Raajje.mv

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބާއްވާ ކަންމަތީ ބައްދަލުވުން

18 އެޕްރީލު 2017
7622
ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބާއްވާ ކަންމަތީ ބައްދަލުވުން

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބާއްވާ ކަންމަތީ ބައްދަލުވުން

18 އެޕްރީލު 2017 | 22:40

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން

ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފަ

18 އެޕްރީލު 2017 | 22:35

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން

އިތުރު މީހަކު ހައްޔަރުކޮށްފި، މައުލޫމާތުލިބޭ ގޮތުގައި ހައްޔަރު ކުރީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް

18 އެޕްރީލު 2017 | 22:31

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން

ފުލުހުން ދަނީ މީޑިއާއަށް ހުރަސްއަޅަމުން. ހަސަން ލަތީފް ނޫން މީހަކު ހައްޔަރެއް ނުކުރޭ. ސުލްހަވެރިކޮށް ހަރަކާތް ކުރިއަށް ދަނިކޮށް ރަޔަޓު ގިޔަރާއި އެކު ކުއްލިއަކަށް އެ ސަރަޙައްދަށް ދިއަ ފުލުހުން ބައްދަލުވުން ހުއްޓުވާފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި

18 އެޕްރީލު 2017 | 22:28

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން

އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ހަސަން ލަޠީފް ބައްދަލުވުމުގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެދަށް ގެންގޮސްފި

ފުލުހުން ދަނީ ބައްދަލުވުން އޮތް ސަރަޙައްދުން މީހުންތައް ފޮނުވާލަމުން.

18 އެޕްރީލު 2017 | 22:26

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުން

ބައްދަލުވުމަށް ފުލުހުން ހުރަސް އަޅައިފި

18 އެޕްރީލު 2017 | 22:22

އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ހަސަން ލަޠީފް

ސިޔާސީ 4 ލީޑަރުން އެއްބަސްވި ކަންކަމުގެ ތެރޭގައި އެ ޕާޓީއަކުން ބޭނުންވާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ފުރުޞަތު ހޯދުން ހިމެނޭ. ދެން އޮންނަ އިންތިޚާބެއްގައި ރައީސް ނަޝީދަށް ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޕާޓީތަކުން މަސައްކަތް ކުރާނެ.

މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވަން ޖެހޭ. އިލެކްޝަނުން ސުޕްރީމް ކޯތުގެ ގަޒިއްޔާއަށް ތަބާވާން ޖެހޭ. މިހާރު އޮތް ވޯޓަރޒް ލިސްޓަކީ ސައްހަ ލިސްޓެއް ނޫން.

18 އެޕްރީލު 2017 | 22:14

ޕީޕީއެމްގެ ނައިބުރައީސާ ނާދިރާ

ވޯޓަރޒް ލިސްޓު އޮތީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް. ރައްޔިތުން މި ކަންކަމާއިދެކޮޅަށް ފަރުދީ ފެންވަރުގައި ތެދުވަންޖެހޭ. ޤައުމުގައި ހަމަހަމަކަމެއް ނެތް. ސަރުޚާރު ޒިންމާދާރު ކުރާނަން. ޖަވާބުދާރީ ކުރާނަން. އެކަމަށް ތައްޔާރުވެ ތިބޭތި.

18 އެޕްރީލު 2017 | 22:09

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބާއްވާ ކަންމަތީ ބައްދަލުވުން

އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އަދާލަތު ޕާޓީ ހިމެނޭގޮތަށް ބާއްވާ މި ބައްދަލުވުން ކުރިއަށްދަނީ ސޯސަން މަގުގައި އެމްޑީޕީ އޮފީސް ކުރިމަތީގައި