Raajje.mv

ފަލަސުރުޚީ ލައިވް ބްލޮގް

11 ފެބުރުއަރީ 2017
18194
ފަލަސުރުޚީގެ މިރޭގެ މެހުމާނުން

ފަލަސުރުޚީގެ މިރޭގެ މެހުމާނުން

11 ފެބުރުއަރީ 2017 | 22:24

ވޯޓް ވިއްކާ ނަފްސު ގުރުބާން ކުރުން

ވޯޓް 500 އަށް ވިއްކާލުމުގެ ނަތީޖާ މިއަދު މި ފެންނަނީ، ރައްޔިތުންނަށް އުފާ ފާގަތިކަން އޮތީ އެ ރައްޔިތުން އެކަން ކަމަށް ވިސްނައިގެން، ވޯޓް ވިއްކާ ނަފްސު ގުރުބާން ކުރުމުގެ ނަތީޖާ އަޅުގަނޑުމެން މިއަދު މި ތަޖުރިބާ ކުރަނީ

11 ފެބުރުއަރީ 2017 | 22:21

ވެރިޔާއަށް ރައްޔިތުންގެ އިހްސާސް އެނގެން ޖެހޭ

އެ ވިދާޅުވާ 8000 ޑޮލަރު ބޮލަކަށް ޖެހޭނަމަ ފޮތްފަންސުރާއި، ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދަން ސަލާން ޖަހަން ނުޖެހޭނެ، ނުކައި ތިބެ ރަށުގެ ބަދަރުގައި ބޮޑު ހިލަ ޖެހުމަކީ ރައްޔިތުން ފުދިގެން ތިބުމެއް ނޫނެއް ނޫންތޯ، ސަރުކާރެއް ހިންގަން ވަނީ ދައުލަތަށް ލިބޭ އާމް ދަނީއަށްބަލާ އެއާ އެއްވަރަށް، ރައްޔިތުން ނިކަމެތިވާ ގޮތަށް ބޭރުގައުމުތަކުން ލޯނު ނަގައި ދަރުވައިގެނެެއް ނޫން، ލިބޭ އަމްދަނީ އާ އެއްވަރަށް އެކަން ކުރާނީ ދައުލަތް ހިނގާނީ ރަނގަޅަށް ހިސާބު ޖަހައިގެން ގާނޫނާއި ގަވާއިދުތަކަށްވެސް ހުރުމަތްތަކެއްގެ ތރެއިން، ތިން ބާރު ވަކިވެ ޕޮލިސީ ލެވެލް އެއްގައި މިކަން ކުރެވެން ޖެހޭ، ތިޖޫރީ ތަކަށް ވަންނަ ފައިސާ ދާ ތަނެއް އެނގެން ޖެހޭ، ދައުލަތުގެ ވެރިޔާ ވާން ޖެހޭނީ ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް، ޗެކް އެންޑް ބެލެންސް ނިޒާމެއްނެތް.

11 ފެބުރުއަރީ 2017 | 22:16

ދެމެހެއްޓެނިވި އިގްސޯދަކަށް ވިސްނަން ޖެހޭ

ބޮޑެތި އިންވެސްޓްމެންޓްތައް އަންނަ ވާހަކަ ދެކެވެނީ، އެންމެ އިންވެސްޓްމެންޓެއް ދައްކަބައްލަވާ، އިންވެސްމެންޓެކޭ ކިޔާ. ބްރިޖް ދައްކަނީ އެއީ އިންވެސްޓްެމެންޓެއް ނޫން, އެއީ ރައްޔިތުން ދަރަނިވެރި ކުރުވައިގެން އެ ރައްޔިތުންގެ ޓެކްސް ފައިސާއިން އަޅާ ދަރަނި ބްރިޖެއް، ދައުލަތަށް ލިބޭ އާމްދަނީގެ ހިއްސާ ނިކަމެތިމީހާއަކަށް ނުލިބޭ - ސައުދުﷲ

11 ފެބުރުއަރީ 2017 | 22:10

ކުންފުނިތައް ދަރަނިވެރިވަނީ

މިފްކޯ ދަރަނިވެރި ވީމާ މިދަނީ އެސްޓީއޯގެ ދަށަށް، ފެނަކަ ދަރަނިވީމާ އެހެން ކުންފުންޏެއްގެ ދަށަށް، އެމްއެމްޕީއާރުސީ ބަނގުރޫޓްވީމާ އެހެން ކުންފުންޏެއް ރައީސް އުފެއްދީ، ކިތަންމެ ވަރަކަށް އާ ކުންފުނި އުފެއްދިޔަސް ޖެހޭނީ ޖެހޭތާ، މިރާއްޖޭގެ އިގްތިސާދަކީ ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ ރައްޔިތުން އުޅޭނީ އުފަލުގައި، އެކަމު މިރާއްޖޭގައި ރައްޔިތުން އުޅެނީ ވަރަށް ނިކަމެތިކޮށް، އަޅުގަނޑު ދުށިން އޭޑީކޭގައި މީހަކު ބޭސްސިޓީ ނުނެގިގެން އޭޑީކޭގައި ރޯން ހުއްޓާ - ސައުދުﷲ

