Raajje.mv

ގާސިމް ހައްޔަރުކުރުން

21 އެޕްރީލު 2017
12305
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

21 އެޕްރީލު 2017 | 17:44

ޕީޖީ ވެސް ބޭނުންވީ ފުލުހުން އެދުނު ގޮތަށް ބަންދަށް ޖަހަން:މާރިއާ

ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލުން ވެސް ވިދާޅުވި ފުލުހުން އެދިވަޑައިގެންނެވި ގޮތަށް ބަންދުގެ މުއްދަތު ޖަހައިދިނުމަށް.

21 އެޕްރީލު 2017 | 17:42

އަމުރު ނެރުއްވި ގާޒީ މައްސަލަ ބައްލަވަން އިންނެވުމަކީ ރަނގަޅު އުސޫލެއް ނޫން:މާރިޔާ

ގާސިމް ބަންދުގެ މުއްދަތު ޖަހަން ކޯޓުން އަމުރު ދެއްވި ގާޒީ ބާރީ މިއަދުގެ ޝަރީއަތުގައި ހުންނެވުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން. ގާސިމް ދޫނިދޫގައި ބަހައްޓަވާ ގޮޅިއާ ބެހޭ ގޮތުން ވެސް ވަރަށް ވާހަކަ ދެއްކެވި.

21 އެޕްރީލު 2017 | 17:36

ގާސިމް އިބްރާހިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި

21 އެޕްރީލު 2017 | 17:35

ގާސިމް ހައްޔަރުކުރުން

ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި

21 އެޕްރީލު 2017 | 17:34

ގާސިމް ހައްޔަރުކުރުން

ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު

ދިވެހި ސަރުކާރުން ޖެހިލުންވަނީ ޑިމޮކްރަސީއަށް. ދިވެހި ސަރުކާރުން ޖެހިލުންވަނީ ގާސިމްގެ ނުގުޑާފަދަ އަޒުމަށް. މިއަދު މިސަރުކާރުން މިފެންނަނީ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅާތަން.

21 އެޕްރީލު 2017 | 17:32

ގާސިމް ހައްޔަރުކުރުން

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު:

ރައީސް ޔާމީން އުޅުއްވަނީ ގޮތް ހުސްވެގެން

21 އެޕްރީލު 2017 | 17:14

ގާސިމް ކޯޓަށް ހާޒިރު ކުރުން

މެމްބަރު ފާރިސް މައުމޫން

ކުރީގައިވެސް ސާބިތުވެފައި އޮތީ ގާނޫނާއި ހިލާފަށްކަމަށް ހައްޔަރުކޮށްފައި އޮތީ. ހަމައެއްމައްސަލައެއް މިއުޅެނީ. އެހެންކަމުން ގާސިމް ވަގުތުން ދޫކޮށްލުމަށް ގޮވާލަން. ނިކުމެ މިތިބީ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށްޓަކާ.

އަޑު އުފުލުމުގައި ހުރަސްތަކެއް އެބަހުރި. އަޅުގަނޑުމެން އެންމެން މިތިބީ ދިވެހިރައްޔިތުންގެ ހައްގު ހޯދަދޭން ތައްޔާރަށް. ފުލުހުން ވިދާޅުވާގޮތުންނަމަ 42 މެމްބަރުންގެ ސޮއި ހޯދުމަކީ ގާނޫނީ ކުށެއް. މިހާރު މިއޮތް މާހަވްލުގައި ލޯކަލް އިންތިހާބު އިންސާފުވެރިކަމާއެކީ ބޭއްވިދާނެކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ މައްސަލައެއް އޮތަކަން އަޅުގަނޑަށް އަންގާފައިވޭ. އެއީ ކޮންމައްސަލައެއްކަމެއް އަޅުގަނޑަކަށް ނޭގޭ.

21 އެޕްރީލު 2017 | 17:13

ގާސިމް ހައްޔަރުކުރުން

ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒު

ގާސިމް އިބްރާހިމްގެ ސިޔާސީ ވިސްނުން ވަކި ގޮތަކަށް ބަދަލުކުރައްވަން ބޭނުމިއްޔާ ރައްޔިތުން ބަދަލުކުރައްވާ.ގާސިމް އަކީ ޜާއްޖޭގެ ސިޔާސީ މަޝްރަހުގައި ނު8ފޫޒުގަދަ ބޭފުޅެއް.އިދިކޮޅު 4 ލީޑަރުންގެ ސިޔާސީ ބޭފުޅުން އެއްކޮށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޔާމީން އަކަށް ނުވިސްނޭ.ރައީސް ޔާމީނަށް ދަންނަވާނީ ގާނޫނީ އިމުގެ ތެރއިން ކަންތައް ކުރެއްވުމަށް. އެމަނިކުފާނު ކުރައްވަމުން ގެންދަވާ އިންވެސްޓްމެންޓުތައް މިގޮތަށް ކަންތައް ކުރައްވައިގެން ކާމިޔާބެއް ނުވާނެ.ސިޔާސީ ގޮތުން ހިޔާލު ތަފާތު ކުރުމަކީ އަދާވާތްތެރިއެއްކަމަށް ދެކިގެން ނުވާނެ. .ބާރުދައްކައިގެން ވަރަށް ކުރީ ޒަމާނުގައި ކަންތައް ކުރިގޮތަކަށް މިޒަމާނުގައި ނުވާނެ.ހިތްހަމަ ޖެހިގެން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އުޅެވޭނެ ޔަގީންކަން ރައްޔިތުންނަށް ދޭންޖެހޭނެ

