Raajje.mv

އެމްޑީޕީގެ ތިމަރަފުށީ ޖަލްސާ

14 އެޕްރީލު 2017
6779
އެމްޑީޕީގެ ތިމަރަފުށީ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ތިމަރަފުށީ ޖަލްސާގެ ތެރެއިން

14 އެޕްރީލު 2017 | 23:24

ރައީސް ޔާމިން ލަދުވެރިވާން ޖެހޭނެ

ރައީސް ޔާމިންއަށް މަލާމާތް ކުރަނީ ރައްޔިތުން. ރައީސް ޔާމިން ވީ އެއްވެސް ވައުދެއް ފުއްދިފައެއް ނެތް. ރައީސް ޔާމިންއަކަށް ދެނެއް ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ. ރައީސް މައުމޫނު ވަނީ ރައީސް ޔާމިންއަށް ތާއިދު ނުކުރަން ނިންމާފައި. ރައީސް ޔާމިން ލަދުވެތިވާން ޖެހޭނެ. މިއިންތިހާބު މާދަމާވެސް ބާއްވައިފިނަމަ ކާމިޔާބު މިކުރަނީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް.

14 އެޕްރީލު 2017 | 23:19

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

އިންސާފުން އެއްކިބާވެ ބޭއިންސާފެއް އާނއެކޭ ނުބުނާނެ މިރައްޔިތުންނެއް. ބޭއިންސާފު ޝަރީއަތެއް ކުރީ ރައީސް ނަޝީދުގެ މައްޗަށް. ރައީސް ނަޝީދު ދޫކޮށްލުމަށް އެންމެ ބޮޑަށް އަޑު އުފުލި އެއްބަޔަކީ ތިމަރަފުށީ މީހުން. އެންމެން ވިސްނަންވީ ކަމަކީ ވޯޓްލާން ދަނީ ވަކީ މީހަކަށް ނޫން ކަން. އެންމެ ބޭފުޅުންވެސް ތިލަފަތަށް ވޯޓް ދޭން ޖެހޭ. މިސަރުކާރު ބަލިކުރަން ހުރިހާ އެންމެން ނިކުންނަން އެބަޖެހޭ. ތިމަރަފުށީ ރައްޔިތުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ ބައެއް. މިދާއިރާގެ ރައްޔިތުން ވަޒީފާގެ ބިރަށް ވޯޓްދޭން ނުތިބޭނެ. ރައީސް ޔާމިންއަށް މާބޮޑަށް އޮޅިގެން އުޅެނީ. ރައްޔިތުން ނޫޅޭ ރައީސް ޔާމިންއަށް ތާއީދުކުރާކަށް. މިރާއްޖޭގެ ރައްޔިތުން މިތިބީ ޔާމިންއަށް ދޫދޭކަށް ނޫން. އެއްވެސް ރައްޔިތަކަށް ބިރެއް ނުދެއްކޭނެ.

14 އެޕްރީލު 2017 | 23:06

ހުޅަނގު ދާއިރާގެ މެމްރު މުހައްމަދު ފަލާޙް

މިއަދު އިންތިހާބު ކާމިޔާބު ނުކުރެވޭ ކަން އެނގުމުން މާދަމާވީ ޤާނޫނު އަސާސީ އަށް ބަދަލުގެންނަން. ހުދު މުހުތާރު ވެރިން ކަން ކުރައްވާ ގޮތަކީ މިއީ. ރާއްޖޭގެ އެކި ކަންކޮޅުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގާ ވާހަކަ. އެކަމަކު ތަރައްޤީއޭ ކިޔާފައި ކުރާ ކަމެއް ނުފެނޭ. އެމްޑީޕީން ތިބީ ރައީސް ޔާމިން ޖަހާހާއި ބެރަކަށް ނަށާކަން ނޫން. އެމްޑީޕީން ތިބީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރާ ކަށް ނޫން. އިންތިހާބު ލަސްކުރަން ކޯޓަކަށްވެސް ނޭންގޭނެ. ދަރުބާރު ފެކްޝަނުގެ މެމްބަރުންނަށް ޔަޤީން އެމީހުން ނުހޮވޭނެކަން. އެހެންވެ ކައުންސިލް އިންތިހާބު ލަސްކުރަންވީ އެއްވެސް ސަބަބެއް ނެތް. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ލަސްކޮށްފައި 2019 ގައި ބާއްވާ މަޖިލިސް އިންތިހާބާއި ހަމައަށްވެސް ލަސްކޮށްފާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އުލު ބޭންދިއަސް ނިކުންނާނަން.

