Raajje.mv

ވަގުތުން ފަލަސުރުޚީ

07 ފެބުރުއަރީ 2017
20282
ރާއްޖެޓީވީގެ ސްޓޫޑިއޯގައި ޕްރެސެންޓަރ މުހުސިން އާއެކު މާރިއާ ދީދީ

ރާއްޖެޓީވީގެ ސްޓޫޑިއޯގައި ޕްރެސެންޓަރ މުހުސިން އާއެކު މާރިއާ ދީދީ

07 ފެބުރުއަރީ 2017 | 22:19

ސަރުކާރުން ދައްކާ ވާހަކަ ދިމައެއް ނުވޭ

ސަރުކާރުން ދައްކާ ވާހަކައަކާއި ރައްޔިތުން ދައްކާ ވާހަކައަކާއި ދިމާއެއް ނުވޭ، ކޮންމެ ދުވަހަކު ހަމަ އެހީ ހޯދަން ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެންނަށްވެސް ގުޅާ، އެކަމަކު ސަރުކާރުން މިބުނަނީ ހުރިހާ ކަމެއް ކޮށްދީފައިވާ ކަމަށް، ނަމަވެސް އާސަންދައިން އެކަނި އެވަރު ނުވެގެން އެއުޅެނީ، ސަރުކާރުން ސްޕެޝަލިސްޓުން ހޯދާފައިވާ ކަމަށްބުނާ އިރު، މި ފެންނަނީ ރާއްޖޭން ބޭރަށް ފުރައިގެންދާތަން، އެބުނާ ކަންކަމާއި އިންތިޒާމްތައް ހަމަޖެހިފައިވާ ނަމަ ރައްޔިތުން ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަކަށް ނުދާނެ، ރައްޔިތުންވެސް ބޭނުމެއް ނުވަނެ އެއްވެސް މީހެއްގެ ކައިރީގައި ކަންކަމުގައި ކިޔައިގެން އެއްވެސް ކަމެއްކުރާކަށް ބޭނުން ނުވާނެ، އެއްވެސް ކަމަކަށް ހައްލެއް އަންނަތަނެއް ނުފެނޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މާބޮޑު އަޅާލުމެއް ނޯވޭ، އޮންނަ ނަމަ މެންބަރު އަނާރާ ހުށަހެޅުއްވި އިސްލާހު ބަލައިގަނެ ފާސްކުރާނެ، ދެން އެކަން ނުކޮށް މަންޒަރު ރީތިކުރަން ވަކިވަކިން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އެމްޑީޕީގެ ސަރުކާރުގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަނށް އަޅައިދިން ފްލެޓްތަކަށް ވެސް މިސަރުކާރުން ހެދިގޮތެއް ނޭގެ

07 ފެބުރުއަރީ 2017 | 22:07

ކޮރަޕްޝަނާއި އަނިޔާވެރިކަން

ޕްލާސްޓިކް ފުޅި އެއް އެއްލީއޭ ކިޔާފައި ދެކުދިންގެ މަންމައެއް އޭނީ ޖަލުގައި، ހަތެއް ފެބްރުއަރީ ރައްޔިތުންގެ ގައިގައި މާރާލާނީއޭ ގޮވަމުން ތެޅި ފުލުހުންނާއި ސިފައިން އެތިބީ ހެވިފައި، އެހެންވީމަ އަނިޔާވެރިކަން މިގައުމުގައި އޮތް ކަމަށް ރައްޔިތުން ބުނަނީ، ސަރުކާރުގެ ކޮރަޕްޝަންގެ ހާލަތު އޮތް މިންވަރު ބައިނަލް އަޤްވާމީ އިންޑެކްސް ތަކުން ސާފުވަމުން ދަނީ، އެމްއެމްޕީއާރުސީގެ މައްސަލައަކީ ރާއްޖޭގެ އެންމެނަށް އެނގޭ އެންމެ ބޮޑު ކޮރަޕްޝަން ހިނގި މުއައްސަސާ، އެވާހަކަ ރައީސް ޔާމިންވެސް ދައްކަވާފައި އެފައިސާ ހޯދަންކުރާ މަސައްކަތެއް އަޅުގަނޑުމެންނަކަށް ނުެފެނޭ، އެފައިސާއަށް ވީގޮތެއް ނޭނގޭ، އަދި އިތުރަށް ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ރާވާފައިވާ މަސައްކަތްތަކެއް ނެގޭ، ރިޔާސީ ބަޔާނުގައި މީގެން އެއްވެސް ކަމަކަމަށް އަލިއަޅުވާލެވިފައިއެއް ނުވޭ، ރާއްޖޭގެ އެއްވެސް ރަށަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވޭ، ރިޔާސީ ބަޔާނަކީ ވަރަށް އެހާ ޕްރޮޝެނަލެއް ނޫން، މުޅިންވެސް ހުސް ވާހަކަތަކެއް ދެއްކަވާފައި ހުރީ،

