ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތައް

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގެ ތެރެއިން
ައަޅުގަނޑުމެން މިކުރާ މަސައްކަތަކީ ސަރުކާރު ވައްޓާލަމް ކުރާ މަސައްކަތެއް ނޫން: އަލީ ޒާހހިރު
ަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތެއް. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ގައުމުގައި ހަމަނުޖެހުން އުފައްދާކަށް މަސައްކަތެއް ނުކުރަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ތެރޭގައި ގައުމީ ސަކާމަތަށް ނުރައްކާ މީހެއް ނެތް. އެހެން ކަމުން އަޅުގަނޑުމެން ސަލާމާތީ ބާތުތަކަށް ވެސް ގޮވާލަން ޢައިރު ގާނޫނީ އޯޑަރަށް ތަބާނުވުމަށް.
ފެންނަނީ އިންޓަލިޖެންސް ރިޕޯޓަކަށް ބިނާކޮށް ގައުމުގައި ތިބި އިއްޒަތްތްެރި މީހުން ހައްޔަރު ކުރާތަން: އަލީ ޒާހިރު
އަޅުގަނޑުމެން މި ފެންނަނީ ކޮންމެވެސް ފަރާތަކުން އަންނަ އޯޑަރަކުން ކޮންމެބެސް އިންޓަލިޖެންސް ރިޕޯޓަކަށް ބިނާކޮށް އަޅުގަނޑުމެންގެ ތެރޭގައި ތިބި އައްޒަތަތްތެރި މީހުން ހިފާ ހައްޔަރު ކުރާތަން. އެ އިންޓަލިޖެންސް ރިޕޯޓަކީ އަޅުގަނޑުމެން ގަބޫލު ކުރާ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް ނޫން
މިއީ ގައުމަށްޓަކާ ކުރާ މަސައްކަތެއް: އަލީ ޒާހިރު
އަޅުގަނޑުމެން ހުރިހައި އެންމެންވެސް މިކުރާ މަސައްކަތަކީ މިރާއްޖޭގެ ގާނޫނުއަސާސީއަށްޓަކައި މިރާއްޖޭގެ ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތަކެއް. ފަހަރެއްގައި ސަރުކާރުން ވެސް ކުރަނީ އެ މަސައްކަތް ކަމަށް ވެދާނެ. އެހެންވެގެން ކަމަށްވެދާނެ ބައެއް މީހުން ހައްުަރުކޮށް އަނެއްވބައި މީހުން ރާއްޖެއިން ބޭރުގައި އެ ތިއްބެވީ
ކުނޫޒް ޖަލްސާ: އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު
އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފާސްކުރީ ވަރަށް ނުރައްކާތެރި ގަވާއިދެއް. އެ ގަވާއޮދުގައިވާ ގޮތަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިޔބާރު ނެތްކަަމށް ވޯޓް ނަގުމަށް މަސައްކަތް ފެށުފުމުން މިވީ ވަރަށް ބޮޑަށް ކުށަކަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކމަުގެ ވޯޓުނެގުމަކީ ސަރުކާރު ބަލިކަށިވެ ސަރުކާރުން ވެއްޓުން ކަމަށް މއިއަދު ސަރުކާރުން ގަބާލު ކުރޭ.
ކުރީގެ މަނަދޫ ދައިރާގެ މެންބަރު، ތޯރިގު
ފާހަގަކޮށްލަން ބޭނުންވޭ، ލާމަރުކަޒީ ނިޒާމު މި ނިޒާމަށް ކިޔަސް. މި ނިޒާމަށް އަޅުގަނޑު ކިޔާނީ ރައްޔިތުންގެ ތެރެއިން އެންމެ އާދައިގެ މީހުންނަށް ބާރު ލިބޭ ނިޒާމު.
އަންހެނުން ސިޔާސީ މަގާމުތަކަށް ނިކުތުމަކީ ވަރަށް މުހިއްމު ކަމެއް.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް. މި ނިޒާމު ފައްކާކުރުމަށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރެވޭ މީހުން ހޮވަންޖެހޭނީ.
