ފަލަސުރުހީ
04 ސެޕްޓެމްބަރު 2017
6152

ފަލަސުރުހީ
04 ސެޕްޓެމްބަރު 2017 | 16:43
ގާސިމް އިބްރާހިމްގެ ޝަރީއަތް ކުރިއަށްގެންދިއުން
ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ވާހަކަ ކްރިމިނަލް ކޯޓުގެ ހުކުމުގައިވެސް އެވަނީ ބަޔާންކޮށްފަ.އަދި ޑޮކްޓަރުންވެސް ވަނީ ގާސިމްއަށް ރާއްޖެއިން ހެދެންނެތް ޓެސްޓްތަކެއް ހެދުމަށް ވަނީ ރެކޮމެންޓް ކޮށްފަ.
04 ސެޕްޓެމްބަރު 2017 | 16:38
ސަރުކާރުން ބޭސްފަރުވާ ދަނީ ލަސްކުރަމުން
ކަރެކްޝަނަށް ބޭސްފަރުވާގެ ލިޔުންތައް ހުށަހެޅުމުން، ކަރެކްޝަނުގެ މެޑިކަލް ބޯޑުން މިފަދަ ނިންމުންތައް ނިންމަނީ. ބޯޑު މީޓިންގ ނުބޭއްވުމަކީ ގަބޫލު ކުރެވޭނެ ވާހަކައެއް ނުވަތަ އުޒުރެއް ނޫން. ސަރުކާރުން ހެޔޮ ނިޔަތުގައި ކުރަންބޭނުންވާ ކަންކަން ކުރެވޭނެ.
04 ސެޕްޓެމްބަރު 2017 | 16:36
ބޭސްފަރުވާ ދިނުމަށް އިހުމާލުވެގެން ނުވާނެ
ދައުލަތުގެ ކަމާ ގުޅޭ ފަރާތްތަކުން ހުކުމް ތަންޒީފު ކުރާ ފަރާތްތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިހުމާލުވުމަކީ ކަންބޮޑުވާ މައްސަލައެއް.
04 ސެޕްޓެމްބަރު 2017 | 16:32
ފަލަސުރުހީ
މިރޭގެ ފަލަސުރުހީގައި ބައިވެރިވަނީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު. މައުލޫއު އަކީ ފަރުވާ ނުލިބި އަދަބު ތަންޒީފު ކުރުން.