މަރުކަޒީ ރާއްޖެ: އެމްޑީޕީން ލ ގަމުގައި ބާއްވާ ޖަލްސާ

  • ވޯޓް ހޯަދުމަށް ރައްޔިތުންގެ ގާތަށް ދިޔައީ ވަޒީފާގެ ބިރު ދައްކަމުން: ޝިފާޒް
  • ޑިމޮކްރެޓިަކް މާހައުލެއްގައި ގަބޫލުކުރަން ޖެހޭ ހަމަތަކެއް ހުރޭ: ނިޒާރު
  • އެއްމާބަނޑު 10 މީހުން އެއްރަށަކުން އެބަ ސޮއިކުރޭ: ނާޒިމް
 
Writer Profile Picture
އާމިނަތު ނުޒުހާ
ވޯޓް ހޯަދުމަށް ރައްޔިތުންގެ ގާތަށް ދިޔައީ ވަޒީފާގެ ބިރު ދައްކަމުން: ޝިފާޒް

މި ދާއިރާގެ މެންބަރު ފައްޔާުޒު އިސްމާ އިލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިރަށުން ކީ މަރުހަބާއާއިއެކު ލާމަރުކަޒީ ނިޒާމަށް މި އަތޮޅު ދީލާލާފައިވާ މަންޒަރު ހާމަވޭ. އަޅުގަނޑުމެން ހިތަށް އަރާ މިފަދަ ނިޒާމަކާއި ބީރަށްތެހި ބަޔަކު ކުރާނީ ކޮންކަމެއްބާއޭ. ވޯޓް ހޯދުމަށް ކުރަމުންދިޔަ މަސަައްކަތުގައި ދިޔައީ ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަމުން. ރައީސް ޔާމިން ވެރިަކަމށް ވަޑައިގަތީއްސުރެ މީރާމެދުވެރިކޮށް ރައީސް ޔާމީން ދިޔައީ ފިއްތުންތަްއ ކުރިމަތި ކުރުވާ ދުއްތުރާ ކުރަމުން. އިންތިޚާބު ކައިރިވީމާ މިއަދު ވިޔަފާރިވެރިޔާގެ ޓެކްސް ޖޫރިމަނާ މާއާފްކޮށްދޭނަމޭ ވިދާޅުވެ މި ވިދާޅުވަނީ ދަރުބާރުގޭގައި ފޯމްފުރުމަށް. މީ ރައީސް ޔާމީން ރައްޔިތުންނަށް ޖެއްސުން ކުރަމުންދާ މިންވަރު. ފަޚުރުވެރިކަމާއެކު ރައްޔިތޔުންގެ ގާތަށް ދިޔައީ އެމްޑިޕީން. އަޅުގަނޑުމެން ކައުންސިްލތައް އުފެއްދީ  ރައްޔިތުން ބާރުވެރި ކުރުވުމަށް. އަޅުގަނޑުމެންގެ ވެރިކަމެއްގައި ކައުންސިލްތަކުންގޯތިދެވޭ ގޮތް ގެސްތް ހައުސް އެޅުަމށް ބިން ދޫކުރޭވޭ ގޮތް ހަދާނަން. ކޮންމެ  ކައުންސިލަކަށް ފަޅުރަށެއް ދޭނެކަމަށް އަޅުަގަނޑުމެން ރައީސް ގެ ވެރިަކަމުގައި ބުނިން. އެވާހަކަ ދައްކާއިރު މިއަދު އެދަނީ ބިޑަކާއި ނުލާ ފަޅުަތާކާއި ރަށްތަކާއި ހާހާ ތައް ވިއްކާލަމުން.

 

އަޅުގަނޑުމެން އަލުުން އަނބުރާ ރައްޔިތުންނަށް ބާރުވެރިކަން ހޯދައުދޭނަން. މިއަދު ދަރީންނާއި ދަރީންގެ ދަރިންނަށްޓަކައި ކުރަން އޮތީ މިސަރުކާރުގެ ކިބައިން ގަުމު ސަލާމަތްކުރުން. ހައްދުންމަތީ މިއަދު ބަދަލުވެއްޖެ މިއަދު އޮތީ އަޅުުގނަޑުމެންނާއިއެކު، ރައީސް ޔާމީން އަވާ މެންދުރެއްގައި ބަހައްޓައިގެްނ މި އިންތިޚާބު ކާމިޔާބު ކުރާނަން.

