މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކުރި ހުކުމް

  • ގއ.ވިލިނގިލިން- ކުރީގެ ކައުންސިލް މެމްބަރު: މުހައްމަދު ފާރޫގު
  • ކުޚުދުއްފުށީ ޖަލްސާ
  • ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ
 
Writer Profile Picture
ރިޒްނާ ޒަރީރު
ގއ.ވިލިނގިލިން- ކުރީގެ ކައުންސިލް މެމްބަރު: މުހައްމަދު ފާރޫގު

މިއަދު ފެނިގެން މިދަނީ ހައްގުތައް ނިގުޅައިގަންނަމުންދާ މަންޒަރު. މިއީ ރައްޔިތުން ދެކެން ބޭނުންވި ދުވަހެއް ނޫން. ވަރަށް އުފަލުން ރައްޔިތުން ތިބީ ޤާނޫނު އަސާސީގެ ހިޔަލުގައި އުޅެވިދާނެ ކަމަށް. އެކަމު މިއަދު މިއޮތީ އަޅުވެރިކަމަކަށް ވެއްޓިފައި. މިއަދު މިއޮތީ ރާއްޖޭގެ ދުސްތޫރީ ހަޔާތައް ކަޅު ދުވަހެއް. ރައްޔިތުންގެ މަޖިލީގެ ބާރު ކަނޑުވާލުމަކީ ނުހަނު ހިތާމަވެރިކަމެއް. ޤާނޫނޫ އަސާސީއަށް ބަދަލު ގެނައުމިުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލިސްއަށް. ފެންނަން އޮންނަ ހަޤީގަތެއް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް އާނއެކޭ ބުނާނެ އެއްވެސް ގޮތެއް ނޯންނާނެ. އެންމެ ސާފް ބަހުން މިސަރުކާރަށް ނޫނެކޭ ބުނީ އެންމެ ފުރަތަމަވެސް ވިލިނގިލީ ރައްޔިތުން.

13 ޖުލައި 2017 | ބުރާސްފަތި 22:02
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޚުދުއްފުށީ ޖަލްސާ

21.59 ރޮޒައިނާ : ރާއްޖޭގެ މުވައްސަސާތައް ސަރުކާރާއެކު ތިއްބަސް ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ އަޅުގަނޑުމެންނާއެކު. ހުސްކޮލާ ގޮނޑިއެއްވިއްޔާ އަނބުރާ އެ ގޮނޑި ނަގާނަން. މަޖިލީހުގެ ރައީސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ ވަޒީރުންނާ ސުވާލު ކުރަން ހުށަހެޅުމުންވެސް އެޖެންޑާ ނުކުރާތީ. އަޅުގަނޑުމެންގެ މަސައްކަތައް ހުރަސް އަޅާތީ

 

22.00 ރޮޒައިނާ : ރައީސް ޔާމިނަކީ ވަރަށް އަވަހަށް ހަނދާންނޭތޭ ބޭފުޅެއް. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުން އެނގުނީ ރައްޔިތުންގެ ތާއީދު ނެތްކަން. މަޖިލިސް މެމްބަރުން ސަރުކާރު ދޫކޮށްލަން ޖެހުނީ އެންވެ. އެކަން ފޮރުވުމަށް ދައްކާ ވާހަކައެއް އެއީ ރިޝްވަތު ދިން ކަމަށް

13 ޖުލައި 2017 | ބުރާސްފަތި 22:01
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ

21.56. އައްޑޫ މީދ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް : ތާއިދު ނެތް ވެރިއަކު ކުރާނެ ހުރިހާ ކަމެއް މިހާރު އެދަނީކުރައްވަމުން. އަޅުގަނޑުމެން ހިނގާނެ ކަމަށް ހީކުރި ހުރިހާކަމެއް އެބަ ކުރޭ. އެކަމު މިވެރިކަން ބަދަލު ކުރުމަށް ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނަން.

13 ޖުލައި 2017 | ބުރާސްފަތި 21:55
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޅުދުއްފުށީ ޖަލްސާ

21.50. ރައްޔިތުންގެ މަޖިލީގު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް ސަރުކާރުން މަސައްކަތ ކުރނީ ކޯޓުތައްމެދުވެރިކޮށް އެކަން ހުއްޓުވުމަށް. ތަފާތު އެކި ގޮތްތުން މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާނަމަ ރައްޔިތުންގެ ނިކުމެ ގާނޫނު އަސާސީގެ ހިމާޔަތުގެ ހިމާޔަތުގެ ހިމާޔަތުގައި ނިކުންނާނެ.

