އެމްޑީޕީން ކިނބިދޫގައި ބާއްވާ ހާއްސަ ޖަލްސާ

  • ލާމަރުކަޒީ ނިޒާމް ބީވެގެން ނުދާނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ.
  • ވޯޓްލާ އެންމެން ގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ
  • ކަޅު އަނދިރިކޮށް ފެށުނު ވެރިކަމެއް ރައީސް ޔާމިންގެ ވެރިކަމަކީ: ރޮޒައިނާ
 
Writer Profile Picture
ރިޒްނާ ޒަރީރު
ލާމަރުކަޒީ ނިޒާމް ބީވެގެން ނުދާނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ.

ލާމަރުކަޒީ ނިޒާމް ބީވެގެން ނުދާނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް. މިއިންތިހާބު ލިބޭނެ ކަމަށް އަންނަ ހުރަސް ތަށް. ލާމަރުކަޒީ ނިޒާމް ބީވެގެން ނުދާނެ. ރަށްރަށް ދަތުރުކުރުމުން ލިބޭ އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމިން ކެމްޕެއިން ނުކުރައްވާ ކަން. ރައީސް ޓީމުން ދަތރެއް ކޮށްފި ނަމަ ފެންނަނީ 2018 އަށް ކެމްޕެއިން ކުރައްވާތަން. ރައީސް ޔާމިންގެ ޕާޓީއަކުން ނެތް ކެންޑިޑޭޓަކު ނެތް ނިކުމެފައި. ވަޒީފާގެ ބިރުދެއްކުން ރައީސް ޔާމިންގެ ފެކްޝަނުން ކުރަމުންދާ ކަމަކީ. ނުހައްގުން ޝަރީއަތް ހިންގަމުންގެންދާ ތަން. ރައްޔިތުން ބޭނުންވަނީ ހަލާލު ގޮތުން ހޯދާ ލާރި ލިބުން. މިދައުލަތަށް ލިބޭ ފާއިސާ ހޯދާނަން. ހައްގު އިންސާފް ހޯދަ ދޭނަން.

14 އޭޕްރިލް 2017 | ހުކުރު 04:06
Writer Profile Picture
ރިޒްނާ ޒަރީރު
ވޯޓްލާ އެންމެން ގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ

ވޯޓްލާ އެންމެން ގޮސް ޖަލަކަށް ނުލެވޭނެ، މިގައުމު މިނިވަން ކުރަން ބޭނުމިއްޔާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓްދޭން ޖެހިފައި މިއޮތީ. މިކަންކަމުން ސަލާމަތްވުމުން ހުރިހާ ހައްގުތައް ހިމަޔާތް ކުރެވޭ ގައުމަކަށް ހަދާނަން. ކައުންސިލް އިންތިހާބުގައި ވޯޓްލާން އެބަޖެހޭ. ކެމްޕެއިން ނުކޮށް އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ބުނާއިރު މީގައި ކޮންވެސް އުކުޅެއް އެބައޮތް. އެމްޑީޕީ ރާޢްޖޭގައި ބޯކޮށް އެބައޮތް. ރައީސް ޔާމިންއަށް ނުވަދިހަ ފަސް އިންސައްތަ މީހުން ތާއީދެއް ނުކުރޭ.

14 އޭޕްރިލް 2017 | ހުކުރު 03:33
Writer Profile Picture
ރިޒްނާ ޒަރީރު
ކަޅު އަނދިރިކޮށް ފެށުނު ވެރިކަމެއް ރައީސް ޔާމިންގެ ވެރިކަމަކީ: ރޮޒައިނާ