21 އޭޕްރިލް 2017 | ހުކުރު 04:39
Writer Profile Picture
އާމިނަތު ނުޒުހާ
ޑިމޮކްރެޓިަކް މާހައުލެއްގައި ގަބޫލުކުރަން ޖެހޭ ހަމަތަކެއް ހުރޭ: ނިޒާރު

ރައީސް ޔާމީން ދައްކަވަމުންދަނީ ބައިނަލް އަގުވާމީ މުޖުތަމައުއަށް މިރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުބެހޭށޭ. މޮޔައެކޭ ވިދާޅުވަން އުނދަގޫ ރައީސްކަމަށް ރައްޔިތުންގެ ވޯޓުން ހޮވިފައި ހުރި ބޭފުޅެއް ވީމައި. ރައީސް ޔާމީން ގެންގުޅުއްވަނީ ބީރަށްޓެހި ގޮތްތަކެއް. ރައްޔިތުންނާއި ހަނގުރާމަ ކުރުމަށް ނޫނީ ވެރިަކަމެއް ނުކުރައްވާނެ. ގާސިމް އިބުރާހިމްއަށް އަދި ސިޔާސީ ލީޑަރުން ޓެރަރިސްޓުނަށް ހަދަމުންދަނީ. އެއީ ރައްޔިތުނާ ކުރާ ހަނގުރާމައެއް، ޑިމޮކްރެޓިަކް މާހައުލެއްގައި ގަބޫލުކުރަން ޖެހޭ ހަމަތަކެއް ހުރޭ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ  މިދެންނެވި އުސޫލްތަކާއި ޚިލާފަށް. މަޖިލީހުގައި އަޅުގަނޑުމެން މި ކުރަނީ ރައްޔިތުންނަށްތަކައި ކުރަމުންދާ މަސައްކަތްތަކެއް. ރައީސް ޔާމީންގެ ސިކުނޑީގެ ފެންވަރުގެ ބޭފުޅުން ކައިރީގައި ތިއްބެވީ، އަޅުގަނޑުމެން ބޭނުންވަނީ ޑިމިކްރެސީގެ ރިވެތި ހަމަތަކުން ވެރިަކން ކުރަން. ލާމަރުކަޒީ އުސޫލު ހިމާޔަތްކުރުމަށް ކޯލިޝަންއަށާއި، އެމްޑީޕީއަށް ވޯތް ދިނުމަށް، މިނޫންގޮތަކަށް ވޯޓް ދެވިއްޖެނަމަ އަޅގަނޑުމެންގެ ދަރީންގެ ހައްގުތަށް އެ ނިއުޅައި ގަނެވުނީ، އެހެންކަމުން މި ވޯޓް ކާމިޔާބު ކުރުމަށް ތިބޭފުޅުްނ ވޯތް ދެއްވުމަށް ގޮވާލަން.

21 އޭޕްރިލް 2017 | ހުކުރު 04:23
Writer Profile Picture
އާމިނަތު ނުޒުހާ
އެއްމާބަނޑު 10 މީހުން އެއްރަށަކުން އެބަ ސޮއިކުރޭ: ނާޒިމް

މާރިދު ޖިންނިއެއްގެ ވާހަކަ އަޅގަނޑުމެން އަޑުއެހީމު، ވިދާޅުވަނީ، ތިމަންނާމެންގެ ތރެއިން ބޭފުޅަކު ކޮންމެ މަސައްކަތެއް 10 ގުނަ ކުރައްވައޭ. ބޭފުޅުން އެ ވިދާޅުވާ މާރިދު ޖިންނިއަކީ އެފޫއަނބުރާ ނުވަތަ މަތިވިޔަސް އަނބުރަމުންދާ ބޭފުޅާ، މިސަރުކާރުގެ އަންހެން ވަޒީރަކު މި ވިދާޅުވަނީ، 67000 ވަޒީފާ އުފެދިއްޖެއޭ. މި ވަޒީފާތައް ދިން އިރު އޯ ލެވެލް ހަދައިގެން ނުކުތް ކުދިންގެ އަދަދާ ދިމާ ނުވޭ. މި އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް. ރައީސް ނަޝީދުގެ ވެރިަކަމުގަި 150 ޑޮލަރަށް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ހުރިއިރުވެސް 2.30 ކަރަންޓް ޔުނިޓެއް ލިބުނު. އަޅގަނޑުމެންވެރިަކަކަށް އައިސްފިނަމަ މި ހުރިހާ ކަމެއް ހައްލުކޮށްދޭނަން. ލޯކަލް ކައުސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ފުރުސަތު ދީފިނަމަ، ކާޑުގެ އަގާއި، ކަރަންޓްގެ އަގު ބޮޑުވިޔަސް ހެވޭ އެ ވިދާޅުވެވުނީ. އަޅގަނޑުމެން ތިބޭފުޅުންކުރެން މި އެދެނީ އެހެން ވިޔަ ނުދިނުމަށް ތިަލަފަތަށް ވޯޓް ދިނުމަށް

21 އޭޕްރިލް 2017 | ހުކުރު 04:11
Writer Profile Picture
އާމިނަތު ނުޒުހާ
މަޖިލީހުގައި އިންނަވައިގެން ކުޅުއްވީ ކަލްކިއުލޭޓަރާ: ފަލާހު