މި ސަރުކާރުން މި ނިޒާމުގެ ތެރެއިން ކެންޑިޑޭޓުން ނެރެގެން ހޮވަން މަސައްކަތް ކުރަން ލަދުގަންނަންޖެހޭ.
ތިޔަ ވެރިަކްނ ވަރަށް އަވަހަށް އަޒުލު ކުރާނަން
ފުރިހަމަ ބާރުވެރިކަން ލިބުމުން އަޅުގަނޑުމެން ކުރިއަރާދާނެ، މިރަށުގެ ކައުންސިލަށް ފަޚުރުވެރިވަން، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް މި ކައުންސިލް ތަކުގެ ބާރުތައް ދިޔައީ ކަނޑުވާލަމުން، އެހެންސް ގާނޫނު އސާސީގައި ސާފުކޮށްއިންނާނެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށްހިންގަން ވާނީ ލާމަރުކަޒީ އުސޫލުންނޭ، މިހާރު އެކުރައްވާ ކަމަކީ މި ނިޒާމަށް ރައްޔިތުން ފޫހިކުރުމުގެ ކަންކަން، މި ހުރިހާ އަޑިގުޑަން ތަކުން އަޅގަނޑުމެން އަރައިގަންނާނަން، މި ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ހޯދައިދޭނަން، ރައީސް ޔާމީނަށް ވޯޓެއް ލިބެން ޮތީ ރައީސްމައުމޫނާއި އެއްކޮށްކަން މިއަދު އެއީ ފެްނނަން އޮތް ހަގީގަތް، ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައި ތިބި ކެނޑިޑޭތުންގެ ފޮޓޯއަށްވުރެ ބޮޑޔކޮށް ޕޯސްޓަރު ތަކުގައި ހުރީ ރައީސް ޔާމީން، މީދެން އެަމނިުކުފާނަށް ތާީދު ހޯދަން ކުރާކަމެްއވެސް ނޫން، އެމަނިކުފާނުގެ ސިކުނޑިފުޅުގައި މައްސަލަ އެބައުޅޭ، އެހްންނޫނަމަ ކެނޑިޑޭތުންނަށް ވުރެ ބޮޑަށް އެ ފޮޓޯއެއް ނުހުންނާނެ، އެއީ ފޮޓޯއަކުން ވާކަމެއް ނޫން، އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް އުޖާލާ ދުވަސްތަކެއް ފެންނާނެ، ރޭގައި ޔާމީނު ގާސިްމ އިބުތ=ރާހިމް ވަގަށް ނަގައިފި، ޔާމީނަށް ދަންނަވަން، ގާސިމް އިބުރާހިމް ހައްޔަރުކޮށް ބިރުގެންނެވިޔަސް އެބޭފުޅާވެސް އަދު ދިވެހި ރައްޔިތުންވެސް ދެން ފަހަތަށް ނުޖެހޭނެ، ތިޔަ ވެރިަކްނ ވަރަށް އަވަހަށް އަޒުލު ކުރާނަން
ރައީސް މުހައްމަދު ނަޝީދުގެ މެސެޖު
ހަމްނާ އަކީ މާލޭ ސިޓީ ކައުންސިލް ވަރުގަދަ ކުރުމަށް ވަރަށް މުހިއްމު ނިޒާމެއް. އެމްޑީޕީގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމު އަލުން އަނބުރާ އިޔާދަކުރުން. ގާނޫނުގެ ތެރެއިން ލިބިފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުން.
އެބާރު ހޯދުމުގައި ގުޅިފައިވާ ޕާޓީތަކުގެ އެހީތެރިކަން ލިބިގެންދާނެ.
ވިލިމާލޭ ރައްޔިތުންނަށްވަނީ ހަމްނާ ހޮވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފަ
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު، އަލީ ޝިޔާމް
ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާފަދައިން ތަރައްގީ ވާންޖެހޭނީ އިންސާނާ. ހަގީގަތުގައި، ރާއްޖޭގެ ތާރީހުގައި ވެރިން އެބަހުރި ކިޔެވުމަށް ހުރަސް އަޅާފަ. އަޅުގަނޑުމެން ތައާރަފް ކުރި އާގާނޫނު އަސާސީގައި ވަނީ ރައްޔިތުންގެ ކިބައިން ވެރިކަން ފެށިގެން އަންނަނީ.