07 ފެބުރުއަރީ 2017 | 22:01

ޒުވާނުންނަށް ފުރުސަތު ނުލިބުން

ރާއްޖޭގެ ޒުވާނުން އެންމެ ކެރިގެން ނުކުމެ މަސައްކަތްކުރާ އެއް ދާއިރާއަކީ ނުސްވެރިކަމުގެ ސާއިރާ، އެ ޒުވާނުން އެގެންދަވަނީ ގައުމުގެ މުސްތަޤްބަލަށް ބޮޑު މަސައްކަތްތަކެއް ކުރަމުން، އަނެއްކޮޅުން މަހްލޫފަކީވެސް އިސްލާހީ މަސައްކަތުގައި ވަރަށް ހީވަގި ކަމާއިއެކު މަސައްކަތްކުރާ ފަރާތެއް، ސަރުކާރުން ބުންޏަސް ޒުވާނުންނަށް އެއްވެސް ފުރުސަތެއް މި ސަރުކާރުގެ ތެރެއަކުން ނުލިބޭނެ، ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް ފުރުސަތު އޮތްކަމަށް ރައީސް ވިދާޅުވާ އިރު، މުޒާހަރާއެއްގައި ބައިވެރިގެން ހުނަރުވެރި ޒުވާން ގޯލް ކީޕަރެއް އެވަނީ ޖަލުގައި، ވަޒީފާގެ ވާހަކަ ދައްކަވާ އިރު، ގިނަ ބަޔަކު މިއުޅެނީ ކުރާނެ މަސައްކަތެއް ނުލިބެގެން، އަދަކީ ހަމަ ބުނެލާ ބަހެއް،

07 ފެބުރުއަރީ 2017 | 21:58

ގެދޮރުވެރިކަން ފޯރުކޮށެއް ނުދެވޭ

އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ފްލެޓްތައް ބެހިގެންދިޔައިރު، އާންމުންގެ މީހަކަށް ވަދެވޭވަރުގެ އަގެއްގައި ނުވިއްކިތަން، އެ ފްލެޓްތަކުން ރައްޔިތުންނަށް ގެދޮރުވެރިކަން ފޮރުކޮށްދެވޭނެ ކަމަކަށް ނުބެލެވޭ، ދެން މިދައްކަނީ ތޮއްޖެހުން ކުޑަކުރުމަށް ފީއެއް ނަގާނެ ވާހަކަ، އެކަމަކު މިފެންނަނީ އަދި ވެސް އެމްޑީޕީގެ ސަރުކާރުގައި ފެށި ފްލެޓްތަކުގެ މަސައްކަތް ކުރާތަން، ހުރިހާ އަމާޒެއް ހުރީ މާލެއއަށް މީހުން ގެނައުމުން، އަތޮޅުތަކުގެ ރަށްތައް ތަރައްގީކޮސް ގެދޮރުވެރިކުރުމުގެ ވުިސްނުމެއް ސަރުކާރުގައެއް ނެތް، އެކި ދުވަހު ދެއްކަނީ އެކިވާހަކަ. ރާއްޖޭގައި ކުށްކުރުން ދަނީ އިތުރުވަމުން، ހުރިހާ ނުރައްކަލެއް އޮތީ ނޫސްވެރިންނަށް ސަރުކާރުގެ ވާހަކަ ގެނެސްދޭ ކަންކަން ހިނގަމުންދާ ގޮތް ހާމަކުރާ ނޫސްވެރިންނަށް މިއަދު އޮތީ ބިރުވެރިކަން