14 އެޕްރީލު 2017 | 22:59

ހުޅަނގު ދާއިރާގެ މެމްރު މުހައްމަދު ފަލާޙް

ލޯކަލް ކައުންސިލް އިންތިހާބަކީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ޤާނޫނު އަސާސީއަށް ގެނެވުނު އިތުރުކުރެވުނު ބާބެއްގައި. ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވޭ. ކައުންސިލްތައް މިއޮތީ ބިޑި އަޅުވާފައި. ރަށެއްގައި ކޮންމެ ކަމެއްވެސް ކުރެވެން ޖެހޭނީ ރައްޔިތުންގެ ލަފާގެ މަތިން. މިސަރުކާރުން ކަންތައް ކުރަނީ ހިތު ހުރި ގޮތައް. މިގައުމުން ބިން ވިއްކުމަކީ ވަރަށް ރަނގަޅަށް ކުރާ ކަމެއް ކަމަށް ބައެއް ރައްޔިތުންނަށް ހިވާއިރު މިއީ މިސަރުކާރުން ރައްޔިތުން ބިކަ ކުރުމަށް ކުރާ ކަމެއް.

14 އެޕްރީލު 2017 | 22:26

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

ތިމަރަފުށީގައި ރަނގަޅަށް އެމްޑީޕީ ދައްކާލައިފި. ލިބޭ މުސާރަ އެކީގައި ކުށްޔަށް ދޭން ކާކުތޯ ބޭނުމީ. ކަރަންޓް ބިލް ބޮޑުވީމާ ކާކުތޯ އެކަމާއި އުފާވާނީ. ވޭމަންޑޫގައި ކަރަންޓްދެނީ ބައިގަޑިން ބައިގަޑިން. ރައްޔިތުން މިތިބެނީ އަނދިރީގައި. ތާއީދު ނުކުރާ މީހަކަށް ސަނާ ކިޔަން ޖެހުނީމާ ވާނީ ކިހިނެއްތޯ؟ މިއަދު ވަޒީފާގެ ބިރުވެރިކަމާއި އެކު އެއްވެސް ކަމެއް ނުވާން ބޭނުންވަނީ ކާކުތޯ؟ އެމްއެމްޕޯއާރްސީގެ ފާއިސާއަކީ އަޅުގަނޑުމެންގެ ފާއިސާ. ކުރީގެ އޮޑިޓަރ ޖެނެރަލް ބުނި ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއަކީ 3.5 މިލިއަން ރުފިޔާ. މިޓެކްސް ނުނަގަންވީނުން. އެއްވެސް މީހަކަށް ބިރެއް ނުދެއްކޭނެ.

14 އެޕްރީލު 2017 | 22:04

ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް

ރާއްޖޭގެ ރައްޔިތުންގެ އަގްލަބިއްޔަތު ދިނުމުން ކަންތައް ވެގެންދިޔަ ގޮތް އެބަފެނޭ. މާލިއްޔަތު ޤާނޫނަށް ބަދަލުތަކެއް ގެނައީ. މި ރާޢްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް މިއޮތީ ހިނގާފައި. މިއީ ދިވެހި ރައްޔިތުންގެ ފާއިސާ. މިފަދަ މީސްމީހުންނާއި ގައުމު ހަވާލު ކުރުމުން ރައްޔިތުންނަށް ވަނީ ގެއްލުން. ހަމަ ގައިމުވެސް ފާއިދާވާނެ އެއްވެސް ގޮތެއްނެތް މިސަރުކާރަށް ވޯޓްދީގެން. އިންސާފް ޤާއިމް ކުރުމަށް ތިލަފަތށް ވޯޓްދޭން ޖެހޭ.

