ގުގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

  • ހަނިމާދޫގައި ކުރިއަށްދާ ޖަލްސާ
  • ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން
  • ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން
 
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ކުރިއަށްދާ ޖަލްސާ

ޑރ. މަޖީދު : ކޯޓުންކުރާ ހުކުމަކުން މަޖިލީހުގެ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅާނަމަ އެއީ ގާނޫނު އަސާސީއަށް އިތުރުކުރެވޭ އަކުރެއް. އެކަން ސުޕްރީމް ކޯޓަށް ކުރެވިދާނެ ކަމަށް ސިޔާސީ މުފައްކިރުންވެސް ގަބޫލުއް ނުކުރޭ،

14 ޖުލައި 2017 | ހުކުރު 21:57
Writer Profile Picture
ރިޒްނާ ޒަރީރު
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން

 

14 ޖުލައި 2017 | ހުކުރު 21:57
Writer Profile Picture
ރިޒްނާ ޒަރީރު
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން

ގައުމު މިއޮތީ ދުސްތޫރީ އަޅުވެތި ކަމެއްގެ ތެރޭގައި. މާލޭގެ ތަރައްޤީއާއި އަތޮޅު ތެރޭގެ ތަރައްޤީ އޮތޯ ގުޅިލާމެހިފައި. ގައުމެއް  އޭގެ އެންމެ އުޖާލާ ގޮތުގައި ކުރިއަށް ގެންދަން ބޭނުން ނަމަ ބަދަހި އާއިލީ ގުޅުމެއް އޮންނަން ޖެހޭ. އެހެން ނަމަވެސް ރާއްޖޭގައި ވަރީގެ ނިސްބަތް އިންތިހާއަށް މައްޗަށް ގޮސްފައި މިއޮތީ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް މި ކުރަނީ ގައުމުގައި ދިމާވެފައިވާ ހުރިހާ ކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރުން. އެއްވެސް މަޖިލިސް މެމްމބަރަކު ޖެހިލުންވެ ވަޑައިގަންނަވާނެ ކަމަށް. ރައްޔިތުން މިތިބީ ގޮނޑި ގެއްލު ކަމުގައިވީ ނަމަވެސް އެއަށް ވުރެ ބޮޑު އަޣްލަބިއްޔަކުން ހޮވައިދޭނަން.

14 ޖުލައި 2017 | ހުކުރު 21:56
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ކުރިއަށްދާ ޖަލްސާ

ޑރ. މަޖީދު : ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ވަނީ ގޮސްފައި، އޭގެ ލިސްޓް ވަރަށް ވެސް ދިގު ކާޑުގެ ބަވާތްތަކުން ސަބްސިޑީ ކަނޑާލާފައިވާއިރު ކަރަންޓް ބިލްތައް އިންތިހާބަށް ބޮޑުވެއްޖެ، ވަޒީފާތަކުގެ ބިރުވެރިކަން ބޮޑު، ސަރުކާރުގެ ހުރިހާ މުވައްސަސާއެއް ގައި ކޮރަޕްޝަން އެބަ އޮތް، ހުކުރު ހުތުބާރިންވެސް ވައްކަން ކުރޭ، އެކި މީސް މީހުން ލިޔެފައި ހުންނަ ހުތުބާގެ ނަން ކަނޑާލާފައި، މިނިސްޓްރީގެ ނަން ޖަހާ، މިސްކިތްތަކުގެ ކިޔާ ހުތުބާތައް ވެސް ހުރީ އެ ލިޔުނު މީހުންގެ ނަންތައް ކަނޑާލާފައި،

14 ޖުލައި 2017 | ހުކުރު 21:54
Writer Profile Picture
އަހުމަދު މުހުސިނު
ބ ތުޅާދޫ

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް

ރާއްޖޭގެ ތާރީޚްގައި 24 ޖުލައި އަކީ ވަރަށް ތާރީޚީ ދުވަހެއް މުހިއްމު ދުވަހެއް. ޤާނޫން އަސާސީ ތަސްދީޤް ނުވެގެން ރައްޔިތުން ނުކުތް ދުވަހެއް. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހަކީ އަނެއްކާވެސް ތާރީޚީ ދުވަހެއް. މަޖިލީހުގެ ރައީސް ބޭރުކޮށްލާ ދުވަހެއް. އެދުވަހަށް ޢާއްމު ރައްޔިތުން ތައްޔާރުވާން ޖެހޭ. މަޖިލީހުގައި މެންބަރުން ކުރާ ހިތްވަރަށް ތާއީދު ދޭން ޖެހޭ. މުޅި ރާއްޖެ އެކަމުގައި ތައްޔާރުވާން ޖެހޭ.

