ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ކުނޫޒް ގައި ބާއްވާ ޖަލްސާ
ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމު
އެބައޮތްތޯ އެއްވެސް ސަބަބެއް، ރައީސް މައުމޫން އެމަނިކުފާނުގެ ކޮއްކޮގެ ވެރިކަމާ ދެކޮޅަށް ނިކުންނާނެ އަމިއްލަ އެދުމެއް. ރައީސް ޔާމީންގެ ވެރިކަމަށް ބަލާލަމާ ހިނގާ. މިވެރިކަން ވަރަށް ރީއްޗަށް ކުރިއަށްދާނެ ކަމަށް. ކަން ވެގެންދިޔަ ގޮތް މިއޮތީ ވަރަށް ސާފުކޮށް ފެންނަން. ކާކުތޯ ގަބޫލު ކުރާނީ، ސިޔާސީ ހުރިހާ ލީޑަރުން އަލުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް. މިހަތަރު ބޭފުޅުން އެއްކޮށް ނިކުތުމުން، ރައީސް ޔާމީނަކަށް ވޯޓެއް ނުލިބޭނެ. މަކަރާ ހީލަތުން ރާއްޖޭގެ ރައްޔިތުންގެ ވޯޓު ހޯދޭނެ ކަމަށް. އަޅުގަނޑުމެންގެ ހުރޭ އަޒުމް. ވެއްޓުނީމަ ދެތުވެ މަސައްކަތް ކުރައްވަން ކެރޭ. މި ޕޯޑިއަމަށް އަރާނެ ބައިވަރު މީހުން އެބަތިބި. އަޅުގަނޑުމެން ރިޔާސީ އިންތިހާބަށް ނެރޭނީ ރައީސް ޔާމީން ބޭނުންފުޅުވާ ބޭފުޅެއްކަން. ނުވަތަ ބޭފުޅުންތަކެއް ކަން. އަޅުގަނޑުމެން ބޭނުންވާ ބޭފުޅަކު ރިޔާސީ އިންތިހާބަށް ނެރޭނީ.
ޖަލައް ލިޔަސް މަރާލިޔަސް މި މަސައްކަތް ނުހުއްޓޭނެ: ވަހީދު
ފްރޭމު ކުރުމަކީ ތޮބީއީ ކަމެއް ކަމަށް ހަދައިގެން މަސައްކަތ ކުރާ މަންޒަރު އަންނަނީ ފެންނަމުން. މިއަދު ހަގީގަތުގައި، ގާސިމް ހައްޔަރުކުރުމައްޓަކާއި އެ މަސައްކަތް ފެށި ހިސާބަކީ ބާތިލް ހިސާބެއް ކަމުގައި ކަނޑައަޅައިފި. އަޅުގަނޑުމެންގެ ޕީޖީ މިކަންކަމާއި ވިސްނަންޖެހޭނެ. ދެން އެދައުވާ ދެމެހެއްޓުމަކީ ގާނޫނީގޮތުން ކުރައްވާ އެންމެ ބޮޑު ކުށް.
ކުށް ކުރާ މީހުންނަކީ ހިމާޔަތް ކުރަންޖެހޭ ބަޔަކަށް ހަދާ ކުށް ނުކުރާ މީހުންނަށް އަދަބު ދެނީ: ވަހީދު
ފްރޭމު ކުރުމަކީ ތޮބީއީ ކަމެއް ކަމަށް ހަދައިގެން މަސައްކަތ ކުރާ މަންޒަރު އަންނަނީ ފެންނަމުން. މިއަދު ހަގީގަތުގައި، ގާސިމް ހައްޔަރުކުރުމައްޓަކާއި އެ މަސައްކަތް ފެށި ހިސާބަކީ ބާތިލް ހިސާބެއް ކަމުގައި ކަނޑައަޅައިފި. އަޅުގަނޑުމެންގެ ޕީޖީ މިކަންކަމާއި ވިސްނަންޖެހޭނެ. ދެން އެދައުވާ ދެމެހެއްޓުމަކީ ގާނޫނީގޮތުން ކުރައްވާ އެންމެ ބޮޑު ކުށް.