މުޅި ޖުޑީ ޝަޜީ ކިލަންބުކޮށްލާފައި
އަޅުގަނޑުމެންނަށް ފަހަތަށް ޖެހެވޭކަށް ނެތް، ކައުންސިލް އިންތިޚާބުގައިކިންމެ ރަށަކުންވެސް ފެންނަނީ އެއް މަންޒަރެއް، މި ސަރުކާރަށް ތާއީދު ނެތްކަން ، ރައްޔިތުން ކެކި އުރތުރި އަރަނީ، ބުނަނީ މި ސަރުކާރުގެ އަނިޔާވެރިަކްނ ބޭނުމެއް ނޫނޭ، ސިޔާސީ ޕާޓީއެއްގައި ލީޑަރެއް ހުރިއްޔާ އެދަނީ ހައްޔަރުކުރަމުން، ރައީސް ނަޝީދު ޖުޑީޝަރީގެ ކުރިމައްޗަށް ދަމާ ވަށްޓާލައި މުޅި ޖުޑީ ޝަޜީ ކިލަންބުކޮށްލާފައި، އެއީ ރައީސް ނަޝީދަށް ލިބުނު ނިކަމެތިކަމެއް ނޫން، ޖޭޕީގެ ލީޑަރު ދެބުރަށް ނަގައިގަނެގެްނގެންގޮސްފި، އެމަނިކުފާނު އެވަނީ ރަހީނުކޮށްފައި، އެއީ ސިޔާސީ ބޮޑު ޕާޓީއެއްގެ ލީޑަރެއް، މުޅިގައުމު އިސްލާހުކުރަން މި ކުރާ މަސައްކަތުގައި އަޅުގަޑުމންނާއި އެއްކޮށް ތިއްބަވާ މި ސަރުކާރު މިދަނީ ހިކިގެން ވެއްޓެން ، އިރާދަކުރެއްވިއްޔާ އަޅގަނޑުމެން މި ސަރުކާރު ވަށްޓާލާނަން
ނިހާނަކީ ވިލާމާލޭ މެންބަރޭ ބުނަން ލަދުގަނޭ- ހަމްނާ
ބަގީ ނިޒާމަކީ، ވިލިމާލޭގެ ކޮންމެ ގެއަކުން އެންމެ ބޮޑު ޝަކުވާ ލިބިނު ކަން. ބަގީ އަށް ގުޅުމުން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހޭ.
މިދައިރާއަށް ކުރިމަތިލީ ކުގުޑާ އަމުރެއްގައި. އަޅުގަނޑު އެއްވެސް ޖެހިލުމެއް ނުވޭ، މިސަރުކާރު ދެކެ އެއް.
މުއައްސަސާތައް މަސައްކަތް ކުރާ ގޮތެއް ވެސް މިހާރަކު ނޭނގޭ.
އިސްލާހީ މަސައްކަތެއް ކުރަން ފަށާއިރަށް އެކިއެކި މައްސަލަތައް ނަގައިގެން ވަަރށް އަވަހަށް ތަހުގީތައް އެބަ ހިންގާ .
ވިމިލާމޭ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓް ހަމްނާ ވަހީދު
ވިލިގިލީ ދައިރާއަށް ނިސްބަތްވާ މަޖިލީސް މެންބަރު ހުންނަތާ 10 އަހަރު ވެގެންދިޔަ އިރު ދެން އިތުރު ކުރެވޭނެ ކައްތަކެއް ނޯންނާނެ. މި ކައުންސިލް އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް.
ވިލިމީލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލުގެ ނަމަށް ބަދަލު ކުރުން ފިޔަވާ އިތުރުކަމެއް ކުރެވިފައެއްނުވޭ. އެ ހޮސްޕިޓަލުން އެއްވެސް ހިދުމަތްތަކެއް ނުލިބޭ. އެމަރޖެންސީ ފެރީ އެއްވެސް ނެތް. ބޭސްފިހާރަ ދަންވަރު 12:00 ބަންދުކުރޭ.
ވިލިމާލޭގައި އެންމެ އޭޓީއެމްއެއް ހުންނަނީ. މީގެ އިން އެއްވެސް ކަމެއް ކޮށްދެވިފައެއް ނުވޭ. އަޅުގަނޑުމެން ބިރެއް ނުގަނޭ. އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނަން. ލޯކަލް ކައުންސިލް އިންތިހާބެއްގެ ބޭނުމަކީ، ރައްޔިތުންނަށް ކާރިން މަސައްކަތް ކުރުން.
ގާސިމް މިނިވަން ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން:: ފާރިސް
ގާސިމް މިނިވަން ކުރުމަށްޓަކައި ކުރާ މަސައްކަތުގައި އަޅުގަނޑުމެން ފހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންގެ މެމްނަރުންނަށް އެކިއެކި ގޮތް ގޮތުން ދަނީ ގޯނާތައް ކުރަމުން. އަޅުގަމޑުމެންނާ ދެކޮޅަށް އެކިއެކި ފިޔަވަޅުތައް އަޅާނެ އެކަމަުގެ ސަބަބަން އަޅުގަނޑުމެން ޖެހިލުންވެ ފަހަތކަށް ނުޖެހޭނަން
ކުނޫޒް ޖަލްސާ: ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
ގާސިމް އިބްރާހީމް ހައްުަރު ކުރެވިފައި ވަނީ ޢައިގާނޫނީ އަމުރެއްގެ ދަށުން. އެހެން ކަަމުން މިހާރުން މިހާރަށް ގާސިމް އިބްރާހީމް ދޫކޮށްލަން އަޅުގަނޑު ގޮވާލަން.
ކުނޫޒުގައި ދައްކާ ކޮންމެ ވާހަކައަކީ ގާނޫނާ ހިލާފަށް ދައްކާ ވާހަކައެއް ކަމަށް ހެދުމަށް ބަޔަކު މީހުން މަސައްކަތް ކުރޭ.
ވިލިމާލޭ ހަރުގެ ޖަލްސާ
ވިލިމާލޭ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ލަވަ ލޯންޗު ކޮށްފި
ހަމްނާ ވަހީދަނީ ވިލިމާލޭ ދައިރާއަށް އެންމެ ގާބިލް ކެންޑިޑޭޓް- ޝިފާ
ވިލިމާލޭގައި ޕްރީސްކޫލުތައްވެސް ވާނީ އެޅިފައި. ވިލިމާލޭގައި ރަގަޅު އޮފީހެއް ބޭނުންވެގެން އެވާހަކަ ދެކެވިގެންދިޔަ. އެހެން ނަމަވެސް މިދިޔަ ދެއަހަރު ބަޖެޓުގއި އެކަން ޖަހާދެވިފައިވާ ނުވާތީ އެކަން ކުރެވިފަ އެއް ނުވޭ.
ލާމަރުކަޒީ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ވަރަށް ސާފު. ރައްޔިތުންނަށް ހުރިހާ ކަމެއް ސަރުކާރާއި ހަމައަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން.
މިކަން ހައްލު ކުރުމަށް ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިއްމު ނިޒާމެއް.
ޕީޕީއެމް ކެންޑިޑޭޓުން މަސައްކަތް ކުރައްވަނީ، ރައީސް ޔާމީން ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރެވިގެންދާ މަންޒަރު.
ގާސިމް ހައްޔަރު ކުރުމަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް
މިއަދު އިންތިންތިހާބެއް ބޭއްވިޔަސް ގާސިމް ބުރަވާ ފަޅިއެއް އިންތިހާބް ކާމިޔާބް ކުރާނެ. ގާސޮމް އިންރާހޯމް އަކީ އެފަދަ ލީޑަރެއް.
އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު ޝީފާ މުހައްމަދު
މިޕާޓީ އަކީ ނަތީޖާ ނެރޭ ޕާޓީއެއް. މި ޕާޓީއަކީ އަބަދުވެސް އަންހެނުންނަށް ޚާއްސަ ސަމާލުކަމެއްދޭ، އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން.
ވިލިމާލޭ ކެންޑިޑޭޓް ހަމްނާ އަކީ ކިޔަވައިގެން ހުރި ތަންދޮރު ދަންނަ، ގާއިމް ކެންޑިޑޭޓެއް.
ލާމަރުކަޒީ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް ކަންތައްތަކެއް ކުރުމަށް ހުއްޓާ ވެރިކަން ބަދަލުވެގެންދިޔައީ. އެކެމުގެ ސަބަބުން ނިޒާމު ހަރުދަނާ ކުރުމަށް އެމްޑީޕީން ކުރި މަސައްކަތް ހުއްޓިގެން ދިޔަ. އެމްޑީޕީން ސަރުކާރު ވެރިކަމުގައި އޮތް އިރު ވިލިގިލީގައި ގިނަ ކަންތައްތަކެއް ކުރެވިގެންދިޔަ. އޭގެތެރެއިން ފާހަގަކޮށްލެވޭ ވިލިގިލީގައި ގާއިމް ކުރެވުނު ބަގީ ދުއްވުމުގެ ނިޒާމަކީ.
ކުނޫޒް ޖަލްސާ: މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އަޅުގަނޑުމެން މިތިބީ ގާނޫނުއަސާސީގެ ފޮނިމީރުކަން ހޯދުމަށް ކެތް މެދުވެފައި. އަޅުގަމޑުމެންގެ ތެރޭގައި މި އޮތް ސިޔާސީ ހަލަބޮލި ކަމަށް ނިމުމެއް އަންނަން ޖެހޭ. ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ އަށް މި ގޮވާލަނީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި އިދިކޮޅުފަރާތްތަކާ މަޝްވަރާ ކުރަން އަންނާށޭ. އެކަން ނުކޮށް ރާއްޖެއަކަށް ހަމަޖެހުމެއް ނެތް< އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމިތިބޭނަން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން
ސިޔާސީ ކަންކަމަށް ފުލުހުން ވަރުގެ އިންތެލިޖެންސް ބަޔަކު ނެތް:
ަސިޔާސީ މީހަކު ހައްޔަރު ކުރަން ވެއްޖެއްޔާ މިއަށް ވުރެ އިްނޓެލިޖެންސް ބަޔަކު ނެތް އެކަމކު ރައްޔިތަކަށް ކަމެއް ކޮށްދޭން ވީމާއެ އިންޓެލިޖެންސް ކަމެއް ނުފެނޭ، އަޅުގަނޑުމެން މި އިންތިޚާބުގައި މި ސަރުކާރު ބަލި ކުރާންން، އަދި ރައީސް ޔާމީނު ވެރިަކމުން ދުރުކުރާނަން، ވޯޓުން ގާނޫނޫ އިމުގެ ތރެއިން
ކައުންސިލް ނިޒާމާއި އެންމެ ދެކޮޅު ހެއްދެވީ މިހާރުގެ ރައީސް- މުސްތަފާ
ލޯކަލް ކައުންސިލް ނިޒާމު ގާއިމް ކުރުމުގައި އެންމެ ދެކޮޅު ހެދި ބޭފުޅަކީ މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާއި. އެލްޖީއޭ އޮތީ ސީދާ ރައީސް އައްޔަނު ކުރާ ބޭފުޅުންނަށް ހެދުމަށް. ދިވެހި ރާއްޖެ ރައްޔިތުންނެއް ތާއީދެއް ނުކުރާނެ މި ސަރުކާރުން ނެރޭ ކެންޑިޑޭޓުންނަށް.
