Raajje.mv

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް

12 އެޕްރީލު 2017
7993
މަޖިލީހުގެ ޖަލްސާކުރާ މާލަން

މަޖިލީހުގެ ޖަލްސާކުރާ މާލަން

12 އެޕްރީލު 2017 | 11:16

މަޖިލިސް މެދުކަނޑާ ލައިފި

ކޮމެޓީތަކުން ހުށަހަޅާފައިވާ ރިޕޯޓްތަށް ހުށަހަހެޅުމަށްފަހު، އަދި އިމާޜާތްކުރުމުގެ ގާނޫނަށް ބަހުސް ކުރުމަށް އެދިލައްވާފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމަށްފަހު، އެބިލަށް ބަހުސް ކުރުން ވެސް ނިންމާލައިފި.

ދެން ޖަލްސާ ފެށޭނީ 13:30ގައި

12 އެޕްރީލު 2017 | 11:10

ކޮމެޓީތަކުން ހުށަހަޅާ ކަންކަން

މަޖިލީހުގެ 30 މިނިޓެގެ ހުސްވަގުތު ކޮޅަށްފަހު، ޖަލްސާފަށައިފި. މިހާރު ކުރިއަށްދަނީ ކޮމެޓީތަކުން ހުށަހަޅާފައިވާ ކަންކަން.

އެގޮތުން، ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ނޭޝަނަލް ޕޭ ކޮމިޝަން" ގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް. އިއްވައިފި.

ގާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އިއްވައިފި.

"ބޭން އެމެންޑްމަންޓް ޓު ދަ ބ ޒަލް ކޮންވެންޝަން" އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އިއްވައިފި.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އިއްވައިފި

12 އެޕްރީލު 2017 | 10:29

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު

ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ އިންތިޔާޒުގެ ގާނޫނާ ހިލާފަށް، ގާސިމް ހާޒިރު ނުކޮށް މަޖިލިސް ކުރިއަށް ގެންދަވަޏީ މަޖިލީހުގެ ގަވާއިދާ ހިލާފަށް. އިމާރާތް ކުރުމުގެ މިފަދަ ބޮޑު ބިލެއް ހުށަހެޅި ބަހުސް ކުރަމުންދާއިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލަން.

12 އެޕްރީލު 2017 | 10:21

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

މިބޮޑު ބިލް މިއަދު މަޖިލީހަށް ހުށަހަޅާ، އެއްމަރުހަލާ ދޫކޮށް އަނެއް މަރުހަލާއަށް ގޮސް މިއަދު ބަހުސް ވެސް މިކުރަނީ. ދެން މިއަދު ކޮމެޓީއަށް ފޮނުވާ 24 ގަޑިއިރުތެރޭގައި މިބިލް ފާސްކުރުމަށް ތިޔަދަނީ މަސައްކަތް ކުރަމުން. މިއީ ވަރަށް ކަންބޮޑުވާކަމެއް. މިބިލުން އިމާރާތްކުރާ ފަރާތްތައް 50000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެބަބުނޭ. މިއީ ކިހާދެރަ ކަމެއްތޯ. މިފަދަ ބޮޑެތި ބިލްތައް ދިރާސާ ކުރުމެއްނެތި ފާސްކުރަމުންދާތީ ވަރަށް ކަންބޮޑުވޭ.

12 އެޕްރީލު 2017 | 10:12

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިންމަނިކު

މިބިލަކީ ވަރަށް މުހިއްމު ބޮޑު ބިލެއް. މިއީ ރާއްޖޭގެ ތަރައްގީގެ އޮޅިގަނޑަށްޓަކާއި ވަރަށް މުހިއްމު ބިލެއް. ހާއްސަކޮށް މާލޭ މިވަނީ ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލުވެފަ. އަލިފާނުގެ ހާދިސާއެއްފަދަ ހާދިސާއެއް ހިނގައިފިނަމަ، އެތަނަކަށް ދެވޭނެ ރަަނގަޅު ނިޒާމެއްގެ އިތުރުން، އިމާރާތްތަކަށް ވަދެވޭ ރަނގަޅު ގޮތްތަކެއް ހުންނަންޖެހޭ.

މިއީ ވަރަށް މުހިއްމު ބިލެއް. މިބިލް މިހާރުން މިހާރަށް ފާސް ނުކުރިނަމަވެސް ދިރާސާ ކުރުމަށްފަހު، ފާސްކުރުން ވަރަށް މުހިއްމު ބިލެއް.