އެންމެން ކައިރީގައި މަސައްކަތްކުރާ މީހުންނަކީ އޭނާގެ ހަތުރުންނަށް ވެގެންދިޔަ: ވަހީދު
ހަގީގަތަކީ 2004 ވަނަ އަހަރުގައި ރައީސް މައުމޫން ހުޅުވާލި ހުޅުވާލުމުގެ ދަށުން ބަޔަކު މީހުން އެލިބިފައިވާ މިނިވަންކަމާއި، ހެލިފެތިވުމުގެ މިނިވަންކަކުގ ތެރެއިން ގާނޫނު އަސާސީއެއް ގެނެސްދެއްވި. ރައީސް ޔާމީން ވެރިކަމަށް ވަޑާއިގެންފާ، ރާއްޖޭގެ ހާލަތު ރަގަޅުވެގެންދާނެ ކަމަށް. ވިސްނާ ބާރުތަށް ބަދަލުވެގެންދިޔަ ގޮތް. އެންމެން ކައިރީގައި މަސައްކަތްކުރާ މީހުންނަކީ އޭނާގެ ހަތުރުންނަށް ވެގެންދިޔަ. ފްރޭމު ކުރުމަކީ ތޮބީއީ ކަމެއް ކަމަށް ހަދައިގެން މަސައްކަތ ކުރާ މަންޒަރު އަންނަނީ ފެންނަމުން.
މި ސަރުކާރު މިއަދު މިއޮތީ ވާނުވާގައި: ހިސާން
ސާފުވާއެއްކަމެއް އެބަ އޮތް. ކޮރަޕްޝަނާއި ނުލާ ގައުމު ތަރައްގީ ނުކުރެވޭނެ އޭ ބުނެ، މަޖިލީހުގައި މެންބަރަކު ކޮރަޕްޝަނަށް ހިތްވަރުދޭގޮތަށް، ވާހަކަދެއްކުމަކީ ޖިނާއީ ކުށެއްކަން. ގައުމުގެ ހާލު އޮތްގޮތް ކުޑަކުއްޖަކަށްވެސް އެނގޭ. ކަންބޮޑުވާ ކަންތައް ތަކެއް އެބަ ހުރި. ގާނޫނު އަސާސީން ތިމާއަށް ލިބިދޭ ހައްގުތައް، ބަޔަކު ނިގުޅައިގެންނެވުމަކީ، ވަރަށް ބޮޑު މައްސަލައެއް. މުޅި ދައުލަތުގެ މުއައްސަސާތައް ބަޔަކު ހިސާރުކޮށްގެން އުޅޭ މަންޒަރު ފެނިގެންދަނީ. މިއަދު ސަރުކާރަށް ކުރެވޭ ނުކުރޭ ކަމެއް ނޭންގޭ.