11 ފެބުރުއަރީ 2017 | 22:05

ބިން ވިއްކުން

90 އަހަރަށް ބިން ވިއްކައިފިނަމަ 3 އަހަރަށް ދައުލަތް ހިފަހައްޓާލެވިދާނެ، މީ ދެމެހެއްޓެނިވި ތަރަށްގީއެއް ނޫން، އިގްތިސާދު މިގޮތަށް ނުހިފެހެއްޓޭނެ، ޖީޑީޕީއަށް 8000 ޑޮލަރޭ ވިދާޅުވާއިރު، އެއީ ދޮގެއް، އެއީ ނުބައި ހިސާބެއް. އެވަރަށް ފައިސާ ޖެހޭނަމަ، ރައްޔިތުން ސަލާންޖަހަން ނުޖެހޭނެ.

11 ފެބުރުއަރީ 2017 | 22:01

ރައްޔިތުންގެ މަންދޫބުން

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މި ހުރިހާ ކަމެއް މި ކުރަނީ، މިގައުމުގައި މިހާރު މި ހިންގާ ހުރިހާ ކަމަކަށް މަޖިލީހުގައި ތިއްބެވި މެންބަރުން 100 ޕަސެންޓް ޒިންމާވާން ޖެހޭ، މަޖިލީހަކީ ޒިންމާދާރު ބައެއްނަމަ، ވެރިމީހާ ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެ، އެބޭފުޅުންގެ ޒިންމާއަކަށް ވެގެން ނުވާނެ ދައުލަތުން ހުށައަޅާ ކޮންމެ ބިލަކަށް ވޯޓް ދޭން، މަޖިލީހަށް މެންބަރުން ޒިންމާދާރު ނަމަ މިއަދު މިގައުމުގައި ބިންވެސް ނުވިއްކޭނެ، ކޮރަަޕްޝަނަކަށް ޖާގައެއް ނޯންނާނެ، ޖުޑީޝަރީ މި ދަރަޖައަށް ނުދިޔައީސް, ނުބައިކޮށް ހުކުމެއް ވެސް ނުކުރެވޭނެ- ސައުދުﷲ

11 ފެބުރުއަރީ 2017 | 21:57

ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު

މީޑިއާއިން މި ވާހަކަތައް ތިލަ ނުވާ ދުވަހެއް ނުދޭ، ދައުލަތުގެ ވެރިއަކަށް ހުންނަވާ ކޮރަޕްޝަން އޮތް މިންވަރާމެދު ލަދު ގަންނަން ޖެހޭ، މީގެ ކުރީގެ ރިޔާސީ ބަޔާންތަކުގައި އެވާހަކަ ވަނީ ދައްކަވާފައި، މިފަހަރު ލަދުގަތީ، މެމްބަރުން ދިޔައީ ވިދާޅުވަމުން ގޯނި ގޯންޏަށް ލާރި އަޅައިގެންެ މެންބަރުގެ ގާތަށް ދިޔަ ކަމަށް، އެ މައްސަލަތަކެއް ނުބެލޭ. އެ މައްސަލަތައް ނުބެލުމުގެ ޒިންމާ މަޖިލީހުގެ މެމްބަރުން ނަގަންޖެހޭ- ސައުދުﷲ

11 ފެބުރުއަރީ 2017 | 21:55

ކުދި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބޮޑެތި ވާހަކަތައް ދެކެވުނު

ސަރުކާރުން އިއުލާނުކުރި ރަހުނު ނުބަހައްޓާ އެއްމިލިއަނާއި ހަމައަށް ލޯނު ދޭނެ ކަމަށް، އެ ލޯނު ލިބުނު މީހަކު ހުރިތޯ ބައްލަވަން ބޭންކްތަކަށް ވަޑައިގަންނަވާ ތިބޭފުޅުން ބައްލަވާ

11 ފެބުރުއަރީ 2017 | 21:50

ފަލަސުރުޚީ ލައިވް ބްލޮގް

ފަލަސުރުޚީގެ މިރޭގެ މެހުމާނުންނަންނަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދާއި، އެ ޔޫނިއަންގެ މެންބަރު އަހުމަދު ނިޔާޒް