12 އެޕްރީލު 2017 | 09:59

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

މިބިލަކީ ވަރަށް ބޮޑު ބިލެއް. މި ބިލް މިވަގުތު އޮތް ގޮތުން އިމާރާތްކުރުމުގައި އުޅޭ ކުދި ކުންފުނިތަކަށް ވަރަށް ބޮޑު ގޮންޖެހުންތައް އެބަހުރި. ނަމަވެސް ސަރުކާރުން ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން އިމާރާތްކުރާ ފެންވަރަށްވުރެ މާ ފެންވަރު ރަނގަޅުކޮށް ކުދި ކުންފުނިތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން އިމާރާތް ކުރޭ.

މިބިލްގެ ސަބަބުން އިމާރާތްތަކުރާ ކުދި ކުންފުނިތަކަށް ޖާގަ ގެއްލި، ބޭރު ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ. މި ބިލް މިހާރު އޮތްގޮތަށް ފާސްކުރުމަކީ ގަބޫކް ކުރެވޭ ކަމެއް ނޫން. މިބިލް ދިރާސާކޮށް، މަޝްވަރާކޮށް، ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހަދަންޖެހޭ. ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ބަދަލުގައި ކަންކަން ރަނގަޅު ކުރުން މުހިއްމީ.

12 އެޕްރީލު 2017 | 09:44

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް

މިއީ ވަރަށް ބޮޑު މުހިއްމު ބިލެއް. މިބިލް ވަރަށް ރަނގަޅަށް ދިރާސާ ކުރަންޖެހޭ. ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް މައުލޫމާތުވެސް އޮޅުންފިލުވަންޖެހޭ. ނަމަވެސް މިހާރަކަށް އައިސް މަޖިލީހުން އަމަލު ކުރަމުންދަނީ ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް ފޮނުވިގޮތަށް ފާސްކުރުމުގެ އުސޫލެއް. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން.

12 އެޕްރީލު 2017 | 09:42

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ނައިބު ރައީސް މޫސާމަނިކުއާ ހަވާލުކުރައްވައިފި

ނާޒިމް: މިބިލަކީ ވަރަށްބޮޑު ބިލެއް. މިބިލް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާނެ. މިބިލްގައި ވަރަށް ބޮޑެތި ޖޫރިމަނާތައް ހިމަނާފައިވޭ. މި ބިލް މިހާރު އޮތްގޮތުން ކޮންސްޓަރަކްޝަން އިންޑަސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި.

އާއްމު ރައްޔިތަކު އިމާރާތްކުރާ އިމާރާތް، އިމާރާތް ކުރާގޮތަކުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިބިލް މިއޮތްގޮތަކަށް ބަލައިގަންނަން އަދި ފާސްކުރުމަށްވެސް ނުފެނޭ.

12 އެޕްރީލު 2017 | 09:35

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު

މިބިލަކީ ވަރަށް މުހިއްމު ބިލެއް. މީގެކުރިންވެސް މިބިލް މަޖިލީހަށް ވެއްދި، ނަމަވެސް އޭރު އެބިލް މަޖިލީހުން ބޭރުކޮށްލީ މައްސަލަތަކެއް ހުރުމުން. އެހެންކަމުން އަލުން އެކަންކަން ރަނގަޅު ކުރުމަށްފަހު މިއަދު މިވަނި މަޖިލީހަށް ހުށަހެޅިފަ.

މިބިލްގެ 30 ވަނަ މާއްދާގައި ރައްކާތެރިކަމާއެކު ސިއްހީ ގޮތުންވެސް ރައްކާތެރި ގޮތަކަށް އިމާރާތް ކުރާ ވާހަކަ އެބަބުނޭ، އަދި އެއާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް އެބަހުރި ކަނޑައަޅާފަ. އެކަމަކު މިއީ ކޮންސްޓަރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބޮޑު ގޮންޖެހުމެއް. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ނަގާފައިވާ ލޯނަށްވުރެ، ރައީސް ޔާމީންގެ މިތިން އަހަރު ނަގާފައިވާ ލޯނުތައް އިތުރު. ތަރއްގީގެ މަޝްރޫއުތައްވެސް ގިނަ. އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގާ. ވަކިބަޔަކު ހިންގާ ކޮރަޕްޝަންގެ އަމަލުތައް މުޅި ސަރުކާރުގެ ބޮލުގަ އެޅެނީ.

ކޮރަޕްޝަނާ ނުލާ ތަރައްގީއެއް ނާންނާނެ. މިއީ ހަގީގަތަކީ. ދުނިޔޭގެ އެއްވެސް ގައުމެއް ނޯންނާނެ ކޮރަޕްޝަނާ ނުލާ ތަރައްގީ ވެފައެއް.

