުންނަކަށް. މުއްދަތު ހަމަވަންދެން ރައީސް ކަމުގައި ހުންނަވާނީ ރައީސް މައުމޫން ޔުމްނާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:12

ސިޔާސީ ލީޑަރުން ހައްޔަރުކުރުން

އިންސާފުވެރި ފަނޑިޔާރުގެ ގެ އެއް އޮވެ އިންސާފުވެރި މޯލްޑިވްސް ޕޮލިސް ސާރވިސް އިދާރާއެއް ހުރިނަމަ މިއަދު ސިޔާސީ އިސް ލީޑަރުން ޖަލުގައި އޮންނަވާ ކަމެއް ނުޖެހޭނެ ނާދިރާ. ދޫވެސަށް ފައިސާ ވެއްދި މައްސަލަ ބެލެން ޖެހޭނެ ނާދިރާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:09

ވަކީލުންގެ ފެޓިޝަން

މައުމޫން ހަމީދާއި ޝާހިން ހަމީދު ނިކުމެވަޑައިގަތީ ކަންތައްތައް އިސްލާހު ކުރުމަށް ޔުމްނާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:07

ވަކީލުން ސަސްޕެންޑުކުރުން

ގިނަ ބަޔަކު ވާހަކަ ދައްކާފިއްޔާ އެ ވާހަކަ އަޑުއަހާނެ މީހުން ގިނަވާނެ. ވަކީލުންނަށް ސާބަސް ދަންނަވަން. ކަމެއް ގޯސްކޮށް ހިނގައިފިއްޔާ އެކަން ބެލެންވާނެ އަދި މަޝްވަރާވެސް ކުރެވެން ވާނެ. ސަސްޕެންޑު ކުރެވުނު 56 ވަކީލުންނަކީ ރައްޔިތުންގެ ވަކީލުން. ވަކީލުން ސަސްޕެންޑު ކުރުމުން މިއީ އެ ބޭފުޅުންގެ އާއިލާތަކަށްވެސް ދެވުނު އަނިޔާ އެއް. ޖުޑިޝަރީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ވަކީލުން ތެދުވީ. ފަހުން ގުޅިވަޑައިގަތް 35 ވަކީލުންވެސް ހިތްވަރުގަދަ ނާދިރާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:02

ފާރިސް ހައްޔަރުކުރުމުގެ ބޭނުން

ފާރިސް ހައްޔަރުކުރުމުގެ ބޭނުމަކީ ރައީސް މައޫމުންވެސް ފަހަތަށް ޖައްސާލުމުގެ ނިޔަތުގައި. އެކަމަކު ފާރިސްއާ މައުމޫންވެސް ތިއްބެވީ ސާބިތުކަން މަތީ ޔުމްނާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 17:00

ފާރިސް އަކީ ހިތްވަރުގަދަ ބޭފުޅެއް

ފާރިސްއާ މެދު އަމަލުކުރެވެމުންދަނީ އުސޫލުގެ ބޭރުން. މައްސަލަ ޙުކުމާއި ހިސާބަށް ދިޔުމުން ފަނޑިޔާރުގެ މޭޒަށް މައްސަލަ ބަދަލުވިތަން މި ފެންނަނީ. ކުށެއް ކޮށްފިނަމަ ޤާނޫނު އަރާ ހަމަކުރާނެ. އަނިޔާވެރިކަމަށް އެއްވެސް އިރަކު ކުރިއެރުމެއް ނުލިބޭނެ. އަނިޔާ އިސްނުކުރައްވާ އިންސާފުން ކަންކުރުމަށް ގޮވާލަން ނާދިރާ ވިދާޅުވި. ރައީސް މައުމޫނަށް އަނިޔާ ދިނުމުގެ ނިޔަތުގައި މިހެން ފާރިސްއާ މެދު އަމަލުކުރަނީ. ފާރިސް އަކީ ހިތްވަރުގަދަ ބޭފުޅެއް ނާދިރާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 16:55

ފާރިސް މައްސަލަ

މަޖިލިސް ތެރޭގައި ނެތް ކަންތައްތައް އިސްލާހު ކުރުމުގެ ފުރުސަތެއް. މިކަންތައް އަޅުގަނޑުމެން ފެށީ ގުޅިފައިވާ ޕާޓީތަކުން. ފާރިސް ވެސް މިކަމުގައި އުޅުއްވަނިކޮށް މިކަންތައް ހުއްޓާލަން ފާރިސް ހައްޔަރުކުރީ. ފާރިސް ބަންދުގައި ހުންނަވާތާ 63 ދުވަސް މި ވީ ޔުމްނާ ވިދާޅުވި.

18 ސެޕްޓެމްބަރު 2017 | 16:49

ޔޫއެން ވޯޓްގައި ރާއްޖެ ވަނީ ފިލާފަ

ޔޫއެން ވޯޓްގައި ރާއްޖެ ވަނީ ފިލާފަ. ދިވެހި ރައްޔިތުންގެ އަގު މުޅި ދުނިޔެ ކުރިމަތީގައި މި ވައްޓާލީ ސަރުކާރުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވި. ދިވެހި ސަރުކާރުން އަނިޔާވެރިކަން އިސްކުރާ މަންޒަރު މި ފެންނަނީ.

18 ސެޕްޓެމްބަރު 2017 | 16:47

ޔޫއެން ވޯޓްގައި ރާއްޖޭން ބައިވެރިނުވި

ޔޫއެން ވޯޓްގައި ދިވެހި ސަރުކާރުން ބައިވެރި ނުވެ ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. ޔޫއެން ވޯޓާއި ރޮހިންޖާގައި ހިންގަމުންދާ ލާ އިންސާނީ އަނިޔާއާ ގުޅުން އެބައޮތް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވި

18 ސެޕްޓެމްބަރު 2017 | 16:24

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، "ފާރިސްގެ ދިފާއުގައި ކުރެވޭ ކަންކަމަށް ބީރު ކަންފަތެއް" އެވެ.