Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

17 އެޕްރީލު 2017
7916
ކުނޫޒްގައި ބާއްވާ ޖަލްސާ

ކުނޫޒްގައި ބާއްވާ ޖަލްސާ

17 އެޕްރީލު 2017 | 23:12

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހުމީ

މި ސަރުކާރުން ހަމަޖެހޭ ހަމައެއްވެސް ކަމެއް ނުކުރޭ. މި ސަރުކާރުގައި ހަމަޖެހޭ އެއްވެސް މީހަކު ނެތް.

މުސްތަޝާރުގެ ބަސްތަކަށް ބައްލަވާ. ހުރިހާ ރައްޔިތުން ވަޑާއިގަންނަވާށޭ. މިއީ ނޫހުގެ ފާނުގެ ނައުކޮޅޭ. މިއީ ހަމަޖެހޭ ބައެއް ކަމަށް ބުނެވޭކަށް ނެތް.

ސިފައިންގެ އެއްވެސް މީހަކު، ސިޔާސީ މީހަކާ ވާހަކަދައްކައިގެން ނުވާނެކަމަށް ބުނެ އަމުރެއް ނެރެފައިވަނީ. ޑިފެންސް މިނިސްޓަރަކީވެސް ހަމަޖެހޭ މީހެއް ނޫން.

ރައްޔިތުންގެ ލޯ ހުޅުވިފައިވަނީ. މިއަދު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ވަރަށް ރަގަޅަށް އެނގޭ.

17 އެޕްރީލު 2017 | 23:02

އަސްލު ޕީޕީއެމް އަކީ ރައީސް މައުމޫނާ އެކު ތިބި މީހުން: ތައުފީގު

ވިޔަފާރިވެރިނަށް ފުރުސަތުތަކެއް ފަހި ކޮށްދޭންޖެހޭ އިރު، މިފެނިގެންދަނީ ފިއްތުންތައް ކުރިމަތިކުރަމުންދާތަން. މިސްރާބު ވަރަށް ސީދާ. އަޅުގަނޑުމެން ބޭނުންވަނީ އޮމާން އަމާން މާހައުލަކަށް ގައުމު ގެންދަން. ވެރިކަން ކުރަން ބޭނުން ވެއްޖިއްޔާ މީހުންނަށް ހެޔޮވާށޭ.

17 އެޕްރީލު 2017 | 22:57

ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރ އަހްމަދު ތައުފީގު

މިހާ ބޮޑު ގުޅިފައިވާ ލަޝްކަރެއްގެ ކުރިމަތީގައި ވާހަކަދައްކާލުމަކީ ލިބުނު ފަހުރެއް. ގައުމު ހަމަމަގަށް އެޅުމަށް މަސައްކަތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މިހާރު ފެނިގެންދަނީ، ހެޔޮ މަސައްކަތްތަކެއް. ސިޔާސީ މައިދާނުގައި ނުތިބޭނެ ދުޝްމަނުންނެއް.

މީހުން ގެންގޮސް ޖަލަށް ލުމަކީ ގަޓު ހުރުމެއް ނޫން. ރާއްޖޭގެ އެންމެ ޒުވާން، ތައުލީމީ މީހުން މިތިބީ، ޖަލުގައި. ކިހިނެތްތޯ، ދެދުވަހު ތެރޭގައި ކާނަލް ނާޒިމް އުފައްދަނީ. މިއީ އޯގާތެރިވެރިކަމެއް ނޫން. އޯގާތެރިވެރިކަމެއް ނެތިއްޔާ، އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ.

17 އެޕްރީލު 2017 | 22:33

ފަރެސްމާތޮޑާގެ ކުރީގެ މެންބަރު އިބްރާހިމް މުއްތަލިބު

16 ވަނަ ރައްޔިތުންގެ މަޖިލީހުގ މާލިއްޔަތަށް ގެނެވުނު އިސްލާހުތަކަކީ ދައުލަތުގެ މާލިއްޔާ ބޭނުންގޮތަކަށް، ބޭނުން ކުރުން. އަޅުގަނޑުމެންނަށް ނޭންގި އެތަށް ލޯނެއް ސަރުކާރުން ވަނީ ނަގާފަ. މިއަދު އަޅުގަނޑު މި ޕޯޑިއަމްއަށް މިއައީ، ގަބޫލު ނުކުރާ ކަންތައްތަކެއް، ސަރުކާރުން ހިންގަމުން ދިއުން.