12 އެޕްރީލު 2017 | 09:26

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު

މި ބިލަކީ ވަރަށް މުހިއްމު ބިލެއް. އިއްތިފާގުންވިޔަސް މިވަގުތު އެންމެ ބޮޑު އިމާރާތްކުރުުގެ މަސައްކަތް ކުރެވެމުންދަނީ އަޅުގަނޑު ނިސްބަތްވާ ދާއިރާގައި. އެހެންކަމުން ސަރުކާރަށް ޝުކުރު ދަންނަވަން.

ކޮންސްޓްރަކްޝަން މިގާނޫނުގެ ދަށުން ހަދާ ބޯޑަށް ކުނޫޒަށް ދާ މީހުންގެ ތެރެއިން ބަޔަކު އައްޔަން ކުރުން ރަނގަޅުވާނެ.

12 އެޕްރީލު 2017 | 09:21

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ މިއަދު ރާއްޖޭގެ ދެވަނަ އިންޑަސްޓްރީ. ނަމަވެސް މިހާތަނަށް ކޮންސްޓްރަކްޝަން ކަންކަން މޮނީޓަރކޮށް ރެގިއުލޭޓް ކުރާނެ ބޮޑީއެއްް ނެތް. ޒުވާނުންނަށް ލިބޭ ފުރުސަތުވެސް މަދު. މިކަންކަން ބަދަލު ކުރަންޖެހޭ. މި ގާނޫނުގެ ސަބަބުން މިކަންކަމަށް ހައްލެއް ލިބިގެންދާނެ.

ރެގިލޭޓް ކުރާނެ ބޮޑީއެއް މުހިއްމު، ޒުވާނުންނަށް ފުރުސަތު ލިބެންޖެހޭ. ހުރިހާ ބޯޑުތަކެއްގައި ތިބެންޖެހޭނީ ތައުލީމާއި އިލްމީ ގާބިލް ޒުވާނުން. އެފަދަ ޒުވާނުންނަށް ފުރުސަތު ލިބޭގޮތަށް ގާނޫނުގައި ލިޔެފައި އޮންނަންޖެހޭ.

12 އެޕްރީލު 2017 | 09:17

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

މި ބިލްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި، މި ބިލްގެ 19 ވަނަ މާއްދާގައި އެބުނާ ފީ ކޮންމެވެސް އަދަދެއް ހިމެނުމަކީ މުހިއްމު ކަމެއް. މިއީ ވަރަށް ބޮޑު ބިލެއް. މި ގާނޫނުގައި ބިލްޑިންގ ކޯޑެއް ހިމަނާފައިވާތީ އެއީ ރަނގަޅު ކަމެއް.

ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މިފަދަ ގާނޫނެއް ވުޖޫދުވުމުން، އެގާނޫނަށް އަހުލުވެރިކުރުމާއި ގާނޫނުގައި ބުނާ ގޮތަށް ކަންކަން ހިނގަމުންދޭތޯ މޮނީޓަރ ކުރަމުންދޭތޯ ބެލެންޖެހޭ. ގާނޫނެއް ވުޖޫދަށް ގެެސް އެއަށް އަމުލުކުރާނެ ރައްޔިތުން ނެތީ ވިއްޔާ ގާނޫނެއް މުހިއްމު ކަމެއް ނެތް. ގާނޫނާ އެއްގޮތަށް ކަންކަން ތަފިޒު ނުކުރާނަމަ ގާނޫނުގެ ބޭނުމެއް ނެތް. ގާނޫނުތައް ތަންފީޒު ކުރަންޖެހޭ.

12 އެޕްރީލު 2017 | 09:11

އިއިމާރާތް ކުރުމުގެ ބިލް

އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އެބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރުމަށް 22 މެމްބަރުން އިއްތިފާގުން.

ސައުދުﷲ ހިލްމީ އެބިލް މަޖިލީހަށް ހުށަހަޅައިފި. އަދި އެބިލަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލައިފި.

12 އެޕްރީލު 2017 | 09:07

ރައްޔިތުންގެ މަޖިލީޙުގެ ބުދަ ދުވަހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާ އެވެ.

ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދު الله ޙިލްމީ ހުށަހަޅުއްވާފައިވާ، ޢިމާރާތްކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށްޓަކައި، މަޖިލީހުގައި ވޯޓު ނެގުން އަދި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްވެއްޖެނަމަ އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުން.

މިހާރު ކުރިއަްދަނީ ވޯޓަށް އެހުމުގެ މަސައްކަތެވެ.