ކަޅު އަނދިރިކޮށް ފެށުނު ވެރިކަމެއް ރައީސް ޔާމިންގެ ވެރިކަމަކީ. އިންތިހާބު ބާތިލްކޮށްގެން. ރައީސް ޔާމިން ވެރިކަން ފެށިގެން އަޑު އިވިގެންދިޔައީ ކޮރަޕްޝަން، ވައްކަން ބޭއިންސާފް. މިއީ މިހާރު އާންމު ބަސްތައް. ހުރިހާ ތަނަކަށް ނުޒޫފު ފޯރުވައިގެން އެންމެ މޮޅަށް ވެރިކަން ކުރެވެން ހުރި ވެރިއަކީވެސް ރައީސް ޔާމިން. އެހެން ނަމަވެސް މިއަދު ރައްޔިތުންގެ ތާއީދެއް ނެތް. ކަރަންޓް އަގުބޮޑުވުމާއި ކޮރަޕްޝަނާއި ޓެކްސްގެ ވާހަކައަކީ މިހާރު އެންމެން ދައްކާ ވާހަކައެއް. ރައްޔިތުންގެ ވިސްނުމާއި މަލާމަތް ރައީސް ޔާމިންއަށް ލިބިވަޑައިގަންނަނަވަނީ. ވެރިކަން ދިފާއު ކުރަން ހަދައިގެން ކޮސްގޮވެނީ. ރައްޔިތުންގެ ފާއިސާއިން އިޝްތިހާރު ވަނީ.

14 އޭޕްރިލް 2017 | ހުކުރު 03:30
Writer Profile Picture
ރިޒްނާ ޒަރީރު
މިއަދު މިގައުމަކީ ވަކި ކުލައެއްގެ ގައުމެއް ނޫން

މިއަދު މިގައުމަކީ ވަކި ކުލައެއްގެ ގައުމެއް ނޫން. ހުރިހާ ކުލަތަކެއް އެބަޖެހޭ ގުޅެން. މިއަދު މިއޮތީ ކުލަތައް ގުޅެން ފަށާފައި. ރާއްޖެ އިސލާޙް ކުރުމުގެ މަސައްކަތް ކުރަން. އެކަން ވާނެ. ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ވޯޓް ދެއްވުން އެދެން. އެއީ ތިލަފަތަށް.

14 އޭޕްރިލް 2017 | ހުކުރު 03:20
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް

   ރާއްޖޭގެ ރައްޔިތުންގެ އަގްލަބިއްޔަތު ދިނުމުން ކަންތައް ވެގެންދިޔަ ގޮތް އެބަފެނޭ. މާލިއްޔަތު ޤާނޫނަށް ބަދަލުތަކެއް ގެނައީ. މި ރާޢްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް މިއޮތީ ހިނގާފައި. މިއީ ދިވެހި ރައްޔިތުންގެ ފާއިސާ. މިފަދަ މީސްމީހުންނާއި ގައުމު ހަވާލު ކުރުމުން ރައްޔިތުންނަށް ވަނީ ގެއްލުން. ހަމަ ގައިމުވެސް ފާއިދާވާނެ އެއްވެސް ގޮތެއްނެތް މިސަރުކާރަށް ވޯޓްދީގެން. ކާޑުގެ އަގު ބޮޑުވެއްޖެ. ރައްޔިތުން ނިކަމެތިވަނީ. ސަރުކާރު މިހިންގާ ނިޒާމަކީ ރައްޔިތުންނަށް ފާއިދާ ހުރި ކަމެއް ނޫން. ބޮޑު އަގްލަބިއްޔަތަކުން ތިލަފަތަށް އެމްޑީޕީއަށް ވޯޓް ދެއްވާ. ރައީސް ޔާމިން އަކަށް އެނގިވަޑައި ނުގަންނަވާނެ އެމްޑީޕީން ކަނަޑައަޅާނީ ކޮން ކެންޑިޑޭޓެއް ކަން. މިރާއްޖެ މިދަނީ ހަލާކުގެ މަގަށް. މިވެރިކަން އެބަޖެހޭ ވުޖޫދުން ނައްތާލަން. ކަންތައްތައް ކޮށްދޭނެ ވެރިކަމެއް އެބަޖެހޭ ހޯދަން. އެމްޑީޕީން ވައުދުވި މައިގަނޑު ފަސް ވައުދުގެ ތެރެއިން އެންމެ ވައުދެއްވެސް ނުފުދި އެއް ނެތް. މާލޭގައި އިމާރާތް ކުރެވޭ ފްލެޓް ތަކަކީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކެއް.