އަހްމަދު ސިޔާމަށް އިލްތިމާސްއެއް އެބައޮތް. މި ސަރުކާރަށް ހެޔޮއެދިގެން މަސައްކަތް ކުރި ހުރިހާ އެންމެން އަންނަނީ އަޒުލް ކުރަމުން. އަދި މިހާރު ވިޔަފާރިވެރިންނަށް ދަތިކުރުމުގެ މަސައްކަތް ވަނީ ފަށާފަ. ސިޔާސީ ހުރިހާ ލީޑަރުން ކަތިލުމުގެ މަސައްކަތް ފަށައިފި. މިކަން ހަތަރު ލީޑަރުން ކާމިޔާބު ކޮށްފި. އަޅުގަނޑުމެންގެ އަހުން ކަތިލެވޭ އިރު މަޑުން ތިބެގެން ނުވާނެ. އެހެންވީމާ ވިޔަފާރިވެރިންނަށް، ޚާއްސަކޮށް ސިޔާމަށް ގޮވާލާނީ، ވިސްނާވަޑާއިގަންނަވާށޭ، ގާސިމަށްފަހު ދެން ނުކުންނާނީ ސިޔާމަށް ދެކޮޅަށް.

17 އެޕްރީލު 2017 | 22:21

ކޮރަޕްޝަނުގެ ހުރިހާ ސިފައެއް މިސަރުކާރުގެ އެބަ ހުރި: ހުސައިން ރަޝީދު

ކޮރަޕްޝަނުގައި ހިމެނޭ ހުރިހާ ސިފަތަކެއް ކުލަތަކެއް މިސަރުކާރުގައި އެބަހުރި. ރައްޔިތުންގެ ފައިސާ ބޮޑެތި ޕްރޮޖެކްޓްތަކަށް ހޭދަކޮށް، އެކަމަށް ކޮމިޝަނުގެ ގޮތުގައި ބޮޑެތި ހޭދައެއް ކުރަމުން ދަނީ.

17 އެޕްރީލު 2017 | 22:18

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމް ޖަލްސާގައި ބައިވެރިވެއްޖެ

17 އެޕްރީލު 2017 | 22:16

ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު

ރައީސް ޔާމީނު ސަރުކާރުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިނގާފައިވަނީ އެ މަނިކުފާނުގެ ސަރުކާރުން ކަމަށް ބުނެފަ. މި ސަރުކާރުން ކޮރަޕްޝަނުގެ ހުރިހާ ސިފައެއް ދަނީ ދައްކަމުން. އެހެން ކަމުން މިއީ ކޮރަޕްޝަނުގެ ސަރުކާރެއް ކަމަށް ދަނީ ގަބޫލު ކުރުވޭ. ސަރުކާރުން ލިބިގެންވާ ބާރު ނަހަމަގޮތުގައި ބޭނުންކުރަމުންދަނީ. ސިޔާސީ ވާދަވެރިންނަށް ކުރިމަތި ކުރަމުންދާ ފިއްތުންތައް ވަނީ އާއްމުވެފައި. ކޮރަޕްޝަނުގައި ހިމެނޭ ހުރިހާ ސިފަތަކެއް ކުލަތަކެއް މިސަރުކާރުގައި އެބަހުރި

17 އެޕްރީލު 2017 | 21:54

ކުނޫޒުގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރިވަމުން

17 އެޕްރީލު 2017 | 21:54

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، އިބްރާހިމް ރަޝީދު

ވީލާ ހައުސް ހޯދާ އެފުއްމިފުށަށް ޖެހިޔަސް ހޯދަން އުޅޭ އެއްޗެއް ނުފެންނާނެ. ތަންތަނަށް ވަންނަވާ އިރު، އަޅުގަނޑުމެން ވީޑިޔޯ ކެމެރާ ހިފައިންގެން ނިކުންނަން ޖެހޭނެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، މިއަދު ރައީސް ޔާމީނުގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައި. އެންމެ އަރިހުގައި މަސައްކަތް ކުރި މީހުންނަށް ރައީސް ޔާމީން ދަނީ އަނިޔާވެރިވަމުން. އެމަނިކުފާނުގެ ބޭބޭފުޅު މައުމޫނަށްވެސް ވަނީ އަނިޔާވެރިވެފައި.

17 އެޕްރީލު 2017 | 21:47

ޕީޕީއެމް ކައުންސިލް މެންބަރުން އިބްރާހިމް މަމްނޫން

ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބު ކުރާނަން. ފާހާނަ ބަލާ ފާސްކުރިޔަސް 43 މެންބަރުންގެ ވޯޓެއް ނުފެއްނާނެ. އިސްލާހީ މަސައްކަތުގައި ހުންނެވޭތީ އުފާކުރަން.

17 އެޕްރީލު 2017 | 21:43

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މ. ކުނޫޒްގަ އެވެ.