ވިލިމާލޭ ދައިރާއަށް ހަމްނާ ވަހީދު މިދައިރާއަށް ކުރިމަތިލެއްވުން. އެންމެ ހިތްހަމަޖެހެނީ، އަންހެން ބޭފުޅަކަށް ވާތީ. ރައީސް ނަޝީދު ވަރަށް އިސްކަން ދެއްކާ އަންހެން ބޭފުޅުން ސިޔާސީ ދައިރާއަށް ނެރުމަށް.
ވިލިމާލޭ ހަރުގެ ޖަލްސާ- މާލޭ ސިޓީ ލޯކަލް ކައުންސިލް އިންތިހާބުގެ ކޯޑިނޭޓަރ މުސްތަފާ ލުތުފީ
މިސަރުކާރު ދަނީ ބަލިވަމުން. އޭގެ ހެއްކެތް ރޭގަނޑު މީހުން ޖަހާއިގަނެދެންދާ މަންޒަރު. މި ސަރުކާރު މިހާރު ވަނީ ވެއްޓުމާއި ގާތްވެފައި.
ލޯކަލް ކައުންސިލް ނިޒާމް ވަރަށް މަސައްކަތުން އެމްޑީޕީން ވަނީ އެކުލަވާލާއި ގާއިމްކޮށްފައި.
ލާމަރުކަޒީ ނިޒާމް ދިވެހި ރާއްޖެއަށް ވަރަށް ކަމުދޭ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިވާ ނިޒާމެއް. ޑީމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުން ބާރުވެރިވުމަށް ވުރެ މުހިއްމު ކަމެއް ނޯންނާނެ.
އައިއޭމް ވެރީ ވެރީ ސޮރީ ތޭރަނާމް ބޫލްގައީ
ރައީސް ޔާމީން ވިދާޅުވީ އޮޕޮޒިޝަނގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރު ކުރުވުމޭ، ނުވެއްޖެ ނަމަ ވެރިަކްނ ވައްޓަލަން ވިއްޔޭ،ރައްޔތިުން ވެރިަކްނ ދިނީމައި މިރާޖެގަި ހިންގި އެންމެ ބޮޑު ވަށްކަން ކުރެއްވީ ވެރިަކްނ ދިނީމައި، އެއްވެސް ގޮތަކަށް އިޚްލާސްތެރިވާކަށް ބޭނުމެއް ނުވޭޭ، ރައީސް ނަޝީދުގެ ވެރިކަމާއެކު އެމަނިކުފާނާއި އެކު ވަނީ މަގާމު ދޫކޮށް ވަޑައިގަންނަވާފައި، އެކަމަކު މިވެރިިކަން އެހެންތޯ، މިއަދު ޕީޕީއެމްގެ ކްނޑިޑޭތުން ނަކީ ކޮބައިަކްނ ނުވެްސް އެނގޭ، ރަށަކަށް އެރީމައި ހީވަނީ، އެރަށުގެ ކައުންސިލަށް ކުރިމަތި ލައިގެން އުޅޭނީ ރައީސް ޔާމީނުހެން.
ލ ހިތަދޫ ޖަލްސާ
ހިތަދޫގައި މިރޭ ކުރިއަށް ދާ ޖަލްސާގައި އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ތައާރަފުވުން ކުރިއަށްދާނެ، އަދި މިރޭގެ ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ެންބަރުންނނާއި ގައުމީ މަޖިލީހުގެ މެންބަރުންގެ އިތރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ
ލ.ހިތަދޫ ޖަލްސާ
އެމްޑީޕީން ލޯ-ކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ލ އަތޮޅަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅުގެ ގިނަ ރަށްތަކަށް މިއަދު ވަނީ ޒިޔާރަތްކޮށްފައި އެގޮތުން ލ. އިސްދޫ ކަޅައިދޫ ކުނަހަންދޫ އަދި ލ މާމެންދޫއަށް މިއަދު ވަނީ ޒިޔާރަތްކޮށްފައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތައް
އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް މިރޭ ކުރިއަށް ދަނީ މ ކުނޫޒްގައާއި ވިލިމާލޭގެ އިތުރުން ލ ހިތަދޫގައެވެ.