ބައެއް މީހުންގެ ސުވާލެއް އެއީ އެދުވަސް އަތުވެދާނެތޯ. ރައީސް ޔާމީން އާ 13 އާ ގުޅުން އެބަހުރި. އެދުވަހުވެސް އެކަނ ފެނިގެން ދާނެ.

ބައެއް މީހުން ބުނޭ އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ލިބިއްޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެންމެ ބާރުގަދަ ތިންފަރާތާއެކު. އަލުގަނޑުމެންނަށް އުފާވަނީ ރައްޔިތުންގެ ފަޅީގައި ތިބިކަން. އަޅުގަނޑުމެންނަށް މިފެނުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނުނީތީ. އަދި ޖުޑިޝަރީން ބައެއް މީހުން ތާއީދު ނެތި ތިން ފަނޑިޔާރަކު ލައްވާ ކަމެން ނިންމިތަން. ރައްޔިތުން އެދުނު އެދުމަށް މަޖިލީހުގެ 45 މެންބަރުން ތެދުވީތީ ޝުކުރު އަދާކުރަން. ވަކިން ޚާއްޞަކޮށް ދާދި މިދާކަށް ދުވަހާ ހަމައަށް ކޮންމެވެސް ސަބަބަކާހުރެ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރެއްވިނަމަވެސް ވިސްނި ވަޑައިގެން ނުކުންނެވީތީ

މިދާއިރާގެ މެންބަރު ވަޑައިގަތުމަށް ގޮވާލަން. އަޅުގަނޑުމެން މަރުހަބާ ކިޔާނަން. މިމަހުގެ 24 ވަނަ ދުވަހު އެކަން ދައްކާލުމަށް ގޮވާލަން. ރައްޔިތުންގެ ފަޅި ޚިޔާރުކޮށް އަވަހަށް ވަޑައިގަތުމަށް ނާޒިމް ރަޝާދަށް ގޮވާލަން. އަޅުގަނޑުމެން މިތިބީ އަދިވެސް ނާޒިމް ރަޝާދާ އެކު.

އިރާދަ ކުރެއްވިއްޔާ ރައްޔިތުން އެދޭ ބަދަލު 24 ވަނަ ދުވަހު މަޖިލިސް ތެރެއިން ފެނިގެންދާނެ. އަޅުގަނޑުމެން ނުކުންނާނީ ކާމިޔާބު ކޮށްގެން

14 ޖުލައި 2017 | ހުކުރު 21:51
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައި ބާއްވަމުންދާ ޖަލްސާ

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ : ދިމާގެން އުޅޭ މައްސަލައަކީ ދިވެހި ދައުލަތް ހިންގުމާ ހަވާލުވެ ތިބި ބަޔަކު މައްސޫލިއްޔަތާމެދު ހިޔާނާތްތެރިވުން، އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުން މިނިވަން މުވައްސަސަތާކުން މީހުން ވަކިކުރަން ފެށި، ބައެއް މީހުން ޖަލަށް ލާފައިވާއިރު، މަޖިލީހުގެ މަސައްކަތްތަކަށްވެސް ހުރަސްއަޅަން ފެށި، މ މަހުގެ 24 ވަނަ ދުވަހު މަސީހް މަގާމުން ދުރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރަން  

14 ޖުލައި 2017 | ހުކުރު 21:46
Writer Profile Picture
އަހުމަދު މުހުސިނު
ބ އަތޮޅު ތުޅާދޫ

ޖަލްސާ ފަށައިފ

ވާހަކަ ދައްކަވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް

14 ޖުލައި 2017 | ހުކުރު 21:41
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ހަނިމާދޫގައ ބާއްވާ ޖަލްސާ

ހަނިމާދޫގައި ބާއްވާ ޖަލްސާ ފެށިއްޖެ. މި ޖަލްސާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އާއި ވަކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގަންނަވާ

14 ޖުލައި 2017 | ހުކުރު 21:41
Writer Profile Picture
ރިޒްނާ ޒަރީރު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިނަދޫގައި ބާޢްވާ ޖަލްސާ

 

14 ޖުލައި 2017 | ހުކުރު 21:38
Writer Profile Picture
މުހަންމަދު ވިސާމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ. ތިނަދޫ އާއި، ބ. ތުޅާދޫ އާއި، ހދ. ހަނިމާދޫގައި ބާއްވާ ޖަލްސާ

14 ޖުލައި 2017 | ހުކުރު 21:31