މިވަގުތު ފޯކަސް އޮތީ ސަރުކާރު ޒިންމާދާރު ކުރުވުން، ތަފްސީލުތައް ނޭގި ބޮޑެތި އިންވެސްޓް މެންތް އަންނާތީ އެކަންތައްތައް ހުއްޓުވާ އެކަންތައްތަކަށް ޖަވާބުދާރީކުރުވާނަން..

ގާނޫނު އަސާސީން ޕްރޮސެކިއުޓާ ޖެނެރަލަށް ވަރަށް ގިނަ ބާރުތައް ލިބިދީފައިވޭ. ޕީޖީވެސް މަސައްކަތް ކުރަންވާނީ ގާނޫނާއި އެއްގޮތަށް. ބޮޑެތި ކުއްތައް ފައްތާލައިގެން ދައުވާ ކުރުންތޯ ގައުމަށް އެންމެ ރަނގަޅީ. އަޅުގަނޑު ދެކޭގޮތގައި އެއްވެސް ސިޔާސީ ފިކުރަކަށް އިސްކުރެއްވުމެއްނެތި ގައުމު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭ ފަރާތަކަށް ޥާންޖެހޭ

21 އެޕްރީލު 2017 | 17:13

ގާސިމް ހައްޔަރުކުރުން

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ ނާދިރާ

ތަކެތީގެ އަގު 100 ޕަސެންޓް އަގުބޮޑު ކުރުމަށްފަހު މި ދަންނަވަނީ އަގު ދަށްކޯށްފައޭ. ރައްޔިތުން ގުބޯ ހައްދަވަނީ. އެއީ ހަކުރު، ހަނޑޫ،ފުށް ބަސްތާއަކުން 35 ރުފިޔާ.ރައްޔިތުންނެއް މި ލޯކަލް އިންތިހާބުގައެއް ސަރުކާރު ބޭނުންވާގޮތަކަށް ވޯޓެއް ނުދެއްވާނެމަޖިލިސް މެމްބަރުންނަށް ވަރަށް މިނިވަންކަމާއކު މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުވާލަނީ. މިހާރު މިފެންނަނީ އެބޭފުޅުންނަށް ބިރުދައްކާ ހައްޔަރު ކުރާ މަންޒަރު.ކީއްވެގެންތޯ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިއޮއްވާ އެއްޗެހީގެ އަގު ހެޔޮކުރަންވީ؟

21 އެޕްރީލު 2017 | 17:12

ގާސިމް ހައްޔަރު ކުރުން

ޔުމްނާ މައުމޫން

ރައްޔިތުންނަށް ސިޔާސީ ގޮތުން ލިބިދޭ ހައްގުތަކުގެ މަސައްކަތް ކުރަމުން މިދަނީ. 2013 ގެ އިންތިހާބު ކާމިޔާބު ކުރީވެސް ވަރަށް ގިނަ އުއްމީދުތަކާއެކު. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުތައް ވަނީ ގެއްލިފައި. ރައްޔިތުންގެ މަޖިލީހުގެ މެމެބްރުންވެސް ނުވަތަ ސސިޔާސީ ބޭފުޅުން ވެސް އުޅެން ޖެހޭނީ އެހައްގު ހޯދުމުގެ މަސައްކަތް މިކުރަނީރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް.

21 އެޕްރީލު 2017 | 16:04

ގާސިމް ކޯޓަށް ހާޒިރު ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދޫނިދޫއިން ދާދިދެންމެއަކު މާލެ ގެނެސްފި

21 އެޕްރީލު 2017 | 15:50

ގާސިމް ހައްޔަރުކުރުން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހުގެ ރޭ ކޯޓް އަމުރެެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު ޖަހަން މިއަދު 4:00 އަށް ކޯޓަށް ގެންނާނެ އެވެ. ގާސިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލަތަކަކީ މިހާރު ތަހުޤީޤްކުރަމުންގެންދާ މައްސަލަތަކަކަށްވާއިރު، ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅޭނެކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓިފިނަމަ ނަމަ ހެކި ފޮރުވުމަށް މަސައްކަތްކޮށް، ހެކިދޭންތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.