Raajje.mv

ފަލަސުރުހީ

16 ސެޕްޓެމްބަރު 2017
8283
ފަލަސުރުހީ

ފަލަސުރުހީ

16 ސެޕްޓެމްބަރު 2017 | 17:13

ގުޅީފަޅުން ފުލެޓް ގަތް މީހުން

ގުޅީފަޅުން ފުލެޓް ގަތް މީހުން ތިބީ ވަރަށް ހާލުގައި. ޑައުން ޕޭމަންޓް ދައްކާފައިވާ މީހުންނަށްވެސް ފުލެޓްތައް ނުދީވޭ ސަރުކާރުން ޝިފާ ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 17:07

ފުލެޓް ދިނުމުގައި ތަފާތުކުރުމުގެ ސަބަބުން ރަށުގެ މަސްލަހަތު ވަނީ ގޯސްވެފައި

ފުލެޓް ލިބުނު މީހުންގެ ތެރެއިން ދިއްދޫގައި ދަރިން ނެތް މީހުންނަށްވެސް ފުލެޓް ދީފައިވޭ. މިކަމުގެ ސަބަބުން ރަށުގެ މަސްލަހަތު ވަނީ ގޯސްވެފައި. ބޭއިންސާފު ޤާއިމު ކުރެވުމުން ހަމަނުޖެހުންތައް އުފުދޭނެ. ކައުންސިލަށް ވަރަށް ގިނަ މީހުންގެ ސުވާލުތައް ވަނީ އަމާޒުވެފައި ހާޝިމް ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 17:01

ފުލެޓްގެ މައްސަލަ

ހައުސިން މިނިސްޓްރީން ވިދާޅުވި ބައެއްގެ ޙައްޤުތައް ރައްކާކުރަންށޭ ނަންތައް ހާމަނުކުރީ. ހައުސިން މިނިސްޓްރީން އެކަނި ސިއްރީޔާތުގައި އެކަނި ކަންތައްތައް ކުރައްވަން އުޅުމުން ވާ ގޮތް މީ ޝިފާ ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 16:54

ފުލެޓް ދިން އިރު ތާއިދުކުރަނީ ކޮން ފިކުރަކަށްތޯ ބަލާފައިވޭ

މެޑަމް އޮފީހުން ފުލެޓްއަށް ކުރިމަތިލީ މީހުންނަށް ގުޅާފައި ތާއިދުކުރަނީ ކޮން ފިކުރަކަށްތޯ ބެލި. ހެކިބަސް ދޭނެ މީހުން ބައިވަރު އެބަތިބި އަލީ ހާޝިމް ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 16:52

ތަފާތުކަން ބޮޑުގޮތަކަށް ފުލެޓް ދީފައި ހުރީ.

ފުލެޓް ދީފައިވާ ފަރާތްތަކަށް ބަލާއިރު ވަރަށް ތަފާތުކަން ބޮޑުގޮތަކަށް ފުލެޓް ދީފައި ހުރީ. މަތިން މާރކްސް ލިބިފައިވާ މީހުންނަށް ފުލެޓް ނުދީ ދަށުން މާރކްސް ލިބިފައިވާ މީހުންނަށްވެސް ފުލެޓް ދީފައި އެބަހުރީ. މިނިސްޓްރީން އުޅުއްވަނީ ކަންތައްތަކެއް ސިއްރުކުރައްވަން. ހާޝިމް ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 16:47

ދިއްދޫގެ ފުލެޓްތައް ދިނުމާއި ބެހޭ

ދިއްދޫ އިން ފުލެޓް ދިނުމަށްޓަކައި 2015 ވަނަ އަހަރު އިއުލާން ކުރި. ފޯމްތައް ހުށަހައެޅުމާއި ގުޅިގެން 389 ފަރާތެއް "އޭ" ކެޓަގަރީ އަށް ކުރިމަތިލި. އޭ ކެޓަގަރީ އަކީ ދިއްދޫ އަށް އުފަން ރަޖިސްޓްރީ އޮންނަ މީހުން ކުރިމަތިލާ ކެޓަގަރީކަމަށް ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 16:44

ފްލެޓްތައް އަދިކިރިޔާ މި ދެވުނީ

2011 ވަނަ އަހަރު ޗައިނާއާ އެއްކޮށް ސޮއި ކުރެވުނު ފުލެޓްތައް އަދި ކިރިޔާ މި ދެވުނީ ޝިފާ ވިދާޅުވި. 21 މިލިއަން އެއްލަކަ ވިހި ހާސް ރުފިޔާ އިތުރަށް ނެގިފައި އެބަހުރި ފުލެޓް އެޅުމަށް

16 ސެޕްޓެމްބަރު 2017 | 16:42

ފްލެޓްތައް ދިނީ ރަގަޅަކަށް ނޫން

މީހުންނަށް ފްލެޓް ދިން އިރު ރަގަޅަށް ފުލެޓްތައް ނުދީ ހުރުމުން މާލެ ސިޓީ ކައުންސިލްއަށް އެ މީހުން ޝަކުވާ ހުށަހަޅާފައިވޭ. ފުލެޓް ލިބުނީ ކޮންބަޔަކަށް ކަމެއް ނޭނގެ ހަމައެކަނި ނަންބަރުތަކެއް ހުރީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވި.

16 ސެޕްޓެމްބަރު 2017 | 16:25

ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނުންނަކީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު އަދި ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، "ފްލެޓްތައް ދިނީ ރނގަޅަށްތޯ؟" އެވެ.