13 ޖުލައި 2017 | ބުރާސްފަތި 21:51
Writer Profile Picture
ރިޒްނާ ޒަރީރު
ގއ. ވިލިނގިލިން

 ގުޅީފައިވާ ސިޔާސީ ޕާޓިތަކުން ގއ. ވިލިގިނލީގައި ބާއްވާ ޖަލްސާ ފަށައިފި. މިޖަލްސާގައި އެމްޑީޕި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓި އަދި ރައީސް މައުމޫނުަށް ތާޢިދުކުރައްވާ ޕީޕީއެމްގެ މެމްބަރުން ބައިވެރިވާނެ

13 ޖުލައި 2017 | ބުރާސްފަތި 21:48
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޅުދުއްފުށީ ޖަލްސާ

21.44  ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ : ޕާޓިތަކުން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ބޮއްސުންލާފައިވާތީ ފެށި މަސައްކަތެއް.

21.47 ވެރިންކުރިމަތީ ހައްގު ބަސް ބުނުމަކީ އިސްލާމް ދީނުގައިވެސް ރާއްޖޭގެ ގާނޫނ އަސާސީގައިވެސް ކަނޑައޅިފައިވާ ގޮތް.

13 ޖުލައި 2017 | ބުރާސްފަތި 21:46
Writer Profile Picture
އަޒުމޫން އަހުމަދު
ސުޕްރީމް ކޯޓުގެ އެއްވެސް ސައްޚަ ކަމެއް މިހާރު ނެތް: ފައްޔާޒް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ސައްޚަ ކަމެއް މިހާރު ނެތް ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

13 ޖުލައި 2017 | ބުރާސްފަތި 21:40
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ކުޅުދުއްފުށީގެ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަފުދެއް ހދ. ކުޅުއްދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހަވީރު މި  ޓީމުގައި ސަރުކާރާ އިދިކޮޅި ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއެއް ތަމްސީލުކުރާ މެންބަރުން ހިމެނިވަޑައިގަންނަވަ

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މުހައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވާ. އަދި ޖުމްޙޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް މަޖީދު ބާރީ ހިމެނިވަޑައިގަންނަވާ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަފުދެއް ހދ. ކުޅުއްދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހަވީރު މި  ޓީމުގައި ސަރުކާރާ އިދިކޮޅި ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއެއް ތަމްސީލުކުރާ މެންބަރުން ހިމެނިވަޑައިގަންނަވަ

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މުހައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވާ. އަދި ޖުމްޙޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް މަޖީދު ބާރީ ހިމެނިވަޑައިގަންނަވާ.

 

 

 

13 ޖުލައި 2017 | ބުރާސްފަތި 21:39
Writer Profile Picture
އަޒުމޫން އަހުމަދު
ކަންބޮޑުވެ ނުލައްވާ، ޚުދުމުޚުތާރު ވެރިކަން ނިމި ރައްޔިތުން މޮޅުވާނެ: ރައީސް މައުމޫން

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށާއި އެހެންނަމަވެސް ކަންބޮޑު ނުވުމަށެވެ. އަދި ރައްޔިތުންނަށް ކާމިޔާބު ލިބޭނެ ކަމަށާއި ހުދުމުޚްތާރު ވެރިކަން އަބަދުވެސް ފެއިލް ވެގެންދާނެ ކަމަށެވެ.

 

13 ޖުލައި 2017 | ބުރާސްފަތި 21:33
Writer Profile Picture
އަޒުމޫން އަހުމަދު
ގޮނޑިި ގެއްލޭނަމަ ފުރަތަމަ ގެއްލެންވީ ޕީޕީއެމް ހިންގަން ތިބި މީހުންގެ ގޮނޑި: ރައީސް މައުމޫން

ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ފިކުރާ ދުރަށް ދިއުމުން ގޮނޑި ގެއްލޭ ނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލެންވީ ބަޔަކީ މިހާރު ޕީޕީއެމް ހިންގަން ތިބި މީހުން ކަމަށެވެ.

13 ޖުލައި 2017 | ބުރާސްފަތި 21:32
Writer Profile Picture
އަޒުމޫން އަހުމަދު
ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ "މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލެއްވުމަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން އެ ގޮނޑިއެއް އަނބުރާ ނަގައި ދެއްވާނެ ކަމަށެވެ.

13 ޖުލައި 2017 | ބުރާސްފަތި 21:30
Writer Profile Picture
އަޒުމޫން އަހުމަދު
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމް

ސުޕްރީމް ކޯޓުން މިކުރި ހުކުމާއެކު، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު، ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ.

13 ޖުލައި 2017 | ބުރާސްފަތި 21:24