14 އެޕްރީލު 2017 | 22:01

މިއަދު ހުރިހާ ހައްގުތަކެއް މިވަނީ ބަންދުކޮށްފައި

މިއަދު ހުރިހާ ހައްގުތަކެއް މިވަނީ ބަންދުކޮށްފައި. ނޫސްވެރިންގެ ހައްގާއި އެއްވެ އުޅުމުގެ ހައްޤާއި މިނޫންވެސް ކިތަންމެ ކަމެއް ޤާނޫނު އަސާސީއާއި ޚިލާފް ކަންތައް ކުރަމުންގެންދޭ. މިވެރިކަމަށް ނިމުމެއް އަންނާނެ. ޤާނޫނު އަސާސީއަށް އިހްމާލުވާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. އަދި އޭގެ ފަހުން ދިމާވާ ކަންތައްތަކުން ދެރަ ނިކަމެތިކަން އިހްސާސް ކުރަންޖެހޭނީ ހަމަ އެމީހުން.

14 އެޕްރީލު 2017 | 21:56

ކުރީގެ ތ.އަތޮޅު މެމްބަރު ހަސަން އަފީފް

ރާޢްޖެ މިއަތް ހާލަތާއި މެދު އެންމެންވެސް ވިސްނަން އެބަޖެހޭ. މި އުފެދިފައިވާ ސަރުކާރުން ކަންތައް ކުރަމުންދާ ގިތާއި މެދު. ނުހައްގު ދައުވާކޮށް މިދަނީ ކަންތައް ކުރަމުން. 2008 ވަނަ އަހަރު ގެނައި ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ގެނައި ޤާނޫނު އަސާސީއެއް. ޤާނޫނު އަސާސީއާއި ތަޢާރަޒްވާ ކޮންމެ އެއްޗަކީ ބާތިލް އެއްޗެއް. އެޔަށް ތަބާވާކަން ނުޖެހޭ. ޤާނޫނު އަސާސީީ ޙިލާފް ވުމަކީ ބޮޑު ކުށެއް. ރައްޔިތުން އުފައްދަން ބޭނުންވާ ވެރިކަމެއް އުފައްދަން އެޅޭ ހުރަހެއް. ޒިންމާ ފުރިހަމައަށް އަދާ ކުރުމަކީ ވެރިއަކަށް ހުންނަ މީހާ އެދޭ ގޮތަށް ކަންތައް ކުރުމެއް ނޫން.

14 އެޕްރީލު 2017 | 21:49

ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް

ޕީޕީއެމްގެ މަދު ޖަގަހައެއް ރާއްޖޭގެ ރަށްރަށުގައި ހުރީ. ރައީސް ޔާމިން ތާ އަބަދު މިގައުމުގެ ވެރިކަމުގައި ނުހުންނާނެ. ޤާނޫނާއި ހިލާފަށް ކަންތައް ކުރަމުން މިދަނީ އެންމެން ގުޅިގެން މަސައްކަތް ކުރަމުން މިދަނީ. ދެން ޕީޕީއެމްއަށް ތާއީދު ކުރާނެ މީހަކު ނުހުންނާނެ. ވަކި ފިކުރަކަށް ތާއީދު ކުރާތީ މިދަނީ ޖެއްސުން ކުރަމުން.

14 އެޕްރީލު 2017 | 21:38

އެމްޑީޕީގެ ތިމަރަފުށީ ޖަލްސާ

މިއީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ތިމަރަފުށީގައި ބާޢްވާ ހާއްސަ ޖަލްސާއެކެވެ.