ފަލަސުރުހީ

ފަލަސުރުހީ
95000 ވަޒީފާ އުފެއްދޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
ރާއްޖޭގައި ވެރިކަމަށް ވަޑާއިގަންނަވާފަ ދެއްކީ އެންމެ ބޮޑަށް ދެއްކީ 95000 ވަޒީފާ ހޯދާދިނުމަށް ބުނި އިރު މަގުމަތީގައި ވަޒީފާ ނެތި އެކަކުވެސް ހުރެގެން ނުވާނެ.
އެބޭފުޅުންނަށް އުފެދިފައިވާނީ 5000 ވަޒީފާކަމަށްވެދާނެ. އެކަމަކު އެބުނަނީ 95000 ވަޒީފާ އުފެދިފައިވާ އިރު.
2018 ގައި ރައީސް ޔާމިން ނާކާމިޔާބު ވާނެ
ރަގަޚު އިންތިހާބެއް ބާއްވައިފި ނަމަ ރައީސް ޔާމީނަށް 5 ފަސެންޓްވެސް ނުލިބޭނެ
ސަރުކާރުން ދައްކާވާހަކައާއި އަމަލު ދިމަލެއް ނުވޭ
އިންތިހާބުގައި ވާދަނުކުރާ ގޮތަށްވެސް ވެރިކަމުގައި ހުންނަ ގޮތަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވާހަކަދައްކަމުންދަނީ.
ވެރިކަމަށް ވާދަކުރާކަމަށް ހީވާ އެންމެން ޖަލަށް ލަމުންދަނީ
އެމްޑީޕީފެ ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ޖަލަށްލާފައިވަނީ. އެއަށްފަހު، އަދާލަތު ފާޓީގެ ރައީސް ޝެއިހު އިމްރާނުގެ މައްޗަށްވެސް މުޒާހަރާގައި ދެއްކިވާހަކަތަކުގެ ސަބަބުން ޖަލަށް ލީ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ގާނޫނު އެންމެންނާ މެދުވެސް ހިނގާނެ. ގާނޫނުތަކަށް ސަރުކާރުގެ އިސްވެެރިންދަނީ ނުފޫޒު ފޯރުވަމުން.
ހެޔޮވެރިކަމެއް ކަމަށް ގަބޫލެއް ނުކުރެވޭނެ
ސުޕްރީމް ކޯޓުން ކުރި ހުކުމެއްގެ ސަަބަބުން ހެޔޮވެރިކަމެއް ނުކުރެވެނީ ކަމަށް ރައީސް ޔާމީން ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. މިރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަނީ. މިހާރުވެސް އެބަ އޮތް ހެޔޮވެރިކަމެއް ކުރެވެން. ހެޔޮވެރިކަމެއް ގެނައުމަށް ސަރުކާރަށް ފުރުސަތު އެބަ އޮތް
ފަލަސުރުހީ
މިރޭގެގެ ފަލަސުރުހީގެ މެހެމާނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު. މިރޭގެ މައުލޫއު އަކީ ހެޔޮވެރިކަމެއް ނުކުރެވިދާ ސަބަބުތައް.