14 އޭޕްރިލް 2017 | ހުކުރު 03:18
Writer Profile Picture
ރިޒްނާ ޒަރީރު
ކިނބިދޫ ދާއިރާގެ ކެންޑިޑޭޓް އިސްއިލް ހަނީފް

މިސަރުކާރުން ދަންވަހާ ކަންކަމަށް އާން ބަސް ނުބުނާނަން. ކޮރަޕްޝަނާއި ދެކޮޅަށް ނޫނުކޭ ބުނަން ޖެހޭ. މިދާއިރާ އިސްލާޙް ކުރަން ބޭނުން ނަމަ މި ތިލަފަތަށް ވޯޓެއް ދެއްވަން ޖެހޭ.

14 އޭޕްރިލް 2017 | ހުކުރު 02:56
Writer Profile Picture
ރިޒްނާ ޒަރީރު
އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރު ހަސަން

މިރާއްޖެ އިސްލާޙްގެ މަގަށް ގެނައުމަށް މަސައްކަތް ކުރަން އެބަޖެހޭ. މިރާއްޖެ މިދާ މިސްރާބަރަށް ދާން ބަލަން ނުތިބެވޭނެ. ޤާނޫނު އަސާސީއަކީ ރައީސުލްޖުމްހޫރިއްޔާގެ އެއްޗެއް ނޫން. އެއީ ރައްޔިތުންގެ އެއްޗެއް. ވަކި ބަޔަކު ކައުންސިލަރުން އައިސްގެން ނޫނީ ތަރައްޤީ ނުކުރެވޭނެ ކަމަށް ދެކެވޭ ބުނާއިރު އެއީ އިޙްލާސްތެރި ކަމަކުންވާ ކަމެއް. މިގައުމު މިއޮތީ އެކެއްގެ ބާރުގެ ދަށަށް ގެނެސްފައި. ކިތަންމެ ގިނައިން ރާއްޖެޓީވީ ޖޫރިމަނާ ކުރިއަސް ރާއްޖެޓީވީ މިރާއްޖޭގައި ހިންގާނެ. ފަސް މިނިޓުން ފަސް މިނިޓުން މިރާއްޖޭގެ ލީޑަރުން ކޯޓަށް ހާޒިރު ކުރުމަކީ މިރާއްޖެއަށް ލިބޭ ތަރައްޤީ ތޯ؟ މިސަރުކާރުން ކުރާ އެއްވެސް ކަމަކަށް މިރާއްޖޭގެ ރައްޔިތުން ޖާގަ ދީގެން ނުވާނެ. ބަނދަރު ހަދަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއަކުން ހަދާ އެއްޗެއް. މިވެރިކަން ނިމިގެންދާނެ. މިވެރިކަން އައި ގަދަ ފަދަ ބާރާއި މިއަދު އޮތް ހިސާބު ވަރަށް ސާފުކޮށް އެބަފެނޭ.

14 އޭޕްރިލް 2017 | ހުކުރު 02:49
Writer Profile Picture
ރިޒްނާ ޒަރީރު
ކިނބިދޫ ކައުންސިލްއަށް ކުރިމަތިލާފައިވާ މުހައްމަދު ނިޔާޒް

މިކަން ކާމިޔާބުވާން އޮތީ އެކީ އެކަށްޗަކަށްގޮސް އަތާއި އަތް ގުޅާލައިގެން. ރައީސް ޔާމިން ނުވަތަ ޕީޕީއެމް ފެކްޝަންއަށް ވޯޓްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. ކަރަންޓްގެ އަގު ބޮޑުވެއްޖެ. ތަކެތީގެ އަގު ބޮޑު ވެއްޖެ. މިކަމުން ހެޔޮ މަންފާއެއް ހޯދައިދިނުމަށް އެމްޑީޕީއަށް ވޯޓް ދޭން ޖެހޭ. ވަކި ޕާޓީއަށް ވަކި ކުލައަކަށް ނުޖެހި މަސައްކަތް ކޮށްދޭނަން

14 އޭޕްރިލް 2017 | ހުކުރު 02:38
Writer Profile Picture
ރިޒްނާ ޒަރީރު
އެމްޑީޕީން ކިނބިދޫގައި ބާއްވާ ހާއްސަ ޖަލްސާ

މިއީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކިނބިދޫގައި ކުރިއަށްގެންދާ ހާއްސަ ޖަލްސާއެކެވެ.

14 އޭޕްރިލް 2017 | ހުކުރު 02:29