އަޅުގަނޑަށްވެސް އެނގޭ މީއީ ބުރަ މަސައްކަތެއް ކަން: ހިސާން
އަޅުގަނޑަށްވެސް އެނގޭ މީ ބުރަ މަސައްކަތެއް ކަން. އެހެން ނަމަވެސް މި މަސައްކަތް ކުރަނީ އުންމީދެއް އޮތީމަ. އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް އޮތީމަ. ފަހަރެއްގަ ވެދާނެ ޑްރާމާއެއް ކަމަށްވެސް. ނޫނީ ހޭލުންތެރިވީ ކަމަށްވެސް. ހައި ކޯޓުން ނިންނުމުން، ރައްޔިތުންނަށް، އުންމީދުތަކެއް ލިބިއްޖެ. ޖަލުގައި ނުހައްގުން އަދަބުދީ، ފުލުހުން ބަންދާ ގުޅިގެން ހިންގި ހުރިހާ ކަންކަމަކީ ބާތިލް އިޖުރާއަތްތަކެއް. ފުލުހުން ކުރައްވާ ތަހުގީގަކީ މިޒަމާނު ދަންނަ ތަހުގީގެއް ނޫން. ފުލުހުން ހަ ދުވަހު ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ފުރައްސާރަ ކުރެއްވީ. އަދި ގާސިމަށް ތުހުމަތު ކުރި މައްސަލައިގައި ފުލުހުންނަށް އެކަށީގެންވާ ހެކި ލިބިފައެއް ނެތް.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްފި ނަމަ، އޭގެ ހަތަރު ލީޑަރުން ކޮންމެ ޕާޓީއަކުންވެސް ނިކުންނާނެ: ޑރ. ބާރީ
ޕާޓީތަކަށް މުހިއްމު ފުރުސަތެއް ލިބެއްޖެ ނަމަ އެތަށް ލީޑަރުންނެއް ނުކުންނާނެ.
ހުރިހާ ބާރުތަކެއް ވަނީ އެއްވެފައި: ޑރ. ބާރީ
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު، ގާނޫނަށް ގެނައި ބަދަލަކުން ދެ ބޭފުޅުންގެ މަޤާމު އުވާލީ. ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ކަންކަން ހަމަ މަގަށް އެޅުވުމަށް އޮންނަ ކޮމިޝަނެއް. އެހެން ނަމަވެސް އެތަނަށް މައްސަލަ ދިއުމުންވާ ގޮތްވެސް އަޅުގަނޑުމެންނަށް އަންނަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރަނީ ސަރުކާރުން. ހުރިހާ ބާރުތަކެއް މި ވަނީ އެއްވެފަ. ހުރިހާ ބާރުތަކެއް ވަކިވެފައޭ. ކުރެވޭނެ ކަމެއް ނޯންނާނެ އޭ ބުންޏަސް މިކަން ކިހިނެއްތޯ ގަބޫލު ކުރާނީ.
ޖަލްސާގައި އެމްޑީޕީ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒް ވާހަކަދައްކަވަނީ
ރާއްޖޭގެ ބިންތަކުގެ ގުދުރަތީ ރީތިކަން ހިމާޔަތް ކުރުމަށް ހަތަރު ލީޑަރުން މަސައްކަތް ކުރާނެ: ނިޔާޒް
ފަޅުތަކާއި ގިރިތަކުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބޭނެ މަސައްކަތް ކުރުމަށް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ. އިންތިހާބުތަކުގައި ވޯޓު ހޯދުމުގެ މަސައްކަތް ކެމްޕެއިން މަސައްކަތްތަކުގައި ކުރަން ޖެހޭ. ޕާޓީގެ ޓިކެޓް ދިނުމާއި އިންތިހާބުތަކުގައި ހަރަދު ކުރުމަށް ބުނުމަކީ ރިޝްވަތެއް ނޫން. ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާތަކަކީ އަސާސެއްނެތް ދައުވާތަކެއް.
އިންތިހާބުތައް ލަސްވުމުގެ ޒިންމާ ނަގަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން: އަލީ ނިޔާޒް
މި ސަރުކާރު ބިރު ގަންނަނީ ވޯޓު ދެކެ. އަޅުގަނޑުގެ ލަޝްކަރު ދާނީ ބޮޑުވަމުން. ކުރިއަށް އޮތް ކައުންސިލް އިންތިހާބު ލަސްކޮށްގެންވެސް ސަރުކާރަށް ސަލާމަތެއް ނެތް. މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ އިތުރުބާރު ނެތް ވުމުގެ ވޯޓުންވެސް ވޯޓުލުމުގައި ހުރި ބިރު އެނގިއްޖެ. އިންތިހާބުތައް ލަސްވުމުގެ ޒިންމާ ނަގަންޖެހޭނީ، އިލެކްޝަންސް ކޮމިޝަނުން.