ޔާމީނު މިރާއްޖޭގައި ވެރިކަމަށް ވަޑައިގަތީއްސުރެ ކުރައްވަނީ ވަށްކަން، މަޖިލީހުގައި އިންނަވައިގެން ކުޅުއްވީ ކަލްކިއުލޭޓަރާ އަޅުގަނޑުމެން މި ދަނީ 42 ހަމަކޮށް މަސީހު ބޭރުކޮށް، ރީކޯ މޫސަވެސް ބޭރުކުރުމަށް. އަޅުގަނޑުމެން މިދަނީ އެކަން ކުރަން، ލާމަރުކަޒީ ވާހަކަ ދައްކަވާއިރު ޕީޕީއެމްގެ ބޭފުޅުންވެސް އެބަތިބި، ކުރިމަތިލާފައި، އެ ވިދާޅުވާ ރައީސް ޔާމީން ވަޑައިގެންނެވި ތޯ ރައްޔިތުންގެ ހާލު ބަލާލުމަށް. އަނބިކަނބަލުން އެ ފޮނުވަނީ، 2018 ގެ ރިޔާސީ އިްނތިޚާބުގައި ސަރުކާރު ބަލިކުރާނަން.

21 އޭޕްރިލް 2017 | ހުކުރު 03:28
Writer Profile Picture
އާމިނަތު ނުޒުހާ
އޮޑިގަނޑު އެހެރަ ފުނޑެނީ: އަބްދުﷲ ޝާހިދު

ދަރުބާރު ފެކްޝަނަކީ މި ލާމަރުކަޒީ ނިޒާމަށް ދެކޮޅުހެދި ފަރާތްތަކެއް، ފިނިކޮޓަރީގައި ތިއްބަވާއިރު، ރައްޔިތުން އުފުއްލާ ތަކުލީފު އެނގޭނީ ރައްޔިތުންނަށް. މިރަށުގައި މަދިރިއާއި، ދަތުރުފަތުރުގެ ދަތިކަމާއި ޓެކްސް ނަގަމުންދާ މިންވަރު އެނގޭނީ މިރަށުގެ ރައްޔިތުންނަށް، މި އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުމުން ލާމަރުކަޒީ ނިޒާމަށް ކުޅެލާފައި، އެ ގަވާއިދު އިސްލާހުކޮށް، ކައުނސިލްތަކުގެ ބެލެނިވެރިފަރާތް އެވަނީ ޕޭރެންޓް ޓީޗަރު އެސޯސިއޭޝަންއަކަށް ހަދާފައި. ނަހަމައާއި އިންސާފުން ބޭރުން އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބުނަކަ ނުދޭނަން، އޮޑިގަނޑު އެހެރަ ފުނޑެނީ، މިސަރުކާރު ބޮޑުތަނުން ބަލިކޮށްލާފައި ނޫނީ ނުހުއްޓާނަން.

21 އޭޕްރިލް 2017 | ހުކުރު 03:15
Writer Profile Picture
އާމިނަތު ނުޒުހާ
ސަބުސިޑީ ނުދެވެންޏާ ސޮރީ: އަބުދުﷲ ޝާހިދު

ކާޑުގެ ބާވަތްތައް ކައުންސިލް އިންތިޚާބާއި ދިމާކޮށް އަގުހެޔޮކޮށްލައިފި، ކުރިން ދިން ގޮތަށް ސަބްސިޑީ ނުދެވޭނަމަ ޔާމީންގެ ސަރުކާރަށް ބުނާނީ ނޫނެކޭ. އަޅގަނޑުމެންނަށް ފަސޭހައިން ލިބެން އެތި ވަރަށް ފަސޭހައިން އެނގޭނެ ކަނޑިއްކެއް ބޮލުގައި އަޅާލީމައި، ހަނޑޫ ކުރިން ލިބެމުން އައިއަގަށްވުރެ ދެގުނަ ބޮޑުކޮށް ކައުންސިލް އިންތިޚާބައި ދިމާކޮށް  އެއްރުފިޔާ ލާރިކޮޅެއް ބޮޑުކޮށްލީ، ފުށަށްވެސް އަދި ހަކުރަށްވެސް ހެދީ އެހެން، އަދިވެސް ކުރިއަށް ވުރެ ބޮޑު، ދެންވެސް އަޅުގަނޑުމެން ދަންނަވަންވީ ޝުކުރިއްޔާ ޔާމީން، މެޑަމްތޯ، އަނދެގެން ހުންނަ ސޯރުފޮތިކޮޅުވެސް މިއަދުގެ ސަރުކާރުން އެދަނީ ފޭރިގަންނަމުން.

