Raajje.mv

ފަލަ ސުރުހީ

02 ސެޕްޓެމްބަރު 2017
7831
ހުސެއިން ޝަމީމް

ހުސެއިން ޝަމީމް

02 ސެޕްޓެމްބަރު 2017 | 17:11

ފަލަ ސުރުހީ

ހުސެއިން ޝަމީމް: އަޅުގަނޑުމެން ބޭނުން ވަނީ ޝަރުއީ ދާއިރާ އިސްލާހް ކުރުން. އެކަމުގައި ފަހަތަކަށް ނުޖެހޭނަން.

02 ސެޕްޓެމްބަރު 2017 | 17:09

ފަލަސުރުހީ

ހުސެއިން ޝަމީމް: ބައެއް ސިޓީތަކަށް ސިޓީއެއް ލެވުމަކީ ނަސީބަކުން ވާ ކަމެއް. ވަކީލުންނަކީ ކޯޓުގެ ޕާޓްނަރުން. ކޯޓުތަކުން ހައްދަވާ އެއްޗެއް އެނގޭ. އަޅުގަނޑުމެން ނޫޅެން ފަނޑިޔާރުކަން ބޭނުން ވެގެން.

ހުސެއިން ޝަމީމް: ރައްޔިތުންގެ މަޖިލީހުގެ އަމަލު ކުރަނީ މިހާރު ކޮން ގާނޫނަކާ އެއްގޮތައް ކަމެއް ސާފެއް ނުވޭ.

ހުސެއިން ޝަމީމް: ދުސްތޫރީ ފަސާނާގެ ބޭނުމަކީ ގާނޫނީ ފޯރަމެއް. އެކި ދުވަސްތަކުގައި އެ ފޯރަމް ކުރިއަށްދާނެ.

02 ސެޕްޓެމްބަރު 2017 | 16:58

ފަލަ ސުރުހީ

ހުސެއިން ޝަމީމް:- ގާނޫނުލް އުގޫބާތައް އަމަލު ކުރަން ފެށިއިރު ފަނޑިޔާރުންގެ އަތުގައި އެ ގާނޫނުގެ ކޮޕީއެއް ނެތް. ޖުޑިޝަރީން އެބަ ޖެހޭ ފަނޑިޔާރުން ތަމްރީންކުރުމަށް މަސައްކަތްތަކެއް ކުރަން.

02 ސެޕްޓެމްބަރު 2017 | 16:55

ފަލަ ސުރުހީ

ހުސެއިން ޝަމީމް:- ކޯޓު އަމުރު ތަންފީޒު ނުކޮށް ގާސިމަށް ގޮތެއް ވެއްޖެ ނަމަ އޭގެ ޒިންމާ ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް ސާވީސްއިން ޒިންމާ ނަގަން ޖެހޭނެ. ހޯމް މިނިސްޓަރު އެވަނީ ކުށްވެރިވާ ހާލަތެއްގައި.

02 ސެޕްޓެމްބަރު 2017 | 16:53

ފަލަ ސުރުހީ

ހުސެއިން ޝަމީމް:- ގާސިމް އިބްރާހިމަށް ކޮށްފައިވާ ހުކުމުގެ އެއްބައި ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ބާރު ބަންޑާރަ ނައިބު އޮފީހަށް ލިބިގެނެއްނުވޭ. އެ މައްސަލަ ބަލައިގަންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ.

ހުސެއިން ޝަމީމް :- ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ލިޔުއްވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރު އާދަމް އާރިފު ކަމަށް ގަބޫލެއް ނުކުރެވޭ

ހުސެއިން ޝަމީމް :- ގާސިމް ކޯޓަށް ވަޑައިނުގެންވީ ކަމަށް ނުބެލެވޭނެ. ކޯޓަށް ޑޮކްޓަރުގެ ލިޔުންތައް ހުށަހެޅުއްވީ. ހަތް ސިޓީ އެއް ކޯޓަށް ހުށަހެޅި.