07 ފެބުރުއަރީ 2017 | 21:52

ސިޔާސީ ފަރާތްތަކަށް ކަންކަން އަމާޒުކުރުން

މިހާރު މިފެންނަނީ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ކަންކަން ކުރަމުންދާތަން، އަޅުގަނޑުމެންގެ ކޮލީގެއް މަހުލޫފްއަކީ، ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމަށް ހަދާފައި އެވަނީ ޖަލަށްލާފަ، ޝޭޚް އިމްރާންއަށް ވެސް އެފަދަ ގޮތެއް މިވީ، ސިޔާސީ ވާހަކައެއް ދައްކަވާއިރަށް އެއީ މާ ނުރައްކާތެރިވާހަކަ އަކަށް ހަދައިގެން އެބޭފުޅާވެސް އެވަނީ ޖަލަށްލާފައި، އެކަމަކު އެބުނާ ނުރައްކާތެރި ކަމެއްހުރި ވާހަކައަކީ ކޮބައިކަމެއް ސާފެއްނުވޭ: މާރިއާ

ރައީސް ޔާމިންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތައް ހިނގައި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާއަށް ގޮސްފައިވާ އިރު އޭގެން އެއްވެސް ކަމެއް ނުބެލޭ، ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ އެތަކެއް ދުވަހެއް، އެކަމަކު އަދިވެސް އެވީގޮތެއް ނުހޯދޭ، އެމަކު އެވިދާޅުިވަނީ ކުށްކުރުން ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް، އެކަމަކު މިފެންނަނީ ކާނަލް ނާޒިމަށްވެސް އިންސާފުވެރި ޝަރީއަތެއް ނުލިބުނު، މުޅި ދުނިޔެވެސް އެގޮވަނީ އެއީ ރަގަޅަށް ދިޔަ ޝަރީއަތެއް ނޫނޭ. ރައީސް ނަޝީދުގެ ހުކުމަކީ ވެސް ހަމައެފަދަ ކަމެއް، އަޅުގަނޑުމެންނަށް ފެނުނު ކޯނީގެ ރިޕޯޓްވެސް އޮތް ގޮތް، އެއީ ސެލްވަމް ނެރުނު ރިޕޯޓެއް، ރާއްޖޭގައި ކުށްމަދު ކުރުންވެސް އޮތީ އެފަދަ ރިޕޮޓެއްގައި ކަމަށް ވެދާނެ

07 ފެބުރުއަރީ 2017 | 21:47

ވަގުތުން ފަލަސުރުޚީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގެ މިރޭގެ މެހެމާނައަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދު ދީދީ

މިއަދަކީ ރައްޔިތުންގެ އަތުން ރައްޔިތުންގެ ވެރިކަން ފޭރިގަތް ދުވަސް، ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރުމަށް މުސާރަދީފައިވާ ތިބި ފުލުންނާއި ސިފައިންގެ އަމަލުތައް އެދުވަހު ފެނުނީ ވަރަށް ހިތާމަވެރި ގޮތަކަށް، އެދުވަހު އަނިޔާ ލިބުނު އެއްވެސް މީހަކަށް މިއަދާއި ހަމައަށް އިންސާފެއް ނުލިބުމަކީ ވަރަށް ހިތާމަވެރި ކަމެއް،

މިއަދު މިފެންނަނީ އަނެއްކާ އެފަދަކަމެއް، މަޖިލީހުން މިއަދު އެ ބަހުސް ކުރީ ކުށްވެރިންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް. މިއަދު ހުށަހެޅިފައި އޮތް ބިލުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި އެނޫންވެސް މައްސަލަތަކުގައި ހިމެނޭ މީހުންނަށް ކުރިމަތި ލެވޭ

ހަތެއް ފެބްރުއަރީ 2012 ގައި ކުރި ބަޣާވާތުން ރައްޔިތުންގެ ތާޢީދެއް ނެތް ސަރުކާރެއް އައުމުން، ކަންކަން ހިނގަމުންމިދަނީ ރަނގަޅަކަށް ނޫން، އޭގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަކިކުރެނު، ޖުޑިޝަރީ އިންތިހާއަށް ގޯސްވި، މިކަންކަމަށް އިންސާފު ހޯދަންދާނެ ތަނެއް، ބޭރުން އަންނަ އިންވެސްޓަރުންނަށްވެސް ޖުޑިޝަރީއަށް އިތުބާރެއް ނެތް، މިހުރިހާ ކަމެއް މިދިމާވީ 2008 ވަނަ އަހަރު ހެނދުނު ގާނޫނީ އަސާސީގެ ދަށުގެ ވެރިކަމަށް އައި ސަރުކާރެއް ހިނގަމުން ދަނިކޮށް އެސަރުކާރުގެ މައްޗަށް ބަޔަކު ވެރިގަތުމުން.