21 އޭޕްރިލް 2017 | ހުކުރު 03:10
Writer Profile Picture
އާމިނަތު ނުޒުހާ
މި ސަރުކާރު ބަލިކުރާނަން: ރޮޒެއިނާ

މިއަދު އަޅުގނަޑުމެން އުޅޭން ޖެހުނީ ކަރަންޓް ކެނޑޭތީ ފެން ނުވަރާ، އިސްތިރި ނުކުރެވިފައި، މިއަދު އަޅުަގޑުމެންނަށް ކަރަންޓް ޔަގީންވެއްޖެ. މަސްވެރިންނަށް ދަނޑުވެރިްނަށް އިނާޔަތް ލިބޭކަން ޔަގީން އަދި ކަދުރުކޮޅު ކާލިކަންވެސް ޔަގީން. ރަށްތަކާއި ފަޅުތައް ވިއްކައިފިކަން ޔަގީން، ޔަގީން ބަސްބޭނުންކުރުމުން ރައްޔިތުން މިހާރު ބުނަނީ ތި ޔަގީން ބަސް ހުއްޓާލުމަށް. މިއަދު އަޅުގަނޑުމެންނަސް އެނގިއްޖެ މި ސަރުކާރަށް މި އަތޮޅުން ތާއީދު ނެތްކަން. ތުރާކުނުން އައްޑޫއަށް އޮތީ އެމްޑީޕީއަށް ދެން ލަލަލާ މިދެން މިކަން މި ނިމުނީ. ތިބޭފުޅުން ކޮށްދެންވީ ކަމަކީ އިރު އަރާތަނުން ނުކުމެ މި ސަރުކާރަށް ނޫނެކޭ ވިދާޅުވާންވީ، އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން.

21 އޭޕްރިލް 2017 | ހުކުރު 02:51
Writer Profile Picture
އާމިނަތު ނުޒުހާ
ލާމަރުކަޒީ ނިޒާމް ވަނީ ހަލާކުކޮށްލާފައި: ފައްޔާޒު އިސްމާއިލް

ރޯލް ކޯލަކަށް، އެހެންކޮލަކަށް 42 އޮތީ ހަމަވެފައި، ކަނޑާލާ ކޮންމެ ވަޒީފާއަކަށް 10 ވަޒީފާ ހޯދައިދޭނަން. އަޅުގަނޑުމެން ރައްޔިތުންގެ ފުދުންތެރިކަން ހޯދައިދޭނަން.

21 އޭޕްރިލް 2017 | ހުކުރު 02:42
Writer Profile Picture
އާމިނަތު ނުޒުހާ
އެމްޑީޕީގެ ފިކުރު އުވިދިޔައަކަ ނުދޭނަން: ޝިޔާމް

މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްގެ އިތުރުން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެމްބަރު ރޮޒައިނާ އާދަމް، މެމްބަރު މުހައްމަދު ފަލާހް، މެންބަރު އަބުދުﷲ ޝާހިދުގެ އިތުރުން އެޕާޓީގެ އިސް ސަފުގައި .ހަރަކާތްތެރިވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަނަނަވައެވެ

ޖަލްސާގައި މިހާރު ކުރިއަށް ދަނީ ޖަލްސާ ތައާރަފް ކުރުން މި ހަލްސާ ތައާރަފްކޮށްދެއްވަނީ ގަމު ދާއިރާގެ ރައީސް މުހައްމަދު ޝިޔާމް. އޭނާގެ ވާހަކަފުޅުގައި މި ފިކުރަކީ އެމްޑީޕީގެ ފިކުރެއްކަމަށާއި އެ ފިކުރު އުވިދިޔަ ނުދެއްވާނެކަމަށް ވިދާޅުވި އެވެ.

21 އޭޕްރިލް 2017 | ހުކުރު 02:37
Writer Profile Picture
އާމިނަތު ނުޒުހާ
ލާމަރުކަޒީ ރާއްޖެ: އެމްޑީޕީން ލ. ގަމުގައި ބާއްވާ ޖަލްސާ

އެމްޑީޕީން ލޯކަލްކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ލ.އަތޮޅުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ލ. ގަމުގައި ބާއްވާ ޖަލްސާ ކުޑައިރުކޮޅެެެެއްގެ ތރޭގައި ފެށިގެންދާނެ. މި ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަނީ ނިމިފައި. އެމްޑީޕީން ލ. އަތޮޅަށް ކުރަމުންދާ މި ދަތުރުގައި މިއަދު ވަނީ ބައެއް ކެމްޕެއިން ހަރަކާތްތައް ހިނަގާފައެވެ. އެގޮތުން ޑޯ ޓު ޑޯ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ވަނީ މި ޖަލްސާ އޮންނަ ސަރަހައްދަށް ޖަމާވެފައި.

21 އޭޕްރިލް 2017 